Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަންދު އޮޑިޓް އެސެސްމެންޓް

މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ދޭންޖެހެނީ 1.5 މިލިއަން ރުފިޔާ

27 އެޕްރީލު 2021 | އަންގާރަ 11:56

އެކި ކަންކަން ހިމެނޭ ގޮތަށް 4.6 މިލިއަން ރުފިޔާ އެކިފަހަރު މަތިން ވަނީ ދީފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 27 އެޕްރީލު 2021 | އަންގާރަ 11:56
އިބްރާހީމް އިސްމާއީލް - ބައެއް ބަދަލުތަކަކީ މީގެ ކުރިންވެސް ބަދަލު ދެވިފައިވާ ކަންކަންކަމަށް އޮޑިޓް އެސެސްމެންޓްގައި ފާހަގަކޮށްފައިވޭ

އިބްރާހީމް އިސްމާއީލް - ބައެއް ބަދަލުތަކަކީ މީގެ ކުރިންވެސް ބަދަލު ދެވިފައިވާ ކަންކަންކަމަށް އޮޑިޓް އެސެސްމެންޓްގައި ފާހަގަކޮށްފައިވޭ

މަންދު ކޮލެޖް ހިންގި އިމާރާތް، އޭރުގެ ސަރުކާރުން ކުއްލި ގޮތަކަށް އަތުލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެންވެސް ދޭން ޖެހޭނީ 1.5 މިލިއަން ރުފިޔާކަމަށް އޮޑިޓް އޮފީހުގެ އެސެސްމެންޓްގައި ބުނެފި އެވެ.

2020ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު ސޮއި ކުރައްވާފައިވާ މި އެސެސްމެންޓްގައިވާ ގޮތުން އެމްއީއެސް އިމާރާތުގެ އެއްބަސްވުން، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އުވާލާފައިވަނީ އެ އެއްބަސްވުމާ ޚިލާފަށްކަމަށް ކަނޑައެޅިގެންދާ ހާލަތެއްގައިވެސް އެ ކުންފުންޏަށް ގެއްލުމުގެ ބަދަލުގައި އެންމެ ގިނަވެގެން ދޭންޖެހޭނީ، އެއް މިލިއަން ދުއިސައްތަ ހަތްދިހަ ނުވަ ހާސް ހަ ސަތޭކަ އެކާވީސް (1،279،621) ރުފިޔާއާއި އެއް މިލިއަން ފަސް ލައްކަ އަށްޑިހަ އެއް ހާސް ހަތަރު ސަތޭކަ ހަތްދިހަ ފަސް (1،581،475) ރުފިޔާ ކަމަށެވެ.

Advertisement - newsAdvertisement

އޮޑިޓް އޮފީހުން ހަދާފަައިވާ މި އެސެސްމެންޓްގައި، މަންދު ކޮލެޖްގެ އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން ކުރިމަތިވި ކަންކަމަށް ވަކިވަކިން ބަލާފައިވާއިރު، އެގޮތުން މަންދު ކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް މީގެކުރިން އެކިފަހަރު މަތިން ބަދަލު ދީފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން އެކި ކަންކަން ހިމެނޭ ގޮތަށް 4.6 މިލިއަން ރުފިޔާ އެކިފަހަރު މަތިން ދީފައިވެއެވެ.

މަންދު ކޮލެޖްގެ ފަރުނީޗަރުތަކެއް ގެއްލިފައިވާތީ އޭގެ ބަދަލު ހޯދުމަށް އެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާކުރުމުން، ބަދަލުގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ އެޑިއުކޭޝަން މިނިސްޓްރީން އެ ކުންފުންޏަށް ދެއްކި ކަމަށް އެސެސްމެންޓްގައިވެއެވެ.

މީގެ އިތުރުން އެމްއީއެސްގެ އިމާރާތުގައި އަރަބިއްޔާ ސްކޫލް ހިންގުމަށް ވަގުތީ ގޮތުން ބޭނުން ކުރަމުން ދިޔަ ބައިތައް މަންދު ކޮލެޖާއެކުވީ އެއްބަސްވުމާ އެއްގޮތަށް ހުސްނުކޮށް ލަސްވުމުން، ލިބުނު ގެއްލުމުގެ ބަދަލުގައިވެސް މަންދު ކޮލެޖަށް ސިވިލް ކޯޓު މެދުވެރިކޮށް ތިން މިލިއަން ރުފިޔާ، އެޑިއުކޭޝަން މިނިސްޓްރީން ދީފައިވެއެވެ.

މަންދު ކޮލެޖްގެ ކަރަންޓާ ގުޅިގެން މަރާމާތު މަސައްކަތްތަކަށް ދެލައްކައަށްވުރެ ގިނަ ރުފިޔާ ދީފައިވެއެވެ. އަރަބިއްޔާ ހިންގުމަށް އެ ކޮލެޖުން ދޫކުރި ބައި އެ ސްކޫލުން ހުސްކުރުމުން އެބައިތައް މަރާމާތު ކުރުމަށްވެސް ދެލައްކަ އަށްވުރެ ގިނަ ރުފިޔާ ދީފައިވެއެވެ.

އޮޑިޓްގައިވާ ގޮތުން، އެކިއެކި ގެއްލުންތަކުގެ ސަބަބުން ބަދަލުގެ ގޮތުގައި ހޯދުމަށް މަންދު ކޮލެޖުން ސަރުކާރަށް ޖުމްލަ 243 މިލިއަން ރުފިޔާ ހޯދުމަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި، އަރަބިއްޔާ ސްކޫލް ހިންގަން ދޫކުރި ބައި ހުސްކުރުން ލަސްވުމުން ލިބުނު ބަދަލާއި ފަރުނީޗަރުތަކުގެ ބަދަލާއި އެމްއީއެސް އިމާރާތުގައި ހުރި ހަރުމުދަލާއި އިންވެންޓްރީގެ ބަދަލާއި، އެހެން ތަނެއް ކުއްޔަށް ހިފަންޖެހުމުން ކުލީގެ ގޮތުގައި ހޯދުމަށް ހުށަހަޅާފައިވާ އަދަދާއި، ކޮލެޖަށް ވަން ދަރިވަރުން މަދުވިކަމުގެ ބަދަލާއި، އާމްދަނީ ދަށްވުމުގެ ބަދަލުގެ އިތުރުން ބިޒްނަސް ގްރޯވްތް ދަށްވުމުގެ ބަދަލު ހިމެނެއެވެ.

އެހެންނަމަވެސް އޮޑިޓް އެސެސްމެންޓްގައި ނަގައިދޭން ޖެހޭ ބަދަލުގެ ގޮތުގައި ފާހަގަކޮށްފައިވަނީ، އެމްއީއެސްގެ އިމާރާތަށް ކުރި އިންވެސްޓްމެންޓްގެ އަގުގެ ގޮތުގައި ކެޕިޓަލައިޒްކޮށްފައިވާ 1.4 މިލިއަން ރުފިޔާކަމަށެވެ.

އޭގެ ބޭރުން، ބަދަލު ހޯދަން އެދިފައިވާ އެހެން ބަދަލުގެ ތެރެއިން ބައެއް ބަދަލުތަކަކީ މީގެ ކުރިންވެސް ބަދަލު ދެވިފައިވާ ކަންކަންކަމަށާއި ވިޔަފާރިއަށް ލިބުނު ގެއްލުންފަދަ ގެއްލުންތަކުގެ ޒިންމާ، ދައުލަތުން އުފުލަން ޖެހޭކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

މަންދު ކޮލެޖް ހިންގަމުން އައި އެމްއީއެސް އިމާރާތުގެ އެއްބަސްވުން 2015ވަނަ އަހަރު ބާތިލް ކޮށްފައިވަނީ ރަނގަޅަށްކަމަށް ސިވިލްކޯޓުން ކުރި ހުކުމް ހައި ކޯޓުންވަނީ ބާތިލް ކޮށްފައެވެ. އަދި މިއަހަރުގެ ތެރޭގައި ހައިކޯޓުގެ ހުކުމް ދަމަހައްޓައި ސުޕްރީމް ކޯޓުންވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށްކަމަށް ކަނޑައަަޅާފައެވެ. އަދި އޭގެ ބަދަލު ހޯދުމަށް މަންދު ކޮލެޖަށް ވަކިން ދައުވާ ކުރެވޭނެ ކަމަށްވެސް ކަނޑައެޅިއެވެ.

އެއާއެކު މަންދު ކޮލެޖުން އެދުނީ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ދައުލަތުން ނަގައިދިނުމަށެވެ. މި މައްސަލާގައި ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން އެއްބަސްވީ، 15 މިލިއަން ރުފިޔާގެ ބަދަލެއް އެއްމަސްދުވަހުގެ ތެރޭގައި ދިނުމަށެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން މި އޮޑިޓް ކުރިއަށް ގެންގޮސްފައިވަނީ، މަންދަށް ބަދަލުގެ ގޮތުގައިދޭން ޖެހޭ ފައިސާގެ އަދަދު ބަލައި ވަޒަންކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެދިފައިވާތީއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ

25 ފެބުރުއަރީ 2017
ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ
15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް