Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސައްކަތްތެރިންގެ ދުވަސް

ތަރައްގީއަށް އެންމެ ބޮޑު ދިރުމެއް އަންނާނީ އަމިއްލަ ދަރިން ގައުމު ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތާ ހަވާލުވެގެން - ރައީސް

މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 16000 ބިދޭސީ މަސައްކަތްތެރިން އެމީހުންގެ ގައުމަށް އަނބުރާ ފޮނުވައިދިން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 މެއި 2021 | ހޮނިހިރު 11:52
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

ގައުމެއްގެ ތަރައްގީއަށް އެންމެ ބޮޑު ދިރުމެއް އަންނާނީ އެ ގައުމެއްގެ އަމިއްލަ ދަރިން ގައުމު ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތާ ހަވާލުވެގެން ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބިދޭސީން ފުރަމުން އަންނަ ޖާގަތަކަށް ދިވެހި ޒުވާނުން ނުކުމެ ދިވެހިންގެ އުފެއްދުންތެރި ވިސްނުމާއެކު ގައުމު ތަރައްގީކުރަން ފަށައިފިނަމަ މިހާރަށްވުރެ މާ ފުރިހަމަ ތަރައްގީއެއް ހޯދޭނެކަން ޔަގީންވާކަމަށެވެ.

މިއަދު މުޅި ދުނިޔޭގައި ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހައި މުވައްޒަފުންނަށާއި މަސައްކަތްތެރީންނަށް އަދި އެމީހުންގެ އާއިލާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ތަހުނިޔާ ފޮނުއްވާފައެވެ. ރައީސް ވިދާޅުވީ ކޮވިޑް-19ގެ މި ނުރައްކާތެރި ހާލަތުގައި ގިނަ އަދަދެއްގެ މަސައްކަތްތެރިންނަށް ވަރަށް ނިކަމެތި ގޮތްތައް މެދުވެރިވެގެން ދިޔަކަމަށެވެ.

އެފަދަ މީހުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމުގެ ގޮތުން 16000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެމީހުންގެ ގައުމަށް އަނބުރާ ފޮނުވައިދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން މަސައްކަތްތެރިންނާ ގުޅިފައިވާ އެކި މައްސަލަތައް ހައްލުކޮށް އެމީހުންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް ވަރަށް ޚާއްސަ އިސްކަމެއް ދީގެން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައެޅުން ފަދަ ގާނޫނަށް ގެނެވުނު މުހިންމު ބަދަލުތައް ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް މަސައްކަތްތެރިންނަކީ އެ ގައުމެއްގެ ތަރައްގީގެ ތަސައްވުރުތައް ހަގީގަތަކަށް ހަދައިދޭ މީހުން ކަމަށެވެ.

ތަމައްދުންގެ ރީތި ކުލަތަކުން މުޖުތަމައު ޒީނަތްތެރިވެ ނަމޫނާ ހަޟާރަތެއް ބިނާވެގެން ދަނީ އެ މުޖުތަމައެއްގެ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ ސަބަބުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އިލްމީ ވިސްނުންތަކާއި އުފެއްދުންތެރި ފިކުރުތަކަށް އަމަލީ ސިފަ ގެނެސްދޭ ބަޔަކީވެސް މަސައްކަތްތެރިން ކަން ފާހަގަ ކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ވެސް މަސައްކަތްތެރިން އަދާކުރަމުން އަންނަނީ ޝުކުރާއި ތައުރީފު ހައްގު ދައުރެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކީ މަސައްކަތްތެރިއެއްގެ މާނައިގައި ބެލެވޭނެ މީހެއް ކަމަށާއި މަސައްކަތްތެރިންނަކީ މުޖުތަމައުގެ ފުރިހަމަ އިހުތިރާމާއި ގަދަރު ހައްގުވާ ބައެއް ކަމަށެވެ.

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދީ ހައްގުތައް ލިބިދިނުމަށް މުޅި މުޖުތަމައު އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރާއިރު އެމީހުންގެ ހައްގުތައް އަދިވެސް ފުރިހަމައެއް ނުކުރެވޭކަމަށެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުމާއި މަސައްކަތް ކުރުވުމަށްފަހު ހައްގު އުޖޫރަ ނުދިނުމާއި އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ފަދަ ހާލަތްތަކުގައި ގެންގުޅުން ފަދަ މައްސަލަތައް މިހާރުވެސް ހިނގަމުންދާ ކަމަށެވެ.

މަސައްކަތްތެރިންނާ ގުޅިފައިވާ މިފަދަ މައްސަލަތައް ހައްލުކޮށް އެމީހުންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް ވަރަށް ޚާއްސަ އިސްކަމެއް ދީގެން ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމަށްޓަކައި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ވެސް ގެންނަމުން އަންނަކަމަށެވެ.

އޭގެ ތެރެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައެޅުން ލާޒިމް ކުރެވިފާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކުން 10 އިންސައްތައަށްވުރެ މަދު ނޫން އަދަދަކުން ސަރވިސް ޗާޖް ނެގުމަށާއި ސަރވިސް ޗާޖްގެ ގޮތުގައި ނަގާ ފައިސާ މުވައްޒަފުންނަށް ދިނުމަށް ގާނޫނުގައި ކަނޑައަޅާފައިވާނެ ކަމަށް ރައީސް ފާހަގަ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މަސައްކަތްތެރިންގެ ހައްގުތައް ލިބިދިނުމަށްޓަކައި ކޮންމެހެން ގެންނަންޖެހޭ ބައެއް ބަދަލުތައް ގާނޫނުގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކޮންމެ މީހަކުވެސް ބުރަ މަސައްކަތްކޮށް ގައިން ދައު އޮހޮރުވަނީ ވަރަށް މަތިވެރި އަޒުމެއްގައި ކަމަށާއި ވަރަށް ފޮނި އުންމީދެއްގައި ކަމަށެވެ. އެއީ އުފާވެރި ތަނަވަސް ދިރިއުޅުމެއް ހޯދުން ކަމަށާއި މިއަދަކީ އެ ވަރުގަދަ އަޒުމްގައި މަސައްކަތްކުރާ މީހުންގެ އީދު ދުވަސް ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެންމެހައި މަސައްކަތްތެރިންނަށާއި ވަޒީފާ އަދާކުރާ އެންމެންނަށް މިދުވަހުގެ މުނާސަބާގައި ވަރަށް އުފާވެރި ބާއްޖަވެރި ތަނަވަސް މުސްތަގުބަލަކަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު