Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެންޗެލޮޓީ ގެނައުމަށް ބްރެޒިލުން މަސައްކަތް ފެށުން

ބްރެޒިލް ޓީމުން އަނެއްކާ ވެސް އެންޗެލޮޓީ ހޯދުމުގެ މަސައްކަތް ފަށައިފި

ސްޕެއިނުގެ ރެއާލް މެޑްރިޑުގެ މިހާރުގެ ކޯޗު އެންޗެލޮޓީ ގެނައުމަށް ބްރެޒިލުން މީގެ ކުރިން ވެސް ވަނީ މަސައްކަތް ތަކެއް ކޮށްފ، އެގޮތުން ބޮޑެތި ގިނަ އޮފާތަކެއް ކުރި ނަމަވެސް އެންޗެލޮޓީ ނިންމީ އެ ހުށަހެޅުންތައް ގަބޫލު ނުކޮށް ރެއާލުގައި މަޑުކުރުމަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 27 މާރިޗު 2025 | ބުރާސްފަތި 12:19
ރެއާލް މެޑްރިޑްގެ ކޯޗު ކާރލޯ އެންޗެލޮޓީ: އޭނާ އަދިވެސް ބޭނުން ވަނީ ރެއާލް ގައި ކާމިޔާބީތައް ހޯދުމަށް

ރެއާލް މެޑްރިޑްގެ ކޯޗު ކާރލޯ އެންޗެލޮޓީ: އޭނާ އަދިވެސް ބޭނުން ވަނީ ރެއާލް ގައި ކާމިޔާބީތައް ހޯދުމަށް

ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އިޓަލީގެ ކާލޯ އަންޗެލޮޓީ ގެނައުމުގެ މަސައްކަތް އަނެއްކާ ވެސް ފަށައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސްޕެއިނުގެ ރެއާލް މެޑްރިޑުގެ މިހާރުގެ ކޯޗު އަންޗެލޮޓީ ގެނައުމަށް ބްރެޒިލުން މީގެ ކުރިން ވެސް ވަނީ މަސައްކަތް ތަކެއްކޮށްފަ އެވެ. އެގޮތުން ބޮޑެތި ގިނަ އޮފާތަކެއް ވެސް ކުރި އެވެ. އެހެން ނަމަވެސް އެންޗެލޮޓީ ނިންމީ އެ ހުށަހެޅުންތައް ގަބޫލު ނުކޮށް ރެއާލުގައި މަޑުކުރުމަށެވެ.

އޭގެ ދުވަސްތަކަކަށް ފަހު އަނެއްކާ ވެސް ބްރެޒިލުން އެންޗެލޮޓީ ގެނައުމުގެ އެ މަސައްކަތް މިވަނީ ފަށާފައެވެ. ބްރެޒިލް ޓީމުން އެންޗެލޮޓީ ގެނައުމުގެ މައްސައްކަތް ފަށާފައި މިވަނީ މި ހަފުތާގައި ވޯކްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ އަތުން 4-1 އިން ބަލިވެ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވާން ފެށުމުންނެވެ.

އާޖެންޓީނާ އަތުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި މި މެޗަށް ފަހު އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައި ވަނީ ބްރެޒިލްގެ މިހާރުގެ ކޯޗު ޑޮރިވަލް ޖޫނިއާ އަށެވެ. ބްރެޒިލްގެ ނޫސްތަކުން ޚަބަރުތައް ފަތުރާފައިވާ ގޮތުގައި ކޯޗު ޑޮރިވަލް ޖޫނިއާ އަށް މިހާރު އެއްވެސް އިތުބާރެއް ނެތެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބްރެޒިލް ފެޑެރޭޝަނުން ވަނީ އަންޗެލޮޓީގެ އޭޖެންޓަށް ގުޅައި، އޭނާއާ އެކު ބައްދަލުވުމެއް ރާވައިދޭން އެދިފަ އެވެ. މި ސީޒަނަށް ފަހު އެންޗެލޮޓީ ރެއާލް މެޑްރިޑުގައި ހުންނާނެ ކަމަކަށް ނުބެލެވޭތީ އޭނާ ބްރެޒިލްގެ އޮފާ މި ފަހަރު ގަބޫލުކޮށްފާނެ ކަމަށް ބެލެވެ އެވެ.

އެންޗެލޮޓީ އަށް ޗެމްޕިއަންސް ލީގު ނުވަތަ ސްޕެނިޝް ލީގު ކާމިޔާބުނުކުރެވިއްޖެ ނަމަ، ރެއާލުން އޭނާގެ ބަދަލުގައި ޒަބީ އޮލޮންސޯ ގެންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބްރެޒިލް ޓީމުން އޮފާތަށް ލިބުނު ނަމަވެސް ރެއާލް ދޫކޮސްލާ ނަމަ އެންޗެލޮޓީ ދެން ގުޅޭނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ކްލަބަކީ އިޓަލީގެ ރޯމާ އެވެ. އެންޗެލޮޓީ ވަނީ އޭނާ ކުރިން ކުޅުނު ރޯމާ އަށް ކޮންމެވެސް ދުވަހަކު ކޯޗުކޮށްދޭން ބޭނުންވާ ކަމަށް ބުނެފަ އެވެ.

އެންޗެލޮޓީ އަކީ މިވަގުތު ޔޫރަޕުގައި ހުރި އެންމެ ކާމިޔާބު އެއް ކޯޗެވެ. ސްޕެއިންގެ ރެއާލް މެޑްރިޑާއި އެކު މިހާތަނަށް ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައިވާ އެންޗެލޮޓީ ދަނީ އަދިވެސް ރެއާލް އާއި އެކު ކާމިޔާބީތައް ހޯދަމުންނެވެ.

އެންޗެލޮޓީ ވަނީ ރެއާލް އާއި އެކު ޔޫއެފާ ޗެމްޕިއަންސް ލީގު ތިން ފަހަރު އަދި ފީފާ ކުލަބް ވޯލްޑް ކަޕް ދެފަހަރު ހޯދާފައެވެ. މީގެ އިތުރުން ޔޫއެފާ ސުޕަ ކަޕް ތިން ފަހަރު ރެއާލް އަށް ހޯދައިދީފައިވެ އެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

އިސްކޯ ހޯދުމުގެ ރޭހުގައި ސިޓީ ބައިވެރިވެއްޖެ

08 މާރިޗު 2017
އިސްކޯ ހޯދުމުގެ ރޭހުގައި ސިޓީ ބައިވެރިވެއްޖެ
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
25 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އުންމީދުގައި ވެލެންސިއާ ކަލްކަތާއަށް ފުރައިފި

25 ފެބުރުއަރީ 2017
 އޭއެފްސީ ކަޕް: ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އުންމީދުގައި ވެލެންސިއާ ކަލްކަތާއަށް ފުރައިފި
13 ފެބުރުއަރީ 2017

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް
10 ފެބުރުއަރީ 2017

ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ

10 ފެބުރުއަރީ 2017
ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު