Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓާލިއަން ލީގު

ފަހު މެޗުން މޮޅުވެ ނަޕޯލީ އިން އިޓާލިއަން ލީގު ކާމިޔާބު ކޮށްފި

މޮޅާއެކު ނަޕޯލީ އިން ލީގު ޗެމްޕިއަންކަން ހޯދީ ކުޅުނު 38 މެޗުން 82 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އިންޓަރ މިލާނަށް ލިބެނީ 81 ޕޮއިންޓެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 މެއި 2025 | ހޮނިހިރު 04:11
ނަޕޯލީ އިން އިޓާލިއަން ލީގުގެ ތަށި އުފުލާލަނީ

ނަޕޯލީ އިން އިޓާލިއަން ލީގުގެ ތަށި އުފުލާލަނީ

އިޓާލިއަން ލީގުގެ ފަހު މެޗުގައި ކަލަގިއާރީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ނަޕޯލީ އިން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ލީގުގެ ފަހު މެޗަށް ނިކުތްއިރު، ނަޕޯލީ އަދި އިންޓަރ މިލާނަށް ވެސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތެވެ.

ފަހު މެޗުން މޮޅުވެ ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ނަޕޯލީ އަށް އޮތްއިރު، އިންޓަރ މިލާނަށް އެ ފުރުސަތު އޮތީ ނަޕޯލީ މޮޅު ނުވެއްޖެ ނަމަ އެވެ.

ކަލަގިއާރީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، ނަޕޯލީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ސްކޮޓް މެކްޓޮމިނޭ އެވެ.

އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ނަޕޯލީ އިން ވަނީ ދެ ވަނަ ލަނޑެއް ވެސް ޖަހައި މެޗުގެ ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ރޮމެލޫ ލުކާކޫ އެވެ.

މޮޅާއެކު ނަޕޯލީ އިން ލީގު ޗެމްޕިއަންކަން ހޯދީ ކުޅުނު 38 މެޗުން 82 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އިންޓަރ މިލާނަށް ލިބެނީ 81 ޕޮއިންޓެވެ.

މިއީ ނަޕޯލީ އިން އިޓާލިއަން ލީގު ކާމިޔާބު ކުރި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން އެ ޓީމު ވަނީ 1986/1987, 1989/1990 އަދި 2022/2023 ގައި ވެސް އިޓާލިއަން ލީގު ކާމިޔާބު ކޮށްފަ އެވެ.

ނަޕޯލީގެ މި ކާމިޔާބާ އެކު އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވެގެން ގޮސްފައި ވަނީ ތިން ކުލަބަކާ އެކު އިޓާލިއަން ލީގު ކާމިޔާބު ކުރި ފުރަތަމަ ކޯޗަށެވެ. މީގެ ކުރިން އޭނާ ވަނީ ޔުވެންޓަސް އަދި އިންޓަރ މިލާނާ އެކު ވެސް އިޓާލިއަން ލީގު ކާމިޔާބު ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު