Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްލާސްޓިކާ ނުލައި ކެމްޕެއިން

"ޕްލާސްޓިކާ ނުލައި" ކެމްޕެއިން އިފްތިތާހްކޮށްފި

އާއްމުން ހޭލުންތެރި ކުރުވިގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 އެޕްރީލު 2021 | އާދީއްތަ 17:38
 އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން،

އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން،

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ދިވެހި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ސިންގަލްޔޫސް ޕްލާސްޓިކާ ދެކޮޅަށް "ޕްލާސްޓިކާ ނުލައި" ގެ ނަމުގައި ޢާއްމުން ހޭލުންތެރި ކުރުވުމުގެ ޤައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފިއެވެ.

މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކުރެއްވީ އާދިއްތަ ދުވަހުގެ ރޭ ވާރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއެވެ.

Advertisement - newsAdvertisement

މިރަސްމިއްޔާތުގައި ސިންގަލްޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ތައްޔާރުކޮށްފައިވާ "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ގެ މަސައްކަތާ ގުޅޭ ފޮލިސީ ޕްރެޒެންޓޭޝަންގެ ވީޑިއޯއެއް ގެނެސްދީފައިވެއެވެ. މި ޕްރެޒެންޓޭޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭންގެ ދަށުން ޖުމްލަގޮތެއްގައި ކުރެވެމުންދާ އަދި ކުރުމަށް ރޭވިފައިވާ މަސައްކަތްތަކަށެވެ. މީގެ އިތުރުން " ޕްލާސްޓިކާ ނުލައި" ކެމްޕެއިންގެ ލޯގޯ އަދި "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ރަސްމީކޮށް މި އިވެންޓްގައި ދައްކާލެވުނެވެ.

މި ކެމްޕެއިނަކީ ސަރުކާރުގެ އެކި މުވައްސަސާތަކާއި މަދަނީ ޖަމިއްޔާތަކުގެ އެހީތެރިކަމާއެކީ ހިންގޭނެ މަލްޓިސެކްޓޯރަލް އެވެއަރނެސް ކެމްޕެއިނެކެވެ. މި ރަސްމިއްޔާތުގައި ސިންގަލްޔޫސް ޕްލާސްޓިކް ފޭސް އައުޓް ޕްލޭން ތަންފީޒުކުރުމުގައި ޝާމިލްވާ އެކި މުވައްސަސާތަކުގެ އެއްބާރުލުން ހިއްސާކޮށްފައިވާ ވީޑިއޯއެއް ގެނެސްދީފައިވެއެވެ. މި މުވައްސަސާތަކުގެ ތެރޭގައި ސަރުކާރުގެ ބައެއް ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަށް ހިމެނެއެވެ.

މި ވީޑިއޯއިން ދައްކުވައިދޭ މެސެޖަކީ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން ތަންފީޒުކުރުމުގައި މުވައްސަސާތަކުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމާއި، މިހާރުވެސް ބައެއް މުވައްސަސާތަކުން ސިންގަލް ޔޫސް ޕްލާސްޓިކާއި ދެކޮޅަށް މަސައްކަތް ކުރަމުން ދާކަމެވެ. މި ކެމްޕެއިންގެ ދަށުން އެކި މުވައްސަސާތަކާ ގުޅިގެން "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ތަންފީޒުކުރުމުގައި ކުރެވިގެންދާނެ މަސައްކަތްތަކާ ބެހޭ ފުރިހަމަ މައުލޫމާތު ދެވި އެކަންތައްތަކަށް އާއްމުން ހޭލުންތެރި ކުރުވިގެންދާނެއެވެ. އެގޮތުން، ގާނޫނީ ގޮތުން ގެނެވޭ ބަދަލުތަކާއި ޕްލާސްޓިކާ ނުލައި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރެވޭނެ ތަފާތު އެކި ބައިތަކަށް އަމާޒުކޮށްގެން އާއްމުނަށް ހޭލުންތެރިކަމުގެ ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރާއްޖޭގައި އުފެއްދުމާއި، އެތެރެކުރުމާއި އަދި ބޭނުންކުރުން މަނާކުރުމަށް 05 ނޮވެމްބަރު 2020 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއިއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ " ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ފާސްކޮށްފައެވެ. އަދި، މި މަސައްކަތާ ގުޅިގެން ރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ގާނޫނުގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ކުރާ ސިންގަލްޔޫސް ޕްލާސްޓިކްގެ ވަކި ބާވަތްތަކެއް މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ 30 ޑިސެމްބަރު 2020 ގައި ގަރާރެއް ފާސްކޮށްދެއްވާފައެވެ. މިގަރާރުގެ ދަށުން 12 ބާވަތެއްގެ ޕްލާސްޓިކް 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކުރުމަށް ވަނީ ނިންމާފައެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމާ ގުޅޭ މަސައްކަތަކީ ސަރުކާރުން ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ކްރައިމް ޕްރިވެންޝަން ކެމްޕެއިން ލޯންޗްކޮށްފި

27 ފެބުރުއަރީ 2017
ކްރައިމް ޕްރިވެންޝަން ކެމްޕެއިން ލޯންޗްކޮށްފި
26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
25 ފެބުރުއަރީ 2017

އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް

25 ފެބުރުއަރީ 2017
އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް
25 ފެބުރުއަރީ 2017

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
06 ފެބުރުއަރީ 2017

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު