Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓަލީގެ ކުލަބުތަކަށް ފިޔަވަޅުއެޅުން

ސުޕަ ލީގު ކުލަބުތަކަށް އިޓާލިއަން ލީގުގައި ނުކުޅެވޭނެ

ސުޕަ ލީގުން ރަސްމީކޮށް ވަކިނުވެ އޮތީ ޔުވެންޓަސް އެކަނި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 27 އެޕްރީލު 2021 | އަންގާރަ 11:24
ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވި ޔުވެންޓަސް، އިންޓަ އަދި މިލާން

ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވި ޔުވެންޓަސް، އިންޓަ އަދި މިލާން

ޔޫރަޕިއަން ސުޕަ ލީގު ފަދަ ރަސްމީ ފެޑެރޭޝަނަކުން ބަލައިނުގަންނަ ލީގެއްގައި ބައިވެރިވާ ކުލަބުތަކަށް އިޓާލިއަން ލީގުގައި ނުކުޅެވޭ ގޮތަށް ގަވާއިދެއް ފާސްކޮށްފިއެވެ.

ދާދި ފަހުން ޔޫރަޕުގެ ނަން މަޝްހޫރު ކުލަބުތެއް ގުޅިގެން އުފެއްދި ޔޫރަޕިއަން ސުޕަ ލީގުގައި އިޓާލިއަން ލީގުގެ ތިން ކުލަބެއް ހިމެނުނެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އާއި، އިންޓަ މިލާން އަދި އޭސީ މިލާނެވެ. އެކަމަކު އިންޓަ އާއި މިލާނުން ވަނީ ފަހުން މި މުބާރާތުން ވަކިވެފައެވެ.

ސުޕަ ލީގުގައި ބައިވެރިވި ތިން ކުލަބަށް ފިޔަވަޅު އެޅުމަށް އެ ލީގުގެ 11 ކުލަބަކުން ދާދި ފަހުން ގޮވާލިއިރު، އިޓަލީގެ ކުލަބުތަކާއެކު ދި އިޓާލިއަން ފުޓްބޯލް ފެޑެރޭޝަން (އެފްއައިޖީސީ) އިން ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގައި ވަނީ ޔުއެފާ އާއި ފީފާއިން ބަލައިނުގަންނަ އަމިއްލަ ލީގުތަކުގައި އިޓާލިއަން ލީގުގެ ޓީމުތަަކަށް ނުކުޅެވޭނެ ކަމަށް ފާސްކޮށްފައެވެ. އަދި އެފަދަ ލީގެއްގައި ބައިވެރިވާ ޓީމަކަށް އިޓާލިއަން ލީގުން ފުރުސަތު ނޯންނާނެ ކަމަށްވެސް ވަނީ ފާސްކޮށްފައެވެ.

އެހެންކަމުން ސުޕަ ލީގުން އަދި މިހާތަނަށް ރަސްމީކޮށް ވަކިނުވެ އޮތް ޔުވެންޓަސްއިން އެ ލީގުގައި ދެމިއޮތުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަން ޖެހޭނެއެވެ. ސުޕަ ލީގުން ވަކިވާން އިޓަލީގެ ޓީމުތަކަށް އޮތް އެންމެ ފަހުގެ މުއްދަތަކީ ޖޫން މަހުގެ 21 ވަނަ ދުވަހެވެ.

މި މަހު 18 ވަނަ ދުވަހު ސުޕަ ލީގު އިއުލާންކުރީ ފައުންޑާ 12 ކުލަބަކާއެކުއެވެ. އޭގެ ތެރޭގައި ހިމެނުނީ އިޓާލިއަން ލީގުގެ ތިން ކުލަބަކާއި، ސްޕެނިޝް ލީގުގެ ތިން ކުލަބެއްގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގެ ހަ ކުލަބަކެވެ. ސުޕަ ލީގު އިއުލާންކޮށްފައިވަނީ ޔުއެފާ އާއި ފީފާއިން އެކަމާ ދެކޮޅަށް ތަކުރާރުކޮށް އިންޒާރު ދެމުން އަންނަނިކޮށެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު ފީފާއިން ވަނީ ސުޕަ ލީގުގައި ބައިވެރިވާ ކޮންމެ ކުލަބެއް އަދި ކޮންމެ ކުޅުންތެރިއަކުވެސް ފީފާއިން ނޫނީ އެހެން ފެޑެރޭޝަންތަކުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިނުވެވޭނެ ކަމަށް ބުނެ އިންޒާރެއް ދީފައެވެ. އެކަމަކު އެ އިންޒާރުތަކަށް ބެލުމެއް ނެތި ސުޕަ ލީގު ތައާރަފުކުރިއިރު، އެ މުބާރާތުގައި ކުޅޭ ކުޅުންތެރިންނަށް ގައުމީ ޓީމުގެ މެޗުތަކުގައި ނުކުޅެވޭނެ ކަމަށް ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިންވެސް ވަނީ ވިދާޅުވެފައެވެ.

ސުޕަ ލީގާއެކު ފުޓްބޯޅަ ސަޕޯޓަރުން ނުރުހުން ފާޅުކުރަން ފެށުމާ ގުޅިގެން، އެ ލީގުގައި ހިމެނުނު އިނގިރޭސި ހަ ކުލަބުންވެސް ވަނީ އެ މުބާރާތުން ވަކިވިކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. ދެން އެ މުބާރާތުން ވަކިވެފައިވަނީ އިންޓަ އާއި މިލާނުގެ އިތުރުން ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑެވެ. އެހެންކަމުން މި ވަގުތު ސުޕަ ލީގުން ވަކިނުވެ އޮތް ތިން ކުލަބަކީ ރެއާލް މެޑްރިޑާއި، ބާސެލޯނާ އަދި ޔުވެންޓަސްއެވެ.

އެއާއެކު މި މުބާރާތް ހުއްޓުމަކަށް އައިސްފައިވާއިރު، މީގެ ކުރިން ސުޕަ ލީގުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މުބާރާތުން ކުލަބުތައް ވަކިވުމާއެކު، ސުޕަ ލީގު ވަގުތީ ގޮތުން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބުނެފައެވެ. އެކަމަކު ސުޕަ ލީގުގެ މަސައްކަތް އެއްކޮށް ހުއްޓާނުލާނެ ކަމަށާއި، އެގޮތުން މުބާރާތުގެ ފޯމެޓަށް ގެނެވޭނެ ބަދަލުތައް ދިރާސާކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު