Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތަޢުޒިޔާގެ ދަފުތަރުގައި ސޮއިކުރެއްވުން

އަލްމަރްޙޫމް އިބްރާހީމް ރަޝީދު ވަކިވެވަޑައިގަތުމަކީ ޤައުމީ އަދި ސިޔާސީ ހަޔާތަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް - ރައީސް ސާލިހް

އަލްމަރުހޫމް އިބްރާހީމް ރަޝީދަކީ ރައީސުލްޖުމްހޫރިއްޔާއާއި ވަރަށް ގާތް ގުޅުމެއް ބޭއްވި ވަރަށް އެކުވެރި ބޭފުޅެއްކަަމަށް ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 އެޕްރީލު 2021 | ހޯމަ 18:59
ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލްމަރުޙޫމް އިބްރާހިމް ރަޝީދުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސް ސޮއިކުރައްވަނީ

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލްމަރުޙޫމް އިބްރާހިމް ރަޝީދުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސް ސޮއިކުރައްވަނީ

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވާފައިވާ އިބްރާހީމް ރަޝީދުގެ ވަކިވެވަޑައިގަތުމަކީ، ދިވެހިރާއްޖޭގެ ޤައުމީ އަދި ސިޔާސީ ހަޔާތަށް ލިބުނު ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ، މިނިސްޓްރީ އޮފް ހެލްތްގައި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ލަޤަބް އަރުވާފައިވާ އަލްމަރުހޫމް އިބްރާހީމް ރަޝީދުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި މިރޭ ސޮއިކުރައްވާ ލިޔުއްވި ބަޔާނުގައެވެ.

ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި، އަލްމަރުހޫމް އިބްރާހީމް ރަޝީދަކީ ރައީސުލްޖުމްހޫރިއްޔާއާއި ވަރަށް ގާތް ގުޅުމެއް ބޭއްވި ވަރަށް އެކުވެރި ބޭފުޅެއްކަމުގައި ބަޔާންކުރައްވާފައިވެއެވެ. އަދި އެމަނިކުފާނު ވަކިވެވަޑައިގެންނެވިއިރު ޤައުމީ ޚިދުމަތުގެ ތާރީހުން، މިހާރުގެ ޖީލުތަކަށް ދޫކުރެއްވި އެންމެ ރީތި ނަމޫނާއަކީ، އިލާސްތެރިކަމާއި، ތެދުވެރިކަމާއެކު ޤައުމަށް ޚިދުމަތްކުރެއްވުމުގެ މަތިވެރި ސިފަކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ލިޔުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްހޫމް އިބްރާހީމް ރަޝީދަށް ސުވަރުގޭގެ ތަނަވަސް ރަޙްމަތާއި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، އެމަނިކުފާނުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.

އިބްރާހީމް ރަޝީދަކީ، ހުރަވީދަރިކޮޅުގެ ޝާހީ ރަސްކަމުގެ ޢާއިލާއާއި ވެރިކަމުގެ ޢާއިލާއިން ވަޑައިގެންނެވި ބޭފުޅެކެވެ. އިބްރާހީމް ރަޝީދު، ސަރުކާރުގެ ޚިދްމަތް ފަށްޓަވާފައިވަނީ، 24 ނޮވެމްބަރ 1942 ގައެވެ. 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވެއެވެ. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އިބްރާހީމް ރަޝީދަށް ވަނީ ލިބިވަޑައިގެންފައެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ލަޤަބް، އެމަނިކުފާނަށް އަރުވާފައިވަނީ 26 ޖުލައި 2011 ގައެވެ. އިބްރާހީމް ރަޝީދު އަވަހާރަވެފައިވަނީ 31 ޖެނުވަރީ 2021 ގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 92 އަހަރެވެ.

އިތުރަށް ކިޔާލަން

25 އެޕްރީލު 2017

މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި

25 އެޕްރީލު 2017
މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި
23 އެޕްރީލު 2017

ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް

23 އެޕްރީލު 2017
ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް
11 އެޕްރީލު 2017

އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި

11 އެޕްރީލު 2017
އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި
06 އެޕްރީލު 2017

ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި

06 އެޕްރީލު 2017
ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި
31 މާރިޗު 2017

މަދު ފުލުހުން ލައްވާ ޖަރީމާ ހިންގުމަކީ "ޤައުމީ ފުލުހުންނަށް" އޮތް ގޮންޖެހުމެއް:ރިޔާޒް

31 މާރިޗު 2017
މަދު ފުލުހުން ލައްވާ ޖަރީމާ ހިންގުމަކީ "ޤައުމީ ފުލުހުންނަށް" އޮތް ގޮންޖެހުމެއް:ރިޔާޒް
02 މާރިޗު 2017

ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ: މައުމޫން ފެކްޝަން

02 މާރިޗު 2017
ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ: މައުމޫން ފެކްޝަން
20 ފެބުރުއަރީ 2017

އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

20 ފެބުރުއަރީ 2017
އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި
02 ފެބުރުއަރީ 2017

ތަރިކަ: އައްނަބީލް އިބްރާހީމް ހަބީބް

02 ފެބުރުއަރީ 2017
ތަރިކަ: އައްނަބީލް އިބްރާހީމް ހަބީބް
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު