Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގައި މޫނުބުރުގާ މަނާކުރުން

ލަންކާގައި މޫނުބުރުގާ އެޅުން މަނާކުރަން ކެބިނެޓުން ފާސްކޮށްފި

28 އެޕްރީލު 2021 | ބުދަ 12:57

ހުށަހެޅުން ގާނޫނަކަށް ބަދަލުވެގެންދާނީ މަޖިލީހުން ފާސްކުރުމުން

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 28 އެޕްރީލު 2021 | ބުދަ 12:57
މޫނުބުރުގާ އަޅައިގެންހުރި ސްރީލަންކާގެ މުސްލިމެއް ވެރިރަށް ކޮލޮމްބޯގެ މަގެއްގައި

މޫނުބުރުގާ އަޅައިގެންހުރި ސްރީލަންކާގެ މުސްލިމެއް ވެރިރަށް ކޮލޮމްބޯގެ މަގެއްގައި

މޫނުބުރުގާ އެޅުން މަނާކުރުމަށް ސްރީލަންކާގެ ކެބިނެޓަށް ހުށަހަޅާފައިވާ ހުށަހެޅުން ފާސްކޮށްފިއެވެ.

ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އާންމު ތަންތަނުގައި މޫނުބުރުގާ އެޅުން މަނާކުރުމަށް ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ސަރަތު ވީރަސޭކަރަ ހުށަހެޅުއްވި ހުށަހެޅުން ކެބިނެޓުން ފާސްކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. އޭނާގެ ހުށަހެޅުއްވުމުގައި ބުރުގާއަކީ، މުޅި ގަޔާއި މޫނު ނިވާވާހެން މުސްލިމު ބައެއް އަންހެނުން ލައިއުޅޭ އަންނައުނެއް ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެއީ ދީނުގައި ހައްދުފަހަނައެޅުމުގެ ސިފައެއްކަން ފާހަގަކުރައްވާ، މޫނުބުރުގާއެޅުން މަނާކޮށްފިނަމަ ގައުމުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަވެގެން ދާނެކަމަށް ވިދާޅުވެފައިވެއެވެ.

ލަންކާގެ ބައެއް ފައްޅިތަކަށާއި ހޮޓާތަކަށް 2019 ވަނަ އަހަރު އަމިއްލައަށް މަރުވެގެން ބަޔަކު ދިން ހަމަލާތަކަށްފަހު، ބުރުގާއެޅުން ވަގުތީގޮތުން މަނާކުރެވުނެވެ. މި ހަމަލާތަކުގައި 260 މީހުން މަރުވިއިރު، އޭގެ ޒިންމާ ނަގާފައިވަނީ އައިސިސްއާ ގުޅުންހުރި އެގައުމުގެ ދެ ޖަމާއަތަކުންނެވެ.

މޫނުބުރުގާ އެޅުން މަނާކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުން ކެބިނެޓުން ފާސްކޮށްފައި މިވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. އެގައުމުގައި ހުންނަވާ ޕާކިސްތާނުގެ ހައިކޮމިޝަނަރު ސާދު ޚަތަކް ވަނީ ބުރުގާ މަނާކުރުމަކީ މުސްލިމުންގެ އިހްސާސްތަކަށް ދެވޭ ދެރައެއްކަމަށް ވިދާޅުވެ ޓްވީޓްކުރައްވާފައެވެ.

ދީނީ މިނިވަންކަމާ ގަބޫލު ކުރުންތަކަށް ވަކާލާތު ކުރައްވާ އދ ގެ ސްޕެޝަލް ރެޕެޓުއަރ އަދި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަހްމަދު ޝަހީދު ވެސް މިކަމަށް ފާޑުވިދާޅުވެފައިވެއެވެ. ޑރ.ޝަހީދު ވިދާޅުވީ މި ހުށަހެޅުމަކީ ދީނީ މިނިވަންކަން ހިމާޔަތް ކުރުމަށް ހެދިފައިހުރި ބައިނަލްއަގުވާމީ ގާނޫނުތަކާއި ފުށުއަރާ ހުށަހެޅުމެއް ކަމަށެވެ.

މި ހުށަހެޅުން ދެން ފޮނުވާނީ އެގައުމުގެ އެޓާނީ ޖެނެރަލްގެ ޑިޕާޓްމެންޓަށެވެ. އެއަށްފަހު ހުށަހެޅުން ގާނޫނަކަށް ބަދަލުވެގެންދާނީ މަޖިލީހުން ފާސްކުރުމުންނެވެ. އެގައުމުގެ ގާނޫނު ހަދާ މަޖިލީހަކީ ސަރުކާރުގެ މެޖޯރިޓީ ލިބިފައިވާ ތަނަކަށް ވުމުން، މި ހުށަހެޅުން ފާސްކުރުމަށް ދަތިތަކެއް ހުންނާނެ ކަމަށް ނުބެލެވެއެވެ.

ސްރީލަންކާއަކީ 22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ. އޭގެތެރެއިން ނުވަ އިންސައްތައަކީ މުސްލިމުންނެވެ. އަދި 70 އިންސައްތަ ބުދިސްޓް ދީނަށް ނިސްބަތްވާއިރު، 15 އިންސައްތައަކީ ހިންދޫންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

14 މާރިޗު 2018

ލަންކާގައި މިހާރު ވައިބަރ ބޭނުން ކުރެވޭ، ހުކުރު ދުވަހުން ފެށިގެން ފޭސްބުކް ބޭނުން ކުރެވޭނެ

14 މާރިޗު 2018
ލަންކާގައި މިހާރު ވައިބަރ ބޭނުން ކުރެވޭ، ހުކުރު ދުވަހުން ފެށިގެން ފޭސްބުކް ބޭނުން ކުރެވޭނެ
08 މާރިޗު 2018

ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތައް އެ ގައުމަށް ހައްލު ކުރެވޭނެ:ޗައިނާ

08 މާރިޗު 2018
ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތައް އެ ގައުމަށް ހައްލު ކުރެވޭނެ:ޗައިނާ
06 މާރިޗު 2018

ދީނީ ހަމަނުޖެހުންތަކާއި ގުޅިގެން ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

06 މާރިޗު 2018
ދީނީ ހަމަނުޖެހުންތަކާއި ގުޅިގެން ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި
29 އޮކްޓޯބަރު 2017

މިއަހަރުގެ މިހާތަނަށް ލަންކާގައި މަގުމަތީ 2200 މަރު!

29 އޮކްޓޯބަރު 2017
މިއަހަރުގެ މިހާތަނަށް ލަންކާގައި މަގުމަތީ 2200 މަރު!
08 އޮކްޓޯބަރު 2017

ލަންކާގައި ތިބި ރޮހިންޖާ މުސްލިމުންނަށް ޙަމަލާދިން ފުލުހަކު ހައްޔަރުކޮށްފި

08 އޮކްޓޯބަރު 2017
ލަންކާގައި ތިބި ރޮހިންޖާ މުސްލިމުންނަށް ޙަމަލާދިން ފުލުހަކު ހައްޔަރުކޮށްފި
26 ޖުލައި 2017

މިއަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ޑެންގޫ ހުމުގެ ސަބަބުން 300 އެއްހާ މީހުން މަރުވެއްޖެ

26 ޖުލައި 2017
މިއަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ޑެންގޫ ހުމުގެ ސަބަބުން 300 އެއްހާ މީހުން މަރުވެއްޖެ
18 މެއި 2017

ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި

18 މެއި 2017
ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި
30 އެޕްރީލު 2017

ޖަރުމަނުގައި ވަކި ބަޔަކަށް މޫނުބުރުގާ މަނާކުރަނީ

30 އެޕްރީލު 2017
ޖަރުމަނުގައި ވަކި ބަޔަކަށް މޫނުބުރުގާ މަނާކުރަނީ
28 ފެބުރުއަރީ 2017

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި
23 ފެބުރުއަރީ 2017

ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި

23 ފެބުރުއަރީ 2017
ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް