Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖަރުމަން

ޖަރުމަނުގައި ވަކި ބަޔަކަށް މޫނުބުރުގާ މަނާކުރަނީ

މޫނު ބުރުގާ މަނާ ކުރުމަށް ޤާނޫނެއް ހެދުމަށް ދަނީ ތައްޔާރުވަމުން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 30 އެޕްރީލު 2017 | އާދީއްތަ 09:50
މައިގަނޑު ގޮތެއްގައި މުސްލިމުން ހިމެނޭގޮތަށް، މެދުއިރުމަތީގެ ޤައުމުތަކުން ވޭތުވެދިޔަ 2 އަހަރުތެރޭގައި މިލިއަނަކަށްވުރެ ގިނަ މީހުން ޖަރުމަނަށް ހިޖުރަކޮށްފައިވޭ

މައިގަނޑު ގޮތެއްގައި މުސްލިމުން ހިމެނޭގޮތަށް، މެދުއިރުމަތީގެ ޤައުމުތަކުން ވޭތުވެދިޔަ 2 އަހަރުތެރޭގައި މިލިއަނަކަށްވުރެ ގިނަ މީހުން ޖަރުމަނަށް ހިޖުރަކޮށްފައިވޭ

ޖަރުމަނުގައި ރަސްމީ ބައެއް ވަޒީފާތައް އަދާކުރާ ފަރާތްތައް މޫނުބުރުގާ އެޅުން މަނާކުރާ ޤާނޫނެއް ހެދުމަށް އެޤައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ބުންޑެސްތާކުން ނިންމައިފިއެވެ.

އަލަށް ހަދާ ޤާނޫނުގެ ދަށުން، މޫނުބުރުގާ އެޅުން މަނާކުރުމަށް ނިންމާފައިވަނީ ސިވިލް ސަރވަންޓުންނާއި، ފަނޑިޔާރުންނާއި، އަދި އަސްކަރީ ޚިދުމަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ. މި ޤާނޫނުގެ ދަށުން މި ފަރާތްތަކަށް މޫނު ބުރުގާ އެޅުން މަނާކުރާނީ މަސައްކަތުގެ ވަގުތުތަކުގައި އެކަންޏެވެ.

މިފަދަ ޤާނޫނުނެއް ހަދަން ބުންޑެސްތާކުން ނިންމާފައިވާއިރު، ޤާނޫނީ ގޮތުން ހުއްދަ ހުރިހާ ހާލަތެއްގައި މޫނުބުރުގާ އެޅުން މަނާކުރުމަށް ޖަރުމަނުގެ ޗާންސެލަރު އަންގެލާ މާކެލް ވަނީ ނިމިގެން ދިޔަ އަހަރުގެ ޑިސެމްބަރ މަހު ގޮވާލައްވާފައެވެ. މާކެލް އެފަދައިން ގޮވާލެއްވީ، ޖަރުމަނުގެ ފެޑެރަލް އިންތިޚާބު ގާތްވަމުންދާއިރު، އޭނާއާއި އިދިކޮޅު އޯލްޓަރނޭޓިވް ފޯ ޖަރމަނީއަށް އޮތް ތާޢީދު އިތުރުވެގެން ގޮސްފައިވަނިކޮށެވެ.

އޯލްޓަރނޭޓިވް ފޯ ޖަރމަނީ އަކީ، މުސްލިމު ގައުމުތަކުން ވިލާތަށް ދަތުރުކުރާ ހިޖުރަވެރިން ބަލައިގަތުމާއި ދެކޮޅު، ހަރުކަށި ފިކުރުތަކެއް ގެންގުޅޭ ބައެކެވެ. މައިގަނޑު ގޮތެއްގައި މުސްލިމުން ހިމެނޭގޮތަށް، މެދުއިރުމަތީގެ ޤައުމުތަކުން ވޭތުވެދިޔަ 2 އަހަރުތެރޭގައި މިލިއަނަކަށްވުރެ ގިނަ މީހުން ޖަރުމަނަށް ހިޖުރަކޮށްފައިވާއިރު، އޯލްޓަރނޭޓިވް ފޯ ޖަރމަނީ ފަދަ ފަރާތްތަކުން ދަނީ ހިޖުރަވެރިން މުޖުތަމައުއާއި އެއްވުމާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

"މުޖުތަމައުއާއި ހިޖުރަވެރިން އެއްވާއިރު، އަހަރުމެންގެ ޤަބޫލުކުރުންތަކާއި، އަހަރުމެން އެހެން ސަގާފަތްތައް ތަހައްމަލު ކުރާ މިންވަރު އެބަ ޖެހޭ ސާފުވާން. މި ހެދިގެންދާ ޤާނޫނަކީ އެކަމަށް ވަރަށް ބޮޑަށް ބާރުދޭނެ ޤާނޫނެއް"، ޖަރުމަނުގެ އިންޓީރިއާ މިނިސްޓަރު ތޯމަސް ޑި މައިޒީރީ ވިދާޅުވެފައިވެއެވެ.

ޖަރުމަނުގެ ފެޑެރަލް ސަރުކާރުން މިފަދަ ޤާނޫނެއް ހެދުމަށް ތައްޔާރުވަމުންދާއިރު، ޖަރުމަނުގެ ދެކުނުގެ ސްޓޭޓެއް ކަމުގައިވާ ބަވާރިއާގައި ވެރިކަންކުރާ، މާކެލްއަށް ތާއީދުކުރާ، ކްރިސްޓިއަން ސޯޝަލް ޔޫނިއަންއިން މިދިޔަ ފެބްރުއަރީ މަހު ވަނީ، އެ ސްޓޭޓްގެ ސްކޫލް ޔުނިވަރސިޓީތަކާއި، އޮފީސްތަކާއި، ވޯޓުލާ ބޫތުތަކުގައި މޫނުބުރުގާ އެޅުން މަނާ ކުރުމަށް ނިންމާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަކަށް ހުރަސްތަކެއް ނެތް: ޗާންސެލާ މާކެލް

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަކަށް ހުރަސްތަކެއް ނެތް: ޗާންސެލާ މާކެލް

10 ޖޫން 2017
އެފްބީއައިގެ ކުރީގެ ޑިރެކްޓަރަކީ "ގަމާރެއް"، ވަކިކުރެވުނީތީ ބޮލަށް ފަސޭހަ: ޓްރަމްޕް

އެފްބީއައިގެ ކުރީގެ ޑިރެކްޓަރަކީ "ގަމާރެއް"، ވަކިކުރެވުނީތީ ބޮލަށް ފަސޭހަ: ޓްރަމްޕް

20 މެއި 2017
ކަނޑަށް ޣަރަޤުވި ބަޔަކަށް އިޓަލީން އަޅާނުލިކަން ހާމަވާ އޯޑިއޯއެއް އާންމުވެއްޖެ

ކަނޑަށް ޣަރަޤުވި ބަޔަކަށް އިޓަލީން އަޅާނުލިކަން ހާމަވާ އޯޑިއޯއެއް އާންމުވެއްޖެ

11 މެއި 2017
އެފްބީއައި ގެ ޑައިރެކްޓާ ޖޭމްސް ކޯމޭ މަގާމުން ވަކިކޮށްފި

އެފްބީއައި ގެ ޑައިރެކްޓާ ޖޭމްސް ކޯމޭ މަގާމުން ވަކިކޮށްފި

10 މެއި 2017
ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

01 މެއި 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު