Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ރޯމާ އިން މޮންޒާ ބަލިކޮށްފި

މޮޅާއެކު ރޯމާ އޮތީ ލީގު ތާވަލްގެ ނުވަ ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 26 މެޗުން 40 ޕޮއިންޓު ހޯދައިގެންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ފެބުރުއަރީ 2025 | އަންގާރަ 05:56
ރޯމާ އާއި މޮންޒާ ބައްދަލުކުރި މެޗުގައި ރޯމާގެ އެލެކްސިސް ސެލެމައެކާސް ލަނޑު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ

ރޯމާ އާއި މޮންޒާ ބައްދަލުކުރި މެޗުގައި ރޯމާގެ އެލެކްސިސް ސެލެމައެކާސް ލަނޑު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ

އިޓާލިއަން ލީގުގައި މޮންޒާއާ ދެކޮޅަށް ކުޅުނު މެޗުން ރޯމާ މޮޅުވެއްޖެ އެވެ.

ރޯމާގެ އަމިއްލަ ދަނޑުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރޯމާ އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި ރޯމާ އިން ވަނީ އިތުރު ދެ ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން ދިހަ ވަނަ މިނެޓުގައި ރޯމާ އަށް ލީޑު ނަގައިދިނީ އެލެކްސިސް ސައެލެމައެކާސް އެވެ. އެއީ އެލްޑޯ ޝޮމޮރޮޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޝޮމޮރޮޑޯ ވަނީ ރޯމާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި، މެޗުގެ 73 ވަނަ މިނެޓުގައި ރޯމާގެ ތިން ވަނަ ލަނޑު ޖަހައި އިތުރަް ލީޑު ފުޅާ ކޮށްދިނީ އަންގެލީނޯ އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ރޯމާގެ ހަތަރު ވަނަ ލަނޑު ޖެހީ ބްރިޔާން ކްރިސްޓިއަންޓޭ އެވެ.

މޮޅާއެކު ރޯމާ އޮތީ ލީގު ތާވަލްގެ ނުވަ ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 26 މެޗުން 40 ޕޮއިންޓު ހޯދައިގެންނެވެ. 11 މެޗުން ރޯމާ މޮޅުވެފައިވާއިރު، ހަތް މެޗަކުން ވަނީ އެއްވަރުވެފަ އެވެ. މި ސީޒަންގެ ލީގުގައި ރޯމާ ވަނީ އަށް މެޗަކުން ބަލިވެފަ އެވެ.

އިތުރަށް ކިޔާލަން

10 ޖޫން 2017

ރޯމާގެ ކުރީގެ ކޯޗު އިންޓަ މިލާނާ ހަވާލުވެއްޖެ

10 ޖޫން 2017
ރޯމާގެ ކުރީގެ ކޯޗު އިންޓަ މިލާނާ ހަވާލުވެއްޖެ
06 ޖޫން 2017

އެޗްޑީސީ އިން ރިވާސް ބާބާ ބަލިކުރިއިރު ޝުގަރ ކޯންއިން އަކުންބަކުން ބަލިކޮށްފި

06 ޖޫން 2017
އެޗްޑީސީ އިން ރިވާސް ބާބާ ބަލިކުރިއިރު ޝުގަރ ކޯންއިން އަކުންބަކުން ބަލިކޮށްފި
05 ޖޫން 2017

ސަލާހް ހޯދުމަށް ލިވަޕޫލް އިން ރޯމާއާ މަޝްވަރާ ނުކުރޭ: ރޯމާގެ ރައީސް

05 ޖޫން 2017
ސަލާހް ހޯދުމަށް ލިވަޕޫލް އިން ރޯމާއާ މަޝްވަރާ ނުކުރޭ: ރޯމާގެ ރައީސް
30 މެއި 2017

ސްޕަލެއިޓީ ރޯމާގެ ކޯޗުކަން ދޫކޮށްލިކަން އެ ކްލަބުން ކަށަވަރުކޮށްދީފި

30 މެއި 2017
ސްޕަލެއިޓީ ރޯމާގެ ކޯޗުކަން ދޫކޮށްލިކަން އެ ކްލަބުން ކަށަވަރުކޮށްދީފި
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު