Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްކިލްސް ފޯ އަ ރެސިލިއަންޓް ވޯރކް ފޯސް

ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ 5 ކޯހެއް ހިންގުން އެމްއައިޓީއާއި ހަވާލުކޮށްފި

25 އެޕްރީލު 2021 | އާދީއްތަ 13:55

މި 5 ކޯހުގައި 100 ދަރިވަރުން ތަމްރީނުކޮށް ވަޒީފާގެ ބާޒާރަށް ނެރުމަށް ތައްޔާރުކުރާނެ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 25 އެޕްރީލު 2021 | އާދީއްތަ 13:55
ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ ފަސް ކޯހެއް ހިންގުން އެމްއައިޓީއާއި ވަނީ ހަވާލުކޮށްފައި

ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ ފަސް ކޯހެއް ހިންގުން އެމްއައިޓީއާއި ވަނީ ހަވާލުކޮށްފައި

ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ 5 ކޯހެއް ހިންގުން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އެމްއައިޓީއާއި ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ހަސަންއެވެ. މިކޯސްތަކަކީ ވަޒީފާގެ ބާޒާރަށް ދިވެހި ޒުވާނުން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ "ސްކިލްސް ފޯ އަ ރެސިލިއަންޓް ވޯރކް ފޯސް"ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކެކެވެ. ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން ހިންގުމަށް ހަވާލުކުރެވުނު ކޯސްތަކަކީ ނޭޝަނަލް ސެޓްފިކެޓް ތްރީ އިން ބޯޓް އޮޕަރޭޝަން، ނޭޝަނަލް ސެޓްފިކެޓް ތްރީ އިން ޖުވެލަރީ ޑިޒައިން، ނޭޝަނަލް ސެޓްފިކެޓް ތްރީ އިން ސްނޯކްލިންގ ގައިޑް، ނޭޝަނަލް ސެޓްފިކެޓް ތްރީ އިން ސްޕޯޓްސް ފިޝިންގ ގައިޑް، ނޭޝަނަލް ސެޓްފިކެޓް ތްރީ އިން ސާފް ގައިޑެވެ. މި 05 ކޯހުގައި 100 ދަރިވަރުން ތަމްރީނުކޮށް ވަޒީފާގެ ބާޒާރަށް ނެރުމަށް ތައްޔާރުކުރެވިގެން ދާނެކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.

Advertisement - newsAdvertisement

ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ކުރިއަށް ގެންދާ "ސްކިލްސް ފޯ އަ ރެސިލިއަންޓް ވޯރކް ފޯސް" ޕްރޮގްރާމަކީ، ވަޒީފާގެ ބާޒާރަށް ނުކުންނަ ދިވެހި ޒުވާނުން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ އިސްނެންގުވުމުގެ މަތިން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދީ ޤައުމު މިހާރު އޮތް ހާލަތުން އަރައިގަނެ އިޤްތިޞާދު އަލުން ފަށައިގަންނައިރު ސިނާޢަތްތަކަށް މީހުން ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ އެކި ދާއިރާތަކުން 1200 މީހުން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތަމްރީން ކުރާ މީހުންގެ ތެރެއިން މަދުވެގެން 33 އިންސައްތަ، އަންހެނުންނަށް ޚާއްސަކުރުމަށް ނިންމާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. މި ޕްރޮގްރާމްގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށްގެން 600 މީހުން ތަމްރީން ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އައިސީޓީ ދާއިރާއިން 200 މީހުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާއިރު ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި އިމާރާތްކުރުމުގެ ދާއިރާއިން 400 މީޙުން ތަމްރީން ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ވަޒީފާގެ ބާޒާރަށް ދިވެހި ޒުވާނުން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ ކޯސްތަކަކީ ޤައުމީ ސަނަދުގެ ލެވެލް 3ގެ ކޯސްތަކެކެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޯހުގެ ބައިވެރިންނަށް ކަނޑައެޅޭ އުޞޫލެއްގެ މަތިން ޕޮކެޓް މަނީގެ ގޮތުގައި 2000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް ބުނެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް އެދި ރައީސް ޔާމީން އަޅުގަނޑަށް ހުށައެޅުއްވި: ތޮއްޑޫ ދާއިރާގެ މެމްބަރު

04 އެޕްރީލު 2017
ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް އެދި ރައީސް ޔާމީން އަޅުގަނޑަށް ހުށައެޅުއްވި: ތޮއްޑޫ ދާއިރާގެ މެމްބަރު
13 މާރިޗު 2017

ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!

13 މާރިޗު 2017
ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!
09 މާރިޗު 2017

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

09 މާރިޗު 2017
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް