Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްރީލަންކާގެ ދީނީ ހަމަނުޖެހުން

ދީނީ ހަމަނުޖެހުންތަކާއި ގުޅިގެން ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ދީނީ ހަމަނުޖެހުންތަކާއި ގުޅިގެން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 6 މާރިޗު 2018 | އަންގާރަ 09:27
ސްރީ ލަންކާގެ ކެންޑީގައި ބުޑިސްޓުންގެ ބަޔަކު އެއްވެފައި

ސްރީ ލަންކާގެ ކެންޑީގައި ބުޑިސްޓުންގެ ބަޔަކު އެއްވެފައި

ސްރީލަންކާގައި 10 ދުވަހުގެ މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފިއެވެ.

ސްރީލަންކާގެ މިނިސްޓަރ އޮފް ސޯޝަލް އެމްޕަވަރމަންޓް އެންޑް ވެލްފެއަރ އެސް.ބީ. ޑިސަނަޔަކެ އާ ހަވާލާދީ ސިލޯން ޓުޑޭ ނޫހުން ބުނީ، ލަންކާގައި 10 ދުވަހުގެ މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ނިންމާފައިވަނީ އަންގާރަ ދުވަހު ބޭއްވި ކެބިނެޓްގެ ބައްދަލުވުމެއްގައި ކަމަށެވެ.

ކޮލޮމްބޯގައި ހުންނަ ރިޔާސީ ސެކްރެޓޭރިއަޓްގައި ބޭއްވި ކެބިނެޓްގެ ހާއްސަ ބައްދަލުވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޑިސަނަޔަކެ ވިދާޅުވީ، މިއަދުގެ ވަގުތެއްގައި ސަރުކާރުގެ ގެޒެޓުގައި އެނިންމެވުން ޝާއިއު ކުރާނެ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ސްރީލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ނިންމެވީ، ސްރީލަންކާގައި ހިނގަމުންދާ ދީނީ ހަމަނުޖެހުންތަކާއި ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މިހަމަނުޖެހުންތަކާއި ގުޅިގެން ހޯމަ ދުވަހު ކެންޑީގައި ވަނީ ކާފިއު ހިންގާފައެވެ. ލަންކާގެ ބުޑިސްޓުންނާއި މުސްލިމުންނާއި ދެމެދު ހޯމަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ބުޑިސްޓަކު މަރުވެފައިވާއިރު، މުސްލިމު ވިޔަފާރިވެރިންތަކެއްގެ ފިހާރަތަކުގައި ބުޑިސްޓުން ވަނީ ހުޅުޖަހާފައެވެ.

މިދިޔަ ހަފްތާ ބަންދުން ފެށިގެން ތަޅާފޮޅުމާއި ހުޅުޖެހުންފަދަ ހަރަކާތްތައް އާއްމުވެފައިވާ ކަމަށް ލަންކާގެ ފުލުހުން ހޯމަ ދުވަހު ބުނެފައިވެއެވެ.

ސްރީލަންކާ އަކީ ދީނީ އަދި ނަސްލީ ހަމަނުޖެހުންތަކުގެ ބޮޑު މާޒީއެއް އޮތް ގައުމެކެވެ. 21 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންކާގެ އާބާދީގެ 10 އިންސައްތަ އަކީ މުސްލިމުންނެވެ. ބުޑިސްޓު ސިންހަޅައިގެން ނިސްބަތް އާބާދީގެ 75 އިންސައްތައިގައި އުޅޭއިރު، 13 އިންސައްތަ އަކީ ހިންދޫ އިންނެވެ.

ސްރީލަންކާގެ މުސްލިމުންނާއި ދެކޮޅަށް ހަމަނުޖެހުން ހިންގުމުގެ އިސްކޮށް ހަރަކާތްތެރިވަނީ ބުޑިސްޓް ޖަމާއަތެއް ކަމަށްވާ ބޮޑު ބަލަ ސޭނާ (ބީބީއެސް) ގްރޫޕުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ބުޑިސްޓުންނާއި މުސްލިމް ގްރޫޕްތަކާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި ފަސް މީހަކު ޒަޚަމްވެފައިވާއިރު، ބައެއް ފިހާރަތަކާއި މިސްކިތަކަށް ގެއްލުންދީފައިވެއެވެ.

މީގެ އިތުރުން 2014 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ބުޑިސްޓުން އަލުތުގާމާގައި ހިންގި މުސްލިމުންނާއި ދެކޮޅު ކެމްޕެއިންގައި ގިނަ ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

މީގެ އިތުރުން ލަންކާގެ ހަރުކަށި ބުޑިސްޓުންގެ ގްރޫޕްތަކުން ދަނީ، މުސްލިމް ޖަމާއަތްތަކުން ބުޑިސްޓުން އިސްލާމް ވުމަށް މަޖުބޫރު ކުރާ ކަމަށާއި، ބުޑިސްޓުންގެ އާޘާރީ ބިނާތައް ސުންނާފަތި ކުރަމުންދާ ކަމުގެ ތުހުމަތު ކުރަމުންނެވެ.

2015 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ސްރީލަންކާގެ މިހާރުގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ، މުސްލިމުންނާއި ދެކޮޅަށް ހިންގާފައިވާ ކުށްތައް ތަހުގީގު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެހެންނަމަވެސް އެ މަސައްކަތުގައި ކުރިއެރުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއްނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު