Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުދާ އުފުލުމުގެ ގަވައިދު

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

މުދާ އުފުލުގައި އަމަލުކުރަން މަޖުބޫރު ގިނަ އުސޫލްތަކެއް ހިމެނޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2017 | ހުކުރު 00:00
ޓެކްސީތަކެއް ދުއްވާފއި ދަނީ

ޓެކްސީތަކެއް ދުއްވާފއި ދަނީ | ގޫގުލް

އެއްގަމު އުނޅަދުގައި މުދާ އުފުލުމުގައި އަމަލުކުރަން ޖެހޭ ގަވައިދާ ޚިލާފުވާ ފަރާތްތަކުގެ އަތުން 750 ރުފިޔާގެ ޖޫރިމަނާ އެއް ނެގުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ. އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފައިވާ ގަވާއިދުގައި ވާގޮތުން، މުދާ އުފުލާ އެއްގަމު އުޅަނދުގައި، މުދާ އުފުލަންވާނީ، އެ އުޅަނދެއް ދުއްވާ އިރު ދުއްވާ މީހާއަށް ކުރިއާއި ފަހަތް ފެންނަގޮތަށް ކަމަށް ވަނީ އަންގާފަ އެވެ. އަދި ދިއްލަންޖެހޭ ހުރިހާ ބައްތިތައް ފެންނަން ހުންނާނެ ހެން ދިއްލާފަ ހުރުމަށް މި ގަވައިދުގައި ވަނީ ބަޔާންކޮށްފަ އެވެ.

އުޅަނދަށް ވުރެ ދިގު ތަކެތި އަރުވައިގެންދާ ނަމަ، ފަހަތުން ބޭރަށް ނުކުމެފައި ހުންނަ ބައި، އުޅަނދުގެ ފޮށިގަނޑުގެ ތިންބައިކުޅަ އެއްބަޔަށްވުރެ ދިގުވެގެން ނުވާނެ ކަމަށް މި ގަވައިދުވާ ވަނީ ބަޔާންކޮށްފަ އެވެ. މިފަދަ ތަކެތި އުޅަނދުތަކުގާ އުފުލާ ކަމުގައިވާ ނަމަ ހެނދުނު 6:00 އިން ހަވީރު 6:00އާ ދެމެދު ތަކެތި އުފުލުމުގައި ތަކެތީގެ ކޮޅުގައި އެއް ފޫޓު ދިގު، އެއް ފޫޓު ފުޅާމިނުގެ ރަތްކުލައިގެ ދިދައެއް ހަރުކޮށްފައި ހުންނަންވާނެ ކަމަށް ގަވައިދުގައިވަނީ ބަޔާންކޮށްފަ އެވެ. މީގެ އިތުރުން ހަވީރު 6:00 ހެނދުނު ހަޔަކަށް ތަކެތި އުފުލުމުގައި އުޅަނދުން ބޭރަށް ނުކުމެފައި ހުންނަ ބައިގައި ރަތް ނުވަތަ އޮރެންޖް ކުލައިގެ އަލި ފެންނަ ބައްތިއެއް، ތަކެތީގެ ކޮޅުގައި ދިއްލާފައި ހުންނަންވާނެ ކަމަށް ގަވައިދުގައި ވަނީ ކަނޑައަޅާފަ އެވެ.

Advertisement - newsAdvertisement

މުދާ އުފުލާ އުޅަނދުގެ ޑްރައިވަރުގެ ކެބިން ޑްރައިވަރު ފަހަތު ފޮށިގަނޑު ބެލުމަށް ހުންނަ ބިއްލޫރިގަނޑުން ޑްރައިވަރަށް ފަހަތް ނުފެންނަ ވަރަށް މުދާ ބަހައްޓައިގެން ދުއްވުމަކީ މަނާކަމެއް ކަަމަށް ގަވައިދުގާ ވަނީ ކަނޑައަޅާފަ އެވެ. މީގެ އިތުރުން މުދާ އަރުވާ ބޭލުމުގައި އާއްމު ޓްރެފިކަށް ދަތިވާ ގޮތަށް މަގުމައްޗަށް މަޑު ނުކުރުމަށް މި ގަވައިދު ބުނެ އެވެ. ސިމެންތި، ގޮދަންފުށް ފަދަ ކުނޑިބުރާ މުދާ އުފުލަންވާނީ، ކުނޑިނުބުރާނެ ގޮތަށް އެއްޗެއް އަޅައި މުދާތައް ރަނގަޅަށް ނިވައިކޮށް ބަންދުކޮށްގެން ކަމަށް މި ގަވައިދުގާ ވަނީ ބުނެފަ އެވެ. ދެމީހުންނަށް އެރޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ އިންޖީނު ލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅުލީ އުޅަނދުގައި އެ އުޅަނދަށްވުރެ ދިގު ތަކެއްޗާއި، އެ އުޅަނދަށްވުރެ ފުޅާތަކެއްޗާއި، ފަހަތުގައި އިންނަ މީހަކަށް އެއް އަތުން ނުހިފޭވަރުގެ ބަރު ތަކެތި އުފުލުމަކީ މަނާ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެ އެވެ. ކުނި އުފުލާގޮތަށް ފަރުމާކުރެވިފައި ހުންނަ އުޅަނދު ފިޔަވައި އެހެން އުޅަނދެއްގައި ކުނި އުފުލަންވާނީ މަގު މައްޗަށް ނޭޅޭ ގޮތަށް އެފަތަ ތަކެތީގެ ވަސް ނުފެތުރޭ ގޮތަށް ބަންދުކޮށްގެން ކަމަށް ގަވައިދު ބުނެ އެވެ. އަލިފާން ހިފާ ނުވަތަ ގޮވާ ޒާތުގެ ތަކެތި އުޅަނދުގައި އުފުލާނަމަ، ދުއްވާ މީހާއާއި އޭނާގެ އެހީތެރިޔާ ފިޔަވައި އިތުރު އެހެން އެއްވެސް މީހަކު އެ އުޅަނދަށް އެރުވުމަކީ މަނާ ކަމެއް ކަަމަށްވެސް ގަަވައިދުގައި ވަނީ ބުނެފަ އެވެ. މިގަވައިދުގާ ވަނީ އެއްގަމު އުޅަނދުތަކުގާ ތަކެތި އުފުލުމުގާ ނެގޭނެ ފީތައްވެސް ބަޔާންކޮށްފަ އެވެ. އެގޮތުން މުދާ އުފުލުމުގާ އަގުތައް އުޅެނީ 40 ރުފިޔާ އާއި 250 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގަ އެވެ. އަގުތަކުގައި ތަފާތު ތައް އުޅެނީ، އުފުލާ މުދަތުގެ ބަރުމިނާ މުދާ އުފުލާ ވަގުތު ތަކާ ގުޅުވައިގެންނެވެ. އަލަށް އެކުލަވާލެވުނު މި ގަވައިދަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު