Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލީމް

އަލީމްގެ ޖޫރިމަނާ ފައިސާ އެންމެ ފަހުން ބަލައިގެންފި

ނަން ގިނަ ވަގުތު ދާނެ ކަމަށް ކޯޓުން ބުނި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 8 މެއި 2017 | ހޯމަ 19:31
އަލީމް ކޯޓަށް ފައިސާ ދައްކަނީ

އަލީމް ކޯޓަށް ފައިސާ ދައްކަނީ

ސިވިލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ،ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމްގެ މައްޗަށް އިއްވި ހުކުމާ އެއްގޮތަށް އަލީމް ދެއްކި ޖޫރިމަނާ ފައިސާ އެންމެ ފަހުން ސިވިލް ކޯޓުން ބަލައިގެންފިއެވެ.

ޖޫރިމަނާ ފައިސާ ދެއްކުމަށް އަލީމް ވަނީ ހޯމަ ދުވަހުގެ މެންދުރި ފަހު 12:00 ހާއިރު ސިވިލް ކޯޓަށް ވަޑައިގަންނަވާފަ އެވެ. ނަމަވެސް، 85،000 ރުފިޔާގެ ތެރެއިން 3000 އެއްހާ ރުފިޔާ ވަކި ލާރިން ގެންގޮސްފައިވާތީ ކޯޓުން ވަނީ ފައިސާ ބަލައިގަންނަން ދެކޮޅު ހަދާފަ އެވެ. އަދި އޭގެ ފަހުން އަލީމް ވަނީ ވަކިލާރި، ނޫޓަށް ބަދަލު ކޮށް ޖޫރިމަނާ ކްރިމިނަލް ކޯޓަށް ދައްކާފައެވެ.

ކޯޓުން ބުނީ އެ ހާ ގިނަ ވަކި ލާރި ގެނެސްފައިވާތީ ގުނަން ވަރަށް ގިނަ އިރުވާނެ ކަމަށާއި އެހެންކަމުން ބަލައިނުގަނެވޭނެ ކަމަށެވެ. ކޯޓުން ވަނީ ހޯމަ ދުވަހުގެ މެންދުރު 3:00 ގެ ކުރިން ފައިސާ ދެއްކުމަށް އިތުރު ފުރުސަތެއް އަލީމް އަށް ދީފަ އެވެ. ހުކުމުގައިވާ ގޮތުން ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ ފައިސާ ދައްކާ ނިންމަންޖެހެ އެވެ.

އަލީމް ވިދާޅުވީ ޖޫރިމަނާގެ ބައެއް ވަކި ލާރިން ދައްކަން ޖެހުނީ، ޖޫރިމަނާ ދެއްކުމަށް ހުޅުވި ފަންޑު ފޮއްޓަށް އެގޮތަށް ފައިސާ ލިބިފައިވާތީ ކަމަށެވެ.

އަލީމްގެ މައްޗަށް މި ހުކުމް ކޮށްފައި މި ވަނީ ޕީޕީއެމްގެ ލޯގޯ އާއި ޕީޕީއެމްގެ ނަން ބޭނުންކޮށްގެން ކަންކަން ކުރަމުން ގެންދާ މައްސަލައިގައި ކޯޓުން ނެރެފައިވާ އަމުރާ ހިލާފްވެފައިވާ ކަމަށް ބުނެ ޕީޕީއެމް އިން ކޯޓަށް ފޮނުވި ސިޓީތަކެއްގެ މައްސަލައިގައި ހިންގި ޝަރީއަތަކަށް ފަހު އެވެ.

އަލީމްގެ މައްޗަށް އިއްވި ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމް ހިންގުން އެޕާޓީގެ މުސްތަޝާރާއި ހަވާލުކޮށްފައިވަނިކޮށް، އެހުކުމުގެ ބާރު ނަފީކޮށް އެހުކުމަށް ބަލައި ކިޔަމަންވެ ތަބާވެފައި ނުވާ ކަން ޝަރީއަތަށް އެނގޭ ކަމަށެވެ. އަދި ހުކުމަށް ގޮންޖަހައިހުކުމާ ހިލާފުވެ، ޕީޕީއެމްގެ ނަމުގައި ވަކި ކައުންސިލަކާއި ސުލޫކީ ކޮމިޓީއެއްގެ ހަރަކާތްތައް ހިންގުމުގެ ގޮތުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އަލީމު، އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގައި ހިމެނޭ ޕާޓީގެ ދެމެންބަރުން ވަކިކޮށްފައިވާ ކަން ވައިބަރ ގްރޫޕުތަކަށް ފޮނުވައި މީޑީޔާތަކަށް ޚަބަރުދީފައިވާ ކަން ހުށަހެޅިފައިވާ ލިޔުންތަކާއި ޕީޕީއެމްގެ ވާހަކައިންނާއި އަލީމުގެ ބަހުން ވެސް ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެން ކަމުން ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދުގެ 13 ވަނަ މާއްދާގެ (ހ)ގެ، ދެ ވަނަ ނަންބަރުގެ ދަށުން އަލީމް 85،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު