Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަލީހުއަށް ފިޔަވަޅު ނާޅަން ނިންމުން

މަލީހު ދެއްކެވީ ހަގީގަތާ ޚިލާފު ވާހަކައެއް ނަމަވެސް ފިޔަވަޅު ނޭޅުމަށް ނިންމައިފި

27 އެޕްރީލު 2021 | އަންގާރަ 10:13

މަޖިލީހަށާއި ކޮމިޓީއަށް ގަސްދުގައި އޮޅުވާލާފައިވާކަމަށް މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 27 އެޕްރީލު 2021 | އަންގާރަ 10:13
މުހައްމަދު މަލީހު ޖަމާލް - މައްސަލަ ދިރާސާކޮށް ނިންމިގޮތަށް ފާސްކޮށްފައިވަނީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުންގެ ތެރެއިން 48 މެމްބަރުންގެ އަގުލަބިއްޔަތުން

މުހައްމަދު މަލީހު ޖަމާލް - މައްސަލަ ދިރާސާކޮށް ނިންމިގޮތަށް ފާސްކޮށްފައިވަނީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުންގެ ތެރެއިން 48 މެމްބަރުންގެ އަގުލަބިއްޔަތުން

ކުރީގެ ސައިންސް އެންޑް ކޮމިޔުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ރައްޔިތުންގެ މަޖިލީހުގައި ދައްކާފައިވަނީ އެއްވެސް ހަގީގަތެއްނެތް ވާހަކަތަކެއް ނަމަވެސް އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅަން ފާސްކޮށްފިއެވެ.

ކޮމިޓީ ރިޕޯޓު ހުށަހަޅުއްވަމުން ކޮމިޓީގެ މުގައްރިރު، ކުޅުދުއްފުށި އުތުރު ދާއިތާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވީ، ކުރީގެ މިނިސްޓަރ މަލީހު މަޖިލީހުގެ ތަޅުމުގައި ދެއްކެވީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ނިންމައި މައްސަލަ ފައިލްކުރުމަށް ކޮމިޓީން ނިންމާފައިވާކަމަށެވެ.

Advertisement - newsAdvertisement

މައްސަލަ ދިރާސާކޮށް ނިންމިގޮތަށް ފާސްކޮށްފައިވަނީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުންގެ ތެރެއިން 48 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ރިޕޯޓާ ދެކޮޅަށް އެއް މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރުން ވެސް ތިއްބެވިއެވެ.

މަލީހުގެ މައްސަލަ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބަލަން ނިންމީ، މަލީހުގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ކަނޑައެޅިގެން ވަޒީރުންނަށާއި ސަރުކާރަށް ބިރުދައްކަމުންދާ ކަމަށާއި، ތަކުރާރުކޮށް ވަޒީރުންނަށް އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅާ ބިރުދައްކަމުންދާކަމަށް ތުހުމަތުކުރެއްވުމުންނެވެ. އަދި ކުރީގެ ޖެންޑާރ މިނިސްޓަރު ޝިދާތާ ޝަރީފް މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުވީ ވެސް އެކަމުގެ ސަބަބުން ކަމަށް މަލީހު އެ ދުވަހު ވިދާޅުވިއެވެ.

މަލީހުގެ އިތުބާރުނެތް ކަމަށް ފާސްކޮށް އޭނާ ވަކި ކުރުމަށްފަހު، އޭނާ ކުރެއްވި ތުހުމަތުތަކުގެ ހަގީގަތް ބަލަން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ފެށިއެވެ.

މިދިޔަ މާރޗް މަހު މަލީހު ކޮމިޓީއަށް ހާޒިރުކުރުމުން ވެސް މަލީހު ދެއްކެވީ ހިޔާލުފާޅުކުރުމަށް ގާނޫނު އަސާސީން ލިބިދޭ ހައްގުގެ ވާހަކައެވެ. އަދި ކޮމިޓީން ކުރި ސުވާލުތަކަށް ސީދާ ޖަވާބުދާރީވުމަށް އުޒުރުވެރިވި ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އެދުވަހު މަޖިލީހުގެ ތަޅުމުގައި ދައްކަވާފައި ވަނީ އެއްވެސް އަސާސެއްނެތް ވާހަކަތަކެއްކަން ކޮމިޓީގެ 6 މެމްބަރުންގެ އިއްތިފާގުންވަނީ ފާސްކޮށްފައެވެ.

އެހެންކަމުން އޭނާ މަޖިލީހަށާއި ކޮމިޓީއަށް ގަސްދުގައި އޮޅުވާލާފައިވާކަމަށް މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާކަމަށް ރިޕޯޓުގައި ބުންޏެވެ.

އިމްތިޔާޒު ގާނޫނުގައި ބުނަނީ މަޖިލީހަށް ނުވަތަ ކޮމިޓީއަށް ގަސްދުގައި ކަމެއް އޮޅުވާލުމަކީ ކުށެއް ކަމަށާއި، އެފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ 3،000 ރުފިޔާއާއި 10،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ތިންމަސް ދުވަހާއި ހަމަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު

22 ފެބުރުއަރީ 2017
ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު
15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް