Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ެމްމްބަރުން ޕާޓީ ބަދަލުކުރުން

ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް އެދި ރައީސް ޔާމީން އަޅުގަނޑަށް ހުށައެޅުއްވި: ތޮއްޑޫ ދާއިރާގެ މެމްބަރު

މެމްބަރަކު ޕާޓީއަށް ގުޅިވަޑައިގެންނެވުމަށް އެދިވަޑައިގަތުމަކީ ކުށެއް ނޫން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 4 އެޕްރީލު 2017 | އަންގާރަ 00:38
 ރައްޔިތުންގެ މަޖިލީހުގެ ތޮއްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ތޮއްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ

ޕީޕީއެމްއަށް ގުޅިވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން އޭނާއަށް ހުށައެޅުއްވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު މެމްބަރުންނަށް ރިޝްވަތު ހުށައެޅުއްވިކަމުގެ ތުހުމަތުގައި ފުލުހުންގެ އިދާރާއަށް ހާޒިރުކުރާކުރުމަށް އިޝާރަތްކުރައްވާ މެމްބަރު އިބްރާހިމް ހަސަން ވިދާޅުވީ، މެމްބަރަކު ޕާޓީއަށް ގުޅިވަޑައިގެންނެވުމަށް އެދިވަޑައިގަތުމަކީ ކުށެއް ނޫން ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއަށް ހުރިހާ މެމްބަރުން ވަޑައިގެންނެވުމަށް ވެސް، ގާސިމެކޭ އެެއްގޮތަށް މެމްބަރު ހަސަން އިބްރާހިމް ވެސް ގޮވާލެއްވިއެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ، ޕީޕީއެމްއަށް ގުޅިވަޑައިގަތުމަށް ރައީސް ޔާމީން އޭނާއަށް ހުށައެޅުއްވި ކަމަށެވެ.

"ރައީސް ޔާމީނޭ އަޅުގަނޑުގެ ގާތުގަިއ ވިދާޅުވީ، އެވިލާ [މެމްބަރު އިބްރާހިމް ހަސަން] އަންނަހަރޭ. ބަހުން ބަހަށް މި ނަންގަތީ. އެވިލާ ބުނާ ކަންތައް އަޅުގަނޑު މިކޮށްދެނީ ނޫންހޭ. އަޅުގަނޑުމެންގެ ޕާޓީއަށް އަންނާށޭ. ދާއިރާ ތަރައްޤީވާނެއޭ. ދެން ކޯޗެކޭ މި ކިޔަނީ. އޭނާގެ މޮޅުކާއި އޭނާގެ އިއްޒަތާ ނޫންތޯ މިއޮތީ." މެމްބަރު އިބްރާހިމް ހަސަން ވިދާޅުވި އެވެ.

މެމްބަރު އިބްރާހިމް ހަސަން ވިދާޅުވީ، އަނިޔާވެރި ވެރިޔަކާއި ދެކޮޅަށް ތެދުވުމަކީ އެންމެ ބޮޑު ޖިހާދު ކަމަށެވެ. އަދި ޤައުމެއް ފަނާވެގެންދާ ތަން ބަލަން މިނިވަން މުއައްސަސާތަކާއި، ދިވެހި ރައްޔިތުން ތިބުމަކީ ހައްލެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްލާހީ މަސައްކަތާއި ގުޅިވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ. އަދި އެއީ ޤައުމާއި، ވަތަނުގައި ހައްޤުޤައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރަންޖެހޭ ކަމެއް ކަމަށް މެމްބަރު އިބްރާހިމް ހަސަން ވިދާޅުވި އެވެ.

"މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގި ދުވަހު އަޅުގަނޑަށް ވަރަށް ގިނަ މެސެޖު އައި. ފޯނު އޮންވެސް ކޮށްނުލެވޭ. ދެކޮޅަށް. މެމްބަރު ތިޔަކަމުގައި ބަިއވެރި ނުވާށޭ. އެއީ ތިމަންމެންގެ ތަރައްޤީއަށް އެޅޭ ހުރަހެކޭ. އަނެއްކޮޅުން މެސެޖު ލިބެނީ ޤައުމުގެ ހައްޤުގައި އޭނާ [މަޖިލީހުގެ ރައީސް] ކުރަން ވޯޓުދެއްވާށޭ. 80 ޕަސެންޓް ތޮއްޑޫ ދާއިރާއިން، 80 ޕަސެންޓް ތޮއްޑޫ ދާއިރާއިން އައީ އޭނާ އަޒުލުކުރަން ވޯޓުދޭށޭ. ވަރަށް ސާފުކޮށް މި ދަންނަވަނީ. ތޮއްޑޫ ދާއިރާއިން ޒީރޯ މި ސަރުކާރަށް ދެން ލިބޭނީ،" މެމްބަރު ވިދާޅުވި އެވެ.

މެމްބަރު އިބްރާހިމް ހަސަން ވިދާޅުވީ، ޤައުމު ބިނާކުރެއްވި އެންމެން ނެތިކޮށްލުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށެވެ. ރައީސް އަބްދުﷲ ޔާމީންއަކީ ވަރަށް ރަނގަޅު ބޭފުޅެއްކަމަށް އޭނާވެސް ވިދާޅުވި ކަމަށާއި، ނަމަވެސް މިއަދު އެގޮތަށް ވިދާޅުވެވެން ނެތް ކަމަށް މެމްބަރު އިބްރާހިމް ހަސަން ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑު މި ދަންނަވަނީ މިޔަށްވުރެ ޖާހިލު ރައީސަކު މިޤައުމަކަށް ނާރަޔޭ. ހިތަށް އަރަޔޭ ރަނގަޅަށް ރީތިކޮށޭ ވާހަކަދައްކާނީ. މާތް ބަހުންނޭ ވާހަކަދައްކާނީ. އެކަމަކު މާތް ބަހުންނެއް ވާހަކައެއް ނުދެއްކޭނެ ދުލުގައި ހިފައި ދަމަންފެށީމަ،" މެމްބަރު އިބްރާހިމް ހަސަން ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު