Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސެރަމުން ގައުމުން ބޭރުގައި ވެކްސިނެއް އުފައްދަނީ

ސެރަމް އިންސްޓިޓިއުޓުން އިންޑިޔާއިން ބޭރު ގައުމުތަކުގައި ވެކްސިން އުފައްދަން ފަށަނީ

ކުރިޔަށް އޮތް ދެތިން ދުވަސްތެރޭގައި އެކަމުގެ ތަފްސީލުތައް އިއުލާންކުރާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 މެއި 2021 | ހޮނިހިރު 20:00
ސެރަމް އިންސްޓިޓިއުޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަޑަރް ޕޫނަވާލާ

ސެރަމް އިންސްޓިޓިއުޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަޑަރް ޕޫނަވާލާ

އިންޑިޔާގައި ވެކްސިން އުފައްދާ މައި ކުންފުނިކަމުގައިވާ ސެރަމް އިންސްޓިޓިއުޓުން އިންޑިޔާގެ ބޭރު ގައުމުތަކުގައި ވެކްސިން އުފެއްދުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަޑަރް ޕޫނަވާލާ ވިދާޅުވެއްޖެއެވެ.

ސެރަމް އިންސްޓިޓިއުޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރިން ކަނޑައަޅާފައިވާ މިންވަރަށް ވެކްސިން އުފެއްދުމަށް އެކުންފުންޏަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

ދަ ޓައިމްސްއާ ވާހަކަދައްކަވަމުން ޕޫނަވާލާ ވިދާޅުވީ ކުރިޔަށް އޮތް ދެތިން ދުވަސްތެރޭގައި އެކަމުގެ ތަފްސީލުތައް އިއުލާންކުރާނެ ކަމަށެވެ.

މިދިޔަ ހަފްތާގައި ޕޫނަވާލާ ވިދާޅުވީ ޖުލައި މަހާ ހިސާބަށް އަންނައިރު މަހަކު 100 މިލިއަން ޑޯޒް އުފައްދާނެކަމަށެވެ. ކުރިން ސެރަމް އިންސްޓިޓިއުޓުން ބުނެފައިވަނީ މެއި މަސް ނިމެންވާއިރު 100 މިލިއަން ޑޯޒް އުފައްދާނެކަމަށެވެ.

ސެރަމް އިންސްޓިޓިއުޓުން މަސައްކަތްކުރަމުން އަންނަނީ ކުރިޔަށް އޮތް ހަ މަސްދުވަސްތެރޭގައި އަހަރެއްގެ މައްޗަށް މިހާރު އުފައްދަމުން އަންނަ 2.5 ބިލިއަން ޑޯޒުން 3 ބިލިއަން ޑޯޒް އުފެއްދުމުގެ ކެޕޭސިޓީ ގާއިމުކުރާށެވެ. ޕޫނަވާލާ މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

ސެރަމް އިންސްޓިޓިއުޓަކީ އެސްޓްރަޒެނިކާ ކޮވިޑް ވެކްސިން އިންޑިޔާގައި އުފައްދަމުން އަންނަ ކުންފުންޏެވެ.

ކޮވިޑް-19 އިންޑިޔާގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު އިންޑިޔާގެ ގިނަ ސްޓޭޓްތަކެއްގައި ވަނީ ވެކްސިނަށް ޖެހިފައެވެ. ދެ ވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމުކަމަށްވާ އިންޑިޔާގައި ދުވާލެއްގެ މައްޗަށް ތިން ލައްކައަށްވުރެ ގިނަ މީހުންނަށް އަންނަނީ ވައިރަސް ޖެހެމުންނެވެ.

އިންޑިޔާގައި އަތްނުފޯރާ ހިސާބަށް ކޭސްތައް ފެންނަން ފެށުމުން އެގައުމުގެ ސަރުކާރުން ވަނީ އޮކްސިޖަނާއި ބޭހާއި ސިއްހީ އެހެނިހެން ސާމާނުގެ އެހީތެރިކަމަށް ބޭރު ގައުމުތަކުގެ ކިބައިން އެދިފައެވެ.

އިންޑިޔާ ސަރުކާރަށް ލަފާދޭ ސައިންސްވެރިންގެ ޓީމުން ބުނެފައިވަނީ އިންޑިޔާ ޕީކަށް ދާނެކަމަށް މިހާރު ބެލެވެނީ މެއި މަހުގެ 3 އާއި 5އާ ދެމެދުގައި ކަމަށެވެ.

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2017

އިޒްރޭލުގެ ޤާނޫނު ހަދާ މަޖިލީހުގެ ވަފްދު ލަދުގަންނަވާލައި، އައިޕީޔޫގެ ބައްދަލުވުމުން ބޭރުކޮށްފި

21 އޮކްޓޯބަރު 2017
އިޒްރޭލުގެ ޤާނޫނު ހަދާ މަޖިލީހުގެ ވަފްދު ލަދުގަންނަވާލައި، އައިޕީޔޫގެ ބައްދަލުވުމުން ބޭރުކޮށްފި
14 އޮކްޓޯބަރު 2017

ހާވީ ވެއިންސްޓެއިން އޮސްކާ އެކަޑަމީން ބޭރުކޮށްލައިފި

14 އޮކްޓޯބަރު 2017
ހާވީ ވެއިންސްޓެއިން އޮސްކާ އެކަޑަމީން ބޭރުކޮށްލައިފި
27 ސެޕްޓެމްބަރު 2017

އިންޑިއާ އިން ރޮހިންޖާ މުސްލިމުން ބޭރުކުރުން ހުއްޓުވުމަށް އެމްނެސްޓީ އިން ކެމްޕެއިނެއް ފަށައިފި

27 ސެޕްޓެމްބަރު 2017
އިންޑިއާ އިން ރޮހިންޖާ މުސްލިމުން ބޭރުކުރުން ހުއްޓުވުމަށް އެމްނެސްޓީ އިން ކެމްޕެއިނެއް ފަށައިފި
26 އޯގަސްޓު 2017

ވެނެޒުއޭލާ އިން އެމެރިކާއަށް ބޭރު ކުރާ ތެޔޮ ހުއްޓުމަކަަށް އަންނާނެ: ރައީސް މަޑޫރޯ

26 އޯގަސްޓު 2017
ވެނެޒުއޭލާ އިން އެމެރިކާއަށް ބޭރު ކުރާ ތެޔޮ ހުއްޓުމަކަަށް އަންނާނެ: ރައީސް މަޑޫރޯ
02 ޖޫން 2017

ޕެރިސް އެގްރީމެންޓުން އެމެރިކާ ބޭރުވާނެކަން ރަސްމީކޮށް އިއުލާން ކޮށްފި

02 ޖޫން 2017
ޕެރިސް އެގްރީމެންޓުން އެމެރިކާ ބޭރުވާނެކަން ރަސްމީކޮށް އިއުލާން ކޮށްފި
01 ޖޫން 2017

ޕެރިސް އެގްރީމެންޓުން އެމެރިކާ ބޭރުވާތީ ޔޫރަޕާއި ޗައިނާއިން އެކަމާ ދެކޮޅަށް ތެދުވެއްޖެ

01 ޖޫން 2017
ޕެރިސް އެގްރީމެންޓުން އެމެރިކާ ބޭރުވާތީ ޔޫރަޕާއި ޗައިނާއިން އެކަމާ ދެކޮޅަށް ތެދުވެއްޖެ
22 މާރިޗު 2017

އިގިރޭސި ޕާލަމަންޓް ބޭރުގައި ބަޔަކު ބަޑި ޖަހައިފި

22 މާރިޗު 2017
އިގިރޭސި ޕާލަމަންޓް ބޭރުގައި ބަޔަކު ބަޑި ޖަހައިފި
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު