Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޖާ މުސްލިމުން

ލަންކާގައި ތިބި ރޮހިންޖާ މުސްލިމުންނަށް ޙަމަލާދިން ފުލުހަކު ހައްޔަރުކޮށްފި

8 އޮކްޓޯބަރު 2017 | އާދީއްތަ 08:01

ހާމުދުރުން އައިސް ރޮހިންޖާ އާއިލާ ބޭރުކޮށްލިއިރު، ފުލުހުން ތިބީ ބަލަން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 8 އޮކްޓޯބަރު 2017 | އާދީއްތަ 08:01
ބުޑިސްޓް ހާމުދުރުން އދގެ ސޭފް ހައުސިން ރޮހިންޖާ އާއިލާ ނެރޭއިރު ފުލުހުން ބަލަހައްޓައިގެން

ބުޑިސްޓް ހާމުދުރުން އދގެ ސޭފް ހައުސިން ރޮހިންޖާ އާއިލާ ނެރޭއިރު ފުލުހުން ބަލަހައްޓައިގެން

އަވަށްޓެރި ލަންކާގައި އދގެ ސޭފް ހައުސްއެއްގައި ތިބި ރޮހިންޔާ ދަރިކޮޅަށް ނިސްބަތްވާ މިޔަންމާ މީހުން ސޭފް ހައުސް ނެރެ، އެމީހުންނަށް ހަމަލާދިނުމުގައި ބައިވެރިވި ފުލުހަކު ފިލައިގެން އުޅުމަށް ފަހު އަމިއްލައަށް ފުލުހުންނާއި ހަވާލުވުމުން އޭނާ ހައްޔަރު ކޮށްފިއެވެ. 40 އަހަރުގެ މި ފުލުސް މީހާ އަކީ ޔޫއެން ސޭފް ހައުސް ކައިރިއަށް އެއްވި ލަންކާގެ ހައްދުފަހަނައަޅާފައިވާ ބުޑިސްޓް ހާމުދުރުންނާއި ބައިވެރިވެ، އެގޭގައި ދިރިއުޅުނު ރޮހިންޖާ އާއިލާ ގެއިން ނެރެލުމުގައި ބައިވެރިވި ފުލުހެކެވެ. މިފުލުސް މީހާގެ އިތުރު މައްސަލަތަކެއްވެސް ލަންކާގެ ޕާނަދުރަ ސަރަހައްދުގެ މެޖިސްޓްރޭޓް ކޯޓުގައިވަނީ ފައިލް ކޮށްފައެވެ. އެއީ މިސްކިތަކަށް ހަމަލާދިނުމާއި އެސަރަހައްދުގެ އަންހެން ކުދިންގެ ސްކޫލެއްގެ ޕްރިންސިޕަލަށް ހަމަލާދިނުމުގެ މައްސަލައެކެވެ. އޭނާ އަމިއްލައަށް ފުލުހުންނާއި ހަވާލުވީ ފިލައިގެން އުޅޭތާ ހަފްތާއެއްހާ ދުވަސްފަހުންނެވެ.

ސެޕްޓެމްބަރު ފަހުކޮޅު ހިނގި މިޙާދިސާގައި ރޮހިންޖާ އާއިލާ ނެރުމަށް ބުޑިސްޓް ހާމުދުރުން މަސައްކަތްކުރިއިރު ބައެއް ފުލުހުން އެކަމުގައި ބައިވެރިވިއެވެ. އަދި އެއްވެސް ވަރަކަށް އެކަމާ އަޅައިނުލައި، ފުލުހުން އެތަނުގައި ތިއްބެވެ.

ބުޑިސްޓް ހާމުދުރުންނާއި އާއްމުންގެ ބަޔަކު ވެގެން ހަމަލާދީ ގެއިން ނެރެލި ރޮހިންޖާ އާއިލާއަކީ މިޔަންމާގެ ސިފައިންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ބޯޓެއްގައި ދާން އުޅެނިކޮށް ބެހިގެން ލަންކާ ކަނޑުގެ ސަރަހައްދަށް ވަން ބައެކެވެ. އަދި އެމީހުން ތިބީ ރެފިއުޖީންގެ ގޮތުގައި އދގެ ބެލުމުގެ ދަށުގައެވެ. މިހާދިސާއަށް ފަހު އދގެ ރެފިއުޖީންނާއި ބެހޭ އިދާރައިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

18 މެއި 2017

ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި

18 މެއި 2017
ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި
13 މެއި 2017

މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

13 މެއި 2017
މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
13 މާރިޗު 2017

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް
07 މާރިޗު 2017

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
28 ފެބުރުއަރީ 2017

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި
05 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

05 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް