Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސިވިލް ސަރވިސް ކޮމިޝަން

އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

ޝަހީޤް އެމަޤާމަށް އައްޔަން ކުރުމަށް ފާސްކުރެއްވީ މިދިޔަ ބުދަދުވަހު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2017 | ހޯމަ 16:55
ސީއެސްސީގެ މެންބަރު ކަމުގެ ލިޔުން ރައީސްުލް ޖުމްހޫރިއްޔާ ހަވާލުކޮށް ދެއްވަނީ

ސީއެސްސީގެ މެންބަރު ކަމުގެ ލިޔުން ރައީސްުލް ޖުމްހޫރިއްޔާ ހަވާލުކޮށް ދެއްވަނީ

ސިވިލް ސަރވިސް ކޮމިޝަންގެ ހުސްވެފައިވާ މަޤާމަށް މަޖިލީހުން އައްޔަން ރުހުން ދީފައިޥާ މާޅޮސްމަޑުލު ދެކުނުބުރި ގޮއިދޫ ސޯސަންގެ އިބްރާހީމް ޝަހީޤް އެކޮމިޝަންގެ މެންބަރު ކަމުގެ ހުވާ ކުރައްވައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، ހޯމަ ދުވަހު ޝަހީޤް ކުރެއްވީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައެވެ. ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅާއާ ޙަވާލުކުރެއްވިއެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ ޖަލްސާގައި ސީއެސްސީގެ މެންބަރު ކަމަށް ޝަހީގު އައްޔަން ކުރުމަށް ފާސްކޮށްފައި ވަނީ 49 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ނުފެންނަ ކަމަށް 23 މެންބަރަކު ވޯޓް ދެއްވިއިރު، ވަކިގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ ތިން މެންބަރުން ތިއްބެވި އެވެ.

ސީއެސްސީގެ މެންބަރު ކަމަށް ޝަހީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ބޭބޭފުޅު ވިދާޅުވާ ޝަމްއޫން ހަމީދު ވެސް އެމަގާމަށް ކުރިމަތިލައްވާފައި ވެއެވެ. ނަމަވެސް ކުރީގެ އެޓޯލްސް މިނިސްޓަރު އަދި ދައުލަތުގެ އިއްޒަތްތެރިއެއް ކަމަށްވާ އަލް މަރްހޫމް އަބްދުﷲ ހަމީދުގެ ދަރިކަލުން ޝަމްއޫނަށް އެކަށީގެންވާ ވަރަށް މާކްސް ވެސް ދީފައެއް ނުވެއެވެ.

ސީއެސްސީއަށް މެންބަރަކު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން އިންޓަވިއުކޮށް މާކްސް ދީފައިވަނީ އަށް ފަރާތަކަށެވެ. އެ އަށް މީހުންގެ ތެރެއިން 83.6 މާކްސް ލިބިގެން ޝަހީގަށް އެ ކޮމެޓީން ރުހުން ދިނުމަށް ފާސްކޮށްފައިވާއިރު، އަނެއް ހަތް މީހުންނަށް ލިބިފައިވަނީ 75 މާކުހަށް ވުރެ ދަށުންނެވެ. ދެ ވަނަ އަށް އެންމެ ގިނަ މާކްސް ލިބިލައްވާފައި ވަނީ ޝަމްއޫން ހަމީދަށެވެ. އޭނާއަށް ވެސް ލިބުނީ 69.6 މާކްސް އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޓީ ކައުންސިލްތަކަށް ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ތަނެއް ހަމަނުޖެހިފައި

ސިޓީ ކައުންސިލްތަކަށް ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ތަނެއް ހަމަނުޖެހިފައި

26 މެއި 2017
ހޯލެއް ނުލިބިގެން އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ހުވާކުރުން މަގުމަތީގައި!

ހޯލެއް ނުލިބިގެން އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ހުވާކުރުން މަގުމަތީގައި!

25 މެއި 2017
މަޖިލިސް މެންބަރުން ހުވާ ކުރައްވަނީ ރައީސަށް އިޚުލާސްތެރިވާކަށް ނޫން، ސަރުކާރާއި ޕާޓީ ހިންގުން އެއްކޮށްގެން ނުވާނެ: ތައުފީޤު

މަޖިލިސް މެންބަރުން ހުވާ ކުރައްވަނީ ރައީސަށް އިޚުލާސްތެރިވާކަށް ނޫން، ސަރުކާރާއި ޕާޓީ ހިންގުން އެއްކޮށްގެން ނުވާނެ: ތައުފީޤު

16 މެއި 2017
އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

15 މެއި 2017
42 އަށްވުރެ އިތުރުވެސް ވެއްޖެ، އަނިޔާވެރިވެރިކަން ނިންމާނަން:އިބްރާހީމް ހަސަން

42 އަށްވުރެ އިތުރުވެސް ވެއްޖެ، އަނިޔާވެރިވެރިކަން ނިންމާނަން:އިބްރާހީމް ހަސަން

14 މެއި 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު