Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ކޮވިޑްގެ ހާލަތު

ރާއްޖޭގައި އިންޑިއާގެ ވޭރިއަންޓް އުޅެދާނެ - ޝާހް މާހިރު

29 އެޕްރީލު 2021 | ބުރާސްފަތި 09:51

ކޮވިޑް-19ށް މިއުޓޭޝަންސް އަންނާނެ ކަމީ ޔަގީންކަމެއް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 29 އެޕްރީލު 2021 | ބުރާސްފަތި 09:51
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ ޝާހު އަބްދުﷲ މާހިރު

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ ޝާހު އަބްދުﷲ މާހިރު

ރާއްޖޭގައި އިންޑިއާގެ ކޮވިޑް-19 ވޭރިއަންޓް އުޅެދާނެ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާއިރު، މިހާރު ރާއްޖޭގައި ކޮވިޑްގެ އައު ވޭރިއަންޓް ނޫޅޭނެއެކޭ ނުބުނެވޭނެ ކަމަށާއި ކޮވިޑް-19ށް މިއުޓޭޝަންސް އަންނާނެ ކަމީ ޔަގީންކަމެއް ކަމަށް ޑރ. ޝާހް ވިދާޅުވިއެވެ. އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޝާހް ވިދާޅުވީ އިންޑިއާގައި މިހާރު ދިމާވެގެން މިއުޅެނީ މި މައްސަލަ ކަމަށާއި، ރާއްޖެ އަށް މި މައްސަލަ ދިމާވާނެ ކަމަށެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޝާހް ވަނީ ރާއްޖޭގައި އައު ވޭރިއަންޓް އުޅޭތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަންހަ ހަފްތާގެ ތެރޭގައި އިތުރު ސާމްޕަލްތައް ޓެސްޓުކުރުމަށް ބޭރަށް ފޮނުވާނެ ކަމަށެވެ.

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑރ. ނަޒްލާ މުސްތަފާ ވަނީ މާލެ ސަރަހައްދުގައި މިގޮތަށް ކޭސްތައް ގިނަވަމުންދާނަމަ ވެކްސިން ޖަހައިގެން ތިބި ނަމަވެސް ވެކްސިނަށް ނުގުޑާ ބާވަތެއް އަށަގަތުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މާލެ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރަން ޖެހޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ވެކްސިން ޖެހިނަމަވެސް މާސްކު އެޅުމާއި ގައިދުރުކަން ބަހައްޓަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އިންޑިއާއިން ފެނުނު އައު ވޭރިއަންޓުގައި ދެ މިއުޓޭޝަނެއް ހިމެނޭ ކަމަށް ސައިންވެރިން ބުނާއިރު، މި ވޭރިއަންޓަށް މިހާރު އުފައްދާފައިވާ ވެކްސިންތަކުން ކުރާ އަސަރު ކުޑަ ކަމަށް ވެސް ސައިންސްވެރިން ބުނެއެވެ. އައު ވޭރިއަންޓާކު އިންޑިއާގެ ކޮވިޑް ކޭސްތައް ވަނީ އިންތިހާއަށް އިތުރުވާން ފަށާފައެވެ. އަދި އިންޑިއާގެ ކޮވިޑް ވޭރިއަންޓް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި މުޅި ދުނިޔެއަށް ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް ވެސް މާހިރުން ބުނެއެވެ.

ރާއްޖެއިން ކޮންމެ ދުވަހަކު ފެންނަމުންދާ ކޭސްތަކުގެ އަދަދު މައްްޗަށް އަރާފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ މިހާރު 4396ށް އަރާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް