Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައިޒް އަޕް އެމްވީ މޫވްމަންޓުގެ މުޒާހަރާ

މުޒާހަރާގައި ނޫސްވެރިންގެ މަސައްކަތަށް ހުރަސްއަޅާފައި ވާނަމަ ފިޔަވަޅު އަޅަންޖެހޭ- މީޑިއާ ކައުންސިލް

އެ ކައުންސިލުން ބުނީ ނޫސްވެރިޔާގެ މަސައްކަތަށް ދަތިކޮށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 2 މެއި 2021 | އާދީއްތަ 08:16
ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާ

ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާ

ޖިންސީ ފުރައްސާރައާ ދެކޮޅަށް ހޮނިހިރު ދުވަހުގެ ރޭ ރަސްފަންނު ސަރަހައްދުގައި ބޭއްވި އެއްވުމާ ގުޅިގެން ކަން ހިނގާފައިވާ ގޮތް ބަލައި، ނޫސްވެރިންގެ މަސައްކަތަށް ހުރަސްއަޅާފައި ވާނަމަ އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް މޯލްޑިވްސް މީޑިޔާ ކައުންސިލުން ގޮވާލައިފިއެވެ.

މީޑިއާ ކައުންސިލުން ބުނީ މުޒާހަރާ ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ މަސައްކަތަށް ފުލުހުންގެ ހުރަސްއަޅާފައި ވާ ކަމަށާއި، ނޫސްވެރިންނާއި ބޭއަދަބީ ބަހުރުވައިން މުޚާތަބުކޮށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްފައި ވާކަމުގެ ޝަކުވާ އެ ކައުންސިލަށް ނޫސްވެރިންނާއި މީޑިއާތަކުން ހުށަހަޅާފައިވާ ކަމަށެވެ.

އެ ކައުންސިލުން ބުނީ ނޫސްވެރިންގެ މިނިވަންކަމުގެ އިމުގެ ތެރޭގައި ޕްރޮފެޝަނަލް ވާޖިބު އަދާކުރަމުން ދާހާ ހިނދެއްގައި އެއްވެސް ފަރާތަކުން، ނޫސްވެރިޔާގެ މަސައްކަތަށް ދަތިކޮށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި އެ ކަންކަން ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން މީޑިއާ ކައުންސިލުން ބުނީ ބައެއް ނޫސްވެރިންގެ ކިބައިން ވެސް، ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑާ ނުގުޅޭ ބޭއަދަބީ އަމަލުތައް ފެނިގެން ގޮސްފައިވާ ކަމަށާއި، އެކަން ކުށްވެރި ކޮށް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. ނޫސްވެރިންނަކީ މުޖުތަމައު ތެރޭގައި އުޅޭ އުޅުމުގައްޔާއި ޚާއްސަކޮށް މަސައްކަތުގެ ތެރޭގައި ވަކި މިންގަނޑެއް ހިފަހައްޓައި، މުޅި މުޖުތަމައުއަށް ނަމޫނާ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

ރައިޒް އަޕް އެމްވީ މޫވްމަންޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި އެއްވުން ރޫޅާލުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އެކަމުގެ ނުރުހުން ފާޅުކުރަމުންދާއިރު، އެފަދަ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ވެސް ދަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ. މި އެއްވުން ރޫޅާލާފައިވާ ގޮތުގެ ފުރިހަމަ އިންކުއަރީއެއް ހެދުމަށް އަންގާފައިވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

29 ޖޫން 2017

މުސާރަ ނުދޭތީ ލޯމާ ރިޒޯޓުގެ މުވައްޒަފުން މަސައްކަތަށް ނުނިކުމެ ހަޅުތާލު ކުރަނީ

29 ޖޫން 2017
މުސާރަ ނުދޭތީ ލޯމާ ރިޒޯޓުގެ މުވައްޒަފުން މަސައްކަތަށް ނުނިކުމެ ހަޅުތާލު ކުރަނީ
19 ޖޫން 2017

ބޮޑެތި މައްސަލަތަކުގެ މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ރިޔާޒު ގޮވާލައްވައިފި

19 ޖޫން 2017
ބޮޑެތި މައްސަލަތަކުގެ މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ރިޔާޒު ގޮވާލައްވައިފި
20 އެޕްރީލު 2017

ޤާސިމްގެ ޗެލެންޖު ރައީސް ޔާމީނަށް: ކެރިވަޑައިގަންނަވާނަމަ ވެރިކަމުގެ ސައްހަކަން ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވާ

20 އެޕްރީލު 2017
ޤާސިމްގެ ޗެލެންޖު ރައީސް ޔާމީނަށް: ކެރިވަޑައިގަންނަވާނަމަ ވެރިކަމުގެ ސައްހަކަން ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވާ
15 އެޕްރީލު 2017

ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާނަމަ އިސްތިއުފާ ދެއްވާފަ ކުރިމަތިލައްވާ، އެއް ޕަސެންޓްވެސް ނުލިބޭނެ: ޑރ ޑީޑީ

15 އެޕްރީލު 2017
ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާނަމަ އިސްތިއުފާ ދެއްވާފަ ކުރިމަތިލައްވާ، އެއް ޕަސެންޓްވެސް ނުލިބޭނެ: ޑރ ޑީޑީ
28 މާރިޗު 2017

ސްޓޭޝަންގެ ނޫސްވެރިންގެ މައްޗަށް އުފުލާފައިވަނީ އަސްލެއްް ނެތް ދައުވާތަކެއްކަން ސާބިތުވެއްޖެ: ރާއްޖެޓީވީ

28 މާރިޗު 2017
ސްޓޭޝަންގެ ނޫސްވެރިންގެ މައްޗަށް އުފުލާފައިވަނީ އަސްލެއްް ނެތް ދައުވާތަކެއްކަން ސާބިތުވެއްޖެ: ރާއްޖެޓީވީ
04 މާރިޗު 2017

ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު

04 މާރިޗު 2017
ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު
02 މާރިޗު 2017

މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

02 މާރިޗު 2017
މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި
10 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނަމަ އެކަން ހުއްޓުވާނަން: ރިޔާޒު

10 ފެބުރުއަރީ 2017
ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނަމަ އެކަން ހުއްޓުވާނަން: ރިޔާޒު
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު