Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާޒްގެ ރައްދު

މަދު ފުލުހުން ލައްވާ ޖަރީމާ ހިންގުމަކީ "ޤައުމީ ފުލުހުންނަށް" އޮތް ގޮންޖެހުމެއް:ރިޔާޒް

ފުލުހުންނަށް ޤާނޫނާ އެއްގޮތަށް ހަރަކާތްތެރިވުމުގެ ޖާގަ ދޭން ޖެހޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 31 މާރިޗު 2017 | ހުކުރު 01:40
ޢަބްދުﷲ ރިޔާޒް: ސަރުކާރަށް ގެންދަވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން

ޢަބްދުﷲ ރިޔާޒް: ސަރުކާރަށް ގެންދަވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން

ސަރުކާރުގެ ވެރިން މެދުވެރިކޮށް މަދު ބައެއް ފުލުހުން ލައްވާ ޖަރީމާ ހިންގުމަކީ ޤައުމީ ފުލުހުންނަށް އޮތް ގޮންޖެހުމެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެވެ.

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ޢަބްދުﷲ ރިޔާޒް މިހެން ވިދާޅުވެފައި މިވަނީ ބުރާސްފަތި ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައެވެ.

ރިޔާޒް މިހެން ވިދާޅުވެފައި މިވަނީ ފުލުހުންގެ އިދާރާގައި ކުރިން މަސައްކަތް ކުރައްވާފައިވާ ފަރާތްތަކާ އިޝާރާތްކުރައްވައި ރައީސް ޔާމީން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ވަނިކޮށެވެ.

ދިވެހި ފުލުހުންނަށް 84 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ދަރުބާރުގޭގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ދިވެހި ފުލުހުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ޒިންމާދާރު ބައެއް ފަރާތްތަކުން ފުލުހުންނާ ކުރިމަތިލުމަށް ގޮވައިލާ ގޮވައިލުންތަކާއި ފުލުހުންގެ މުއައްސަސާ އަށް އިހުތިރާމް ކުޑަވާ ގޮތަށް ކުރެވޭ ކަންކަން ކަމަށެވެ.

އެކަންކަމަކީ ކޮބައިކަން ފާހަގަ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އޭގެ ތެރޭގައި ޔުނިފޯމްގެ އެންމެ އިސް ބޭފުޅުން ކަމަށްވި ނަމަވެސް ރިޓަޔާ ކުރައްވާފައިވާ ކޮމިޝަނަރުން ކަމަށް ވިޔަސް އަދި އެއަށް ވުރެ މަތީ މަގާމުތަކުގައި ސިޔާސީ ލީޑަރުންގެ ތެރޭގައި އެ ބޭފުޅުންގެ ހިދުމަތް ދެއްވާފައިވާ ބޭފުޅުން ކަމުގައިވީ ނަމަވެސް ފުލުހުންނަށް މިއަދު ދިމާވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ މި ދެންނެވި ފަންތީގެ ބޭފުޅުން ފަރާތުން ޕޮލިސް ފޯސްއާ ކުރިމަތިލާން ގޮވާލާ ގޮވާލުމާއި ޕޮލިސް ފޯސް އަށް އިހުމާލުވެ، ނޫނީ ޕޮލިސް ފޯސް އަށް ކަމޭނުހިތޭ ގޮތަށް ގޮވައިލާ ގޮވާލުންތައް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދުގެ ފުލުހުން ނުވަތަ އިއްޔެ ފުލުހުން އެކި ގޮތްގޮތުން އެ ބޭފުޅުން ހިދުމަތްކޮށްފައިވާ، އެ ބޭފުޅުންގެ ވެރިން، ޔުނިފޯމްގެ އެންމެ އިސް ބޭފުޅުން ކަމަށްވި ނަމަވެސް ރިޓަޔާ ކުރައްވާފައިވާ ކޮމިޝަނަރުން ކަމަށް ވިޔަސް އަދި އެއަށް ވުރެ މަތީ މަގާމުތަކުގައި ސިޔާސީ ލީޑަރުންގެ ތެރޭގައި އެ ބޭފުޅުންގެ ހިދުމަތް ދެއްވާފައިވާ ބޭފުޅުން ކަމުގައިވީ ނަމަވެސް ފުލުހުންނަށް މިއަދު ދިމާވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ މި ދެންނެވި ފަންތީގެ ބޭފުޅުން ފަރާތުން ޕޮލިސް ފޯސްއާ ކުރިމަތިލާން ގޮވާލާ ގޮވާލުމާއި ޕޮލިސް ފޯސް އަށް އިހުމާލުވެ، ނޫނީ ޕޮލިސް ފޯސް އަށް ކަމޭނުހިތޭ ގޮތަށް ގޮވައިލާ ގޮވާލުންތައް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މިއީ މިއަދު ޔުނިފޯމްގައި ތިބި ބަޔަކަށް އަޑު އަހާލަން ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި އިއްޔެ އެއީ އަޅުގަނޑުމެންގެ މާސްޓަރުން ކަމަށެވެ. އަދި މިއަދު އަނެއް ފަރާތަށް ދާން ޖެހުމާ މި ކަހަލަ ޗެލެންޖްތަކުގެ އަޑު އިވުނީމަ ފުލުހުންގެ ހިތަކަށް ފަސޭހައެއް ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދުގެ ވެރިކަން ބަދަލު ކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ މަސައްކަތުގައި ބައިވެރިވެވަޑައިގެން ކުރެއްވި މަސައްކަތުގައި ފުލުހުންގެ ޔުނީފޯމް ބާލައި ރައްޔިތުންނާ ގުޅޭ ފަރާތްތަކަށް އެހެން ގޮތެއް ހޯއްދަވައިދެއްވާނެ ކަމަށް، އޭރުގެ މުލަކު ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި، މިހާރުގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް