Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔުމްނު ވެއްޓުނު ހާދިސާ

ޔުމްނު އަށް އިންސާފު ހޯދުމަށް ގޮވާލައި ޕެޓިޝަނުގައި 6،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފި

ޔުމްނު ވެއްޓިފައި އޮއްވާ ފެނުނު މައްސަލާގައި ސަރުކާރު އިދާރާތަކުގެ އިހުމާލު ވީކަމަށް ތުހުމަތުކޮށް މުޒާރާތަކުގެ އިސްވެރިން އިސްތިއުފާ ދިނުމަށް ވަނީ ގޮވާލާފައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 26 އެޕްރީލު 2025 | ހޮނިހިރު 12:02
ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިއަ ޒުވާނުންގެ މުޒާހަރާގެ ތެރެއިން

ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިއަ ޒުވާނުންގެ މުޒާހަރާގެ ތެރެއިން

އޭޕްރިލް 18 ވަނަ ދުވަހުގެ ރޭ ހެންވޭރު ފެންޓެނޯއީގޭގެ ނުވަނަ ފަންގިފިލައިން ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި 6،000 އަށްވުރެ ގިނަ މީހުން ޕެޓިޝަންގައި ސޮއިކޮށްފި އެވެ.

އޮންލައިންކޮށް ސޮއިކުރަމުންދާ މި ޕެޓިޝަނުގައި މި ވަގުތާ ހަމައަށް 6،727 މީހަކު ވަނީ ސޮއިކޮށްފަ އެވެ.

Advertisement - newsAdvertisement

ޒުވާނުން އިސްނަގައިގެން ސޮއިކުރަންފެށި މި ޕެޓިޝަންގައި ވަނީ ޔުމްނު އަށް އިންސާފު ހޯދައިދިނުމަށާއި ދެފުށް ފެންނަ ތަހުގީގެއް ހިންގުމަށް ގޮވާލާފަ އެވެ.

މީގެ އިތުރުން ތަހުގީގުގެ ހުރިހާ ހޯދުންތަކެއް އާންމުކުރުމަށާއި ޔުމްނު އަށް އިންސާފު ހޯދައިދިނުމަށް އެކުގައި ޝާމިލްވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމަށްވެސް ގޮވާލާފައިވެ އެވެ. އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން މި މައްސަލަ ގާތުން ބެލުމަށް ވެސް ޕެޓިޝަނުގައި ހިމަނާފައިވެ އެވެ.

ޔުމްނު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ފުލުހުންނާއި އިދާރާތަކުގެ އިހުމާލު ވާކަމަށް ބުނެ ގިނަ އަދަދެއްގެ ޒުވާނުން ދަނީ މަގުތަކަށް އެއްވެ މުޒާހަރާ ކުރަމުންނެވެ. އެގޮތުން ސިލްސިލާކޮށް ކުރިއަށް ގެންދާ އެ މުޒާހަރަތާކުގައި ހުކުރު ދުވަހުގެ ރޭ ވެސް ވަރަށް ގިނަ ބަޔަކު ވަނީ މުޒާހަރާގައި ބައިވެރިވެފަ އެވެ. އަދި މި މައްސަލައަށް އިހުމާލުވާ ސަރުކާރު އިދާރާތަކުގެ އިސް ވެރިންގެ އިސްތިއުފާއަށްވެސް ވަނީ ގޮވާލާފަ އެވެ.

މީގެ އިތުރުން ރޭގެ މުޒާހަރާގައި ޒުވާނުންގެ ގިނަ ޑިމާންޑްތަކެއް އިއްވާފައިވެ އެވެ. އެގޮތުން 10 ޑިމާންޑެއް ވަނީ އިވާފައި އެވެ. އޭގެތެރޭގައި ފުލުހުން ކުރިއަށްގެންދާ އިންވެސްޓިގޭޝަން މިނިވަން ކަމާއި އެކު ކުރިއަށް ގެންދިއުންމަށާއި މިމައްސަލާގައި ތުހުމަތު ކުރެވޭ ނެޕޯ ބޭބީސް ހައްޔަރު ކޮށް ޕްރޮސެކިއުޓްކުރުމަށާއި އަދި ފުލުހުން ދޮގު ހެދުން ހުއްޓާލާ، މިހާދިސާގެ ރަނގަޅު މައުލޫމާތުދިނުން ފަދަ ޑިމާންޑް ތައް މުޒާހަރާގެ ބައިވެރިން ވަނީ އިއްވާފައެވެ.

ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން އޭނާއާ އެކު އެ ވަގުތު އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، 21 ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަސް ވަނީ ޖަހާފަ އެވެ.

ފުލުހުން މި މައްސަލާގައި އެކި ފަހަރު އެކި ގޮތަށް މައުލޫމާތު ދީފައިވާއިރު، ރައުދު ބަންދުގައި ބެހެއްޓުމަށް ނެރުނު ކޯޓު އަމުރުގައި ވާގޮތުން ޔުމްނު ވެއްޓުމުގެ ކުރިން އެރޭ ރައުދުއާއި ޔުމްނުއާ ދެމެދު ހަމަނުޖެހުމެއް ހިނގާފައިވެ އެވެ.

އަދި ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ވަގުތުގެ އިރުކޮޅެއް ފަހުން ޔުމްނު ކޮބައިތޯ ސުވާލުކުރުމުން ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ވެސް ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އަދި ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.

ހ. ފެންޓޯނިއާގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މި މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި އެ މީހުންގެ ފުރުން މަނާކޮށްފަ އެވެ.

އަދި މައްސަލައާއި ގުޅުން ހުރި ނުވަ މީހެއްގެ ފޯނުވެސް މިހާރު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު