Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީ ލަންކާ މުސްލިމުން

ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތައް އެ ގައުމަށް ހައްލު ކުރެވޭނެ:ޗައިނާ

ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފައި ވަނީ 10 ދުވަހަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 8 މާރިޗު 2018 | ބުރާސްފަތި 08:12
ބުޑިސްޓުންވަނީ މުސްލިމުންންގެ ފިހާރަތަކުގައި ހުޅުޖަހާފައި

ބުޑިސްޓުންވަނީ މުސްލިމުންންގެ ފިހާރަތަކުގައި ހުޅުޖަހާފައި

މިހާރު ސްރީލަންކާއަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމުގެ ގާބިލްކަން އެ ގައުމުގައި ހުންނާނެ ކަމަށް ގަބޫލުކުރާ ކަމަށް އެ ގައުމުގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ޗައިނާއިން ބުނެފިއެވެ.

ބުދަ ދުވަހު ޗައިނާއިން ބުނީ ސްރީލަންކާގެ އިޖްތިމާއީ ހަމަޖެހުން ގާއިމްކޮށް ތަފާތު ދީނީ ފިކުރުތައް އެކަތިގަނޑަކަށް ހެދުމުގެ ގާބިލުކަން އެ ގައުމުގައި ހުންނާނެ ކަމަށެވެ.

އާއްމުކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކެންޑީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ބެހޭގޮތުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގެންގް ޝުއާންގް ވިދާޅުވީ ސްރީ ލަންކާގައި ތިބި ޗައިނާގެ ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަމަށް ލަންކާއިން ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ސްރީލަންކާގައި ހިނގަމުންދާ ދީނީ ހަމަނުޖެހުންތަކާއި ގުޅިގެން މިދިޔަ އަންގާރަ ދުވަހު ރައީސް މައިތިރިޕާލާ ސިރިސޭނާވަނީ އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވާފައެވެ.

މިހަމަނުޖެހުންތަކާއި ގުޅިގެން ހޯމަ ދުވަހު ކެންޑީގައި ވަނީ ކާފިއު ހިންގާފައެވެ. ލަންކާގެ ބުޑިސްޓުންނާއި މުސްލިމުންނާއި ދެމެދު ހޯމަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ބުޑިސްޓަކު މަރުވެފައިވާއިރު، މުސްލިމު ވިޔަފާރިވެރިންތަކެއްގެ ފިހާރަތަކުގައި ބުޑިސްޓުން ވަނީ ހުޅުޖަހާފައެވެ.

އިތުރަށް ކިޔާލަން

08 ޖޫން 2017

ޔޫއޭއީން ގަތަރަށް ދޭ ޕޯސްޓުގެ ޚިދުމަތް ކަނޑާލައިފި، ގަތަރުގެ މައްސަލަ ހައްލު ކުރެވޭތޯ މަޝްވަރާ ކުރަނީ

08 ޖޫން 2017
ޔޫއޭއީން ގަތަރަށް ދޭ ޕޯސްޓުގެ ޚިދުމަތް ކަނޑާލައިފި، ގަތަރުގެ މައްސަލަ ހައްލު ކުރެވޭތޯ މަޝްވަރާ ކުރަނީ
18 މެއި 2017

ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި

18 މެއި 2017
ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި
03 އެޕްރީލު 2017

އެމެރިކާ އެކަނި ވިޔަސް އުތުރުކޮރެއާގެ މައްސަލަ ހައްލުކުރާނަން

03 އެޕްރީލު 2017
އެމެރިކާ އެކަނި ވިޔަސް އުތުރުކޮރެއާގެ މައްސަލަ ހައްލުކުރާނަން
28 ފެބުރުއަރީ 2017

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު