Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާނުން އިޒްރޭލަށް ހަމަލާދިނުން

އީރާން އާއި ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާ ދޭނެ ކަމަށް ހީކުރި ވަރަށް ވުރެ ލަސްވެއްޖެ

އެމެރިކާގެ އޮފިޝަލް ހީކޮށްގެން ތިބީ ރޮކެޓާއި މިސައިލް ނުވަތަ ޑްރޯން ބޭނުން ކޮށްގެން ރައްދު ހަމަލާތައް ވަރަށް އަވަހަށް އީރާނުން ދޭނެ ކަމުގައެވެ.

ރާއްޖެ އެމްވީ | 7 އޯގަސްޓު 2024 | ބުދަ 17:42
ހަމާސްގެ ލީޑަރު އިސްމާޢީލް ހަނިއްޔާ މަރާލުމާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގައި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ރޮކެޓެއްގެ ނަކަލެއް ހިފައިގެން މީހަކު ހުރި މަންޒަރު

ހަމާސްގެ ލީޑަރު އިސްމާޢީލް ހަނިއްޔާ މަރާލުމާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގައި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ރޮކެޓެއްގެ ނަކަލެއް ހިފައިގެން މީހަކު ހުރި މަންޒަރު

ހަމާސްގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އަދި ހިޒްބުﷲ ގެ އިސް ކޮމާންޑަރ ފުއާދް ޝުކްރް އަވަހަރާކޮށްލި ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އީރާނުންނާއި ހިޒްބުﷲ އިން އިޒްރޭލަށް ދޭނެ ކަމަށް ބެލެވުނު ހަމަލާ ހީކުރި ވަރަށް ވުރެ ލަސްވެއްޖެ ކަމަށް އެމެރިކާގެ ޖަސޫސީ އޮފިޝަލުން ބުނެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އަންގާރަ ދުވަހު އޮފިޝަލުންނާ ހަވާލާދީ ހާމަ ކުރި މި ޚަބަރުގައި ބުނެފައިވަނީ އެމެރިކާގެ އޮފިޝަލް ހީކޮށްގެން ތިބީ ރޮކެޓާއި މިސައިލް ނުވަތަ ޑްރޯން ބޭނުން ކޮށްގެން ރައްދު ހަމަލާތައް ވަރަށް އަވަހަށް އީރާނުން ދޭނެ ކަމުގައެވެ. އެގޮތުން މިދިޔަ އާދިއްތަ ނުވަތަ ހޯމަ ދުވަހު ބަދަލު ހިފުމުގެ ހަމަލާ އީރާނުން ދޭނެ ކަމަށް ބެލެވުނު ކަމަށްވެސް ބުނެފައިވެއެވެ.

އެހެން ނަމަވެސް އަންގާރަ ނިމި ބުދަ އައި އިރުވެސް އީރާނަކުންވެސް ހިޒްބުﷲ އަކުންވެސް އެފަދަ ހަމަލާއެއް ދީފައެއް ނުވެއެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ގާޒާ ގައި އިޒްރޭލުން ހިންގާ ހަނގުރާމައިގެ ކަންކަން އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ގެންދަވާ ގޮތާ މެދު އެމެރިކާގެ ރައީސް ޖޯ ބައިޑްން ހިތްޕުޅާ ނުވާކަން ހާމަވެފައި ވީ ނަމަވެސް، އިޒްރޭލް ދިފާއު ކުރުމުގައި އެމެރިކާ އިން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އިޒްރޭލަށް އެމެރިކާ ސަރުކާރުން ވަނީ ދީފައެވެ. އޮކްޓޯބަރ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާ އާ ގުޅިގެން އެމެރިކާ އިން ވަނީ 12 ބިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީ އިޒްރޭލަށް ދިނުމަށް ނިންމާފައެވެ.

މެދު އިރުމަތީގެ މަސްރަހް އިތުރަށް ހޫނު ވަމުން ދާއިރު އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން އަންގާރަ ދުވަހު ވިދާޅުވެފައިވަނީ، ސަރަހައްދުގެ މަސްރަހް އިތުރަށް ގޯސްވުމަށް މެދުއިރުމަތީގެ ގައުމުތަކުން ބޭނުން ނުވާކަން އީރާނަށް ވެސް އަދި އިޒްރޭލަށް ވެސް އެމެރިކާ އިން ސީދާ އަންގާފައިވާނެ ކަމަށެވެ.

އީރާނުން ވެސް އަދި ހިޒްބުﷲ އިން ވެސް ކަންކުރާނެ ގޮތެއް މިހާތަނަށް ސާފުވެފައި ނުވިއަސް، އެމެރިކާގެ އޮފިޝަލުން ގަބޫލު ކުރާ ގޮތުގައި އިޒްރޭލަށް އީރާނުންވެސް ހިޒްބުﷲ އިން ވެސް ހަމަލާ ދޭނެއެވެ. އެމެރިކާގެ ޖާސޫސީ އޮފިޝަލުން ދެކޭ ގޮތުގައި ބުރާސްފަތި ނުވަތަ ހުކުރު ދުވަހު އީރާނުގެ ހަމަލާތައް އިޒްރޭލަށް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ބެލެވޭ ގޮތުގައި އީރާނުން ހަމަލާ ދިނުމުގައި ގޮތެއް ނިންމާނީ ބުދަ ދުވަހު ޖިއްދާ ގައި ކުރިއަށްދާ އޮގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޖަލްސާ އަށް ފަހުގައެވެ. އޯއައިސީގެ މި ބައްދަލުވުމަކީ ހަނިއްޔާ އަވަހާރަ ކޮށްލުމާ ގުޅިގެން އީރާނުގެ އެދުމުގެ މަތިން އިންތިޒާމް ކުރެވުނު ކުއްލި ބައްދަލު ވުމެކެވެ.

އީރާނުންނާއި ހިޒްބުﷲ އިން ދީފާނެ ކޮންމެ ހަމަލާ އަކުން އިޒްރޭލު ސަލާމަތް ކުރަން އެމެރިކާ އިން ތައްޔާރަށް އޮތް ކަމަށް އޮފިޝަލުން ބުނި ނަމަވެސް އެމީހުން ދެކޭ ގޮތުގައި ހަނގުރާމަ ދިގުލާ ހިނގައްޖެ ނަމަ އެއީ އެމެރިކާ އަށް ވެސް އިޒްރޭލަށްވެސް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު