Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީން ބޭއްވި ކުއްލި އެއްވުން

ކުރިއަށް އޮތްތަނުގައި ރާއްޖޭގައި އޮންނަނީ އެންމެ ކޯޓެއް، އެއީ ރައީސް މުއިއްޒު: މެންބަރު ޒިޔާދު

24 މެއި 2025 | ހޮނިހިރު 08:02

އިންސާފަށް އޮތް ހުރިހާ މަގެއް ބަންދުވުން ދެން ނުކުންނަން އޮތީ މަގުމަތި

އަމްނާ އިމާދު
އަމްނާ އިމާދު | 24 މެއި 2025 | ހޮނިހިރު 08:02
ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު

ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު

މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ކުރިއަށް އޮތްތަނުގައި ރާއްޖޭގައި އޮންނަނީ އެންމެ ކޯޓެއް ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ކުއްލި އެއްވުމުގައި މެންބަރު ޒިޔާދު ވިދާޅުވީ މަގު ބަންދުވުން އުދަނގޫތަކެއް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް މަގުމައްޗަށް ނުކުންނަނީ ގިނަ ސަބަބުތަކެއް ހުރެގެންކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ އެއީ އިންސާފަށް އޮތް ހުރިހާ މަގެއް ބަންދުވުމުގެ އިތުރުން، ހައްގުތައް ގެއްލި، ބޭސްފަރުވާއަށް އޮތް މަގު ބަންދުވެ، ދަތުރުފަތުރުގެ ނިޒާމަށް އޮތް މަގު ބަންދުވުމުން ކަމަށެވެ.

Advertisement - newsAdvertisement

14 މެއި 2025 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ވަކި ކުރެއްވި މައްސަލައަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ މިސަރުކާރުން ނާއިންސާފުން ދެ ފަނޑިޔާރުން ނަގާ އެއްލީ ކަމަށާއި، މިހާރު އެދަނީ ހައިކޯޓުގެ އިތުރުން ދަށު ކޯޓުތަކަށް ވެސް ނުފޫޒު ފޯރުވަމުން ކަމަށެވެ.

މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ކުރިއަށް އޮތްތަނުގައި ރާއްޖޭގައި އޮންނަނީ އެންމެ ކޯޓެއް ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ރައްޔިތުންގެ މަޖިލިސް ވެސް ބަންދުކޮށްފައިވާ ކަމަށާއި، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެ މަޖިލީހެއް ނެތް ކަމަށެވެ.

މެންބަރު ޒިޔާދު ވިދާޅުވީ ގައުމު ގެންދާ މިސްރާބު ހުރިހާ ރައްޔިތުންނަށް އެނގޭ ކަމަށާއި، އެހެންކަމުން މިއަދު ހައްގު ހޯދުމަށް މަގުމަތި ނޫން ތަނެއް ނެތް ކަމަށެވެ.

މަސްވެރިންގެ މުޒާހަރާއަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ މަސްވެރިން މަގުމައްޗަށް ނުކުމެ އަޑު އުފުލުމުން ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް މަސްވެރިންނަށް ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުން ކުރީ ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތައް ވެސް ހޯދުމަށް ރައްޔިތުން މަގުމައްޗަށް ނުކުންނަން ޖެހޭ ކަމަށާއި، ގޭގައި ތިބެގެން ހައްގު ނުލިބޭނެ ކަމަށެވެ. ސަރުކާރަށް ދެ އަހަރުވާން ދާއިރު، ކުރީ ސަރުކާރުގައި ދޫކޮށްފައިވާ ފްލެޓުތައް ދޫނުކޮށް ހިފަހައްޓާފައިވަނީ މުޅިން އެހެން މަގުސަދެއްގައި ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

މަގުމައްޗަށް ނުކުންނަނީ ކުރާ ހިތްވާ ކަމަކަށްވެގެންނޫން. އެހެންނަމަވެސް ދެން އެހުރިހާ މަގެއް ބަންދުވީމަ ދެން އަޅުގަނޑުމެންނަށް އޮންނާނީ މަގުމަތި. ސަބަބަކީ މި ގާނޫނު އަސާސީ އައީ މަގުމަތިން. މި ގާނޫނު އަސާސީ އުފެއްދީ މަގުމަތިން. މިގާނޫނު އަސާސީއަށް ބޭނުންވާ ރައްޔިތުންގެ އަޑު އިވެނީ މަގުމަތިން. އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ އަދި ދިވެހި އެންމެހައި ރައްޔިތުން ވެސް ގަބޫލުކުރަނީ މަގުމަތިންނޭ ދެން އަޅުގަނޑުމެންނަށް ހައްލެއް ހޯދޭނީ. އެސަބަބަށްޓަކައި މަގު މައްޗަށް ނުކުންނަންޖެހެނީ.
ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު

މެންބަރު ޒިޔާދު ވިދާޅުވީ މިއަހަރަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުން މިއަދާ ހަމައަށް ރައްޔިތަކަށް ލިބުނު މަންފާއެއް، ކުރިއެރުމެއް ނެތް ކަމަށެވެ. ބަޖެޓުގައި އެންމެ ބޮޑު ބައެއްގެ ގޮތުގައި ހިމަނާފައި އޮތީ ރައްޔިތުންނަށްދޭ ސަބްސިޑީ ޑައިރެކްޓް ސަބްސިޑީއަށް ބަދަލުކޮށް އެ އެންމެ ބޭނުންވާ ފަރާތްތަކަށް ދިނުން ކަމަށާއި، ނަމަވެސް މިއަދާ އެކަން ވެސް ކޮށްފައިނުވާ ކަމަށެވެ.

މެންބަރު ޒިޔާދު ވިދާޅުވީ އަޑުނީވޭ ސަރުކާރަކަށް މަގުމައްޗަށް ނުކުތުމުން އަޑު އިވޭ ކަމަށާއި، ވީހާ ވެސް ގިނަ ރައްޔިތުން މަގުމައްޗަށް ނުކުމެ ގިނަ އަޑުތައް އިއްވަންޖެހޭ ކަމަށެވެ. ރައްޔިތުންގެ އަޑާއެކު، ނުހިނގާ ތަރައްގީގެ މަޝްރޫއުތައް ވެސް ބައެއް ރަށްތަކުގައި ހިނގާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް