Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ކުނީގެ މައްސަލަ ހައްލުކުރުން

އެންމެ 24 ދުވަސްތެރޭ ލ. ގަމުން 950 ޓަނުގެ ކުނި ސާފުކޮށްފި

24 އެޕްރީލު 2021 | ހޮނިހިރު 04:12

ވެމްކޯއިން މިހާރު ވަނީ ލ. ގަން މަތިމަރަދޫ އަވަށުގެ ކުނި ސާފުކުރުމުގެ މަސައްކަތް ފަށާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 24 އެޕްރީލު 2021 | ހޮނިހިރު 04:12
ލ. ގަމުން ކުނި ސާފުކޮށްފައިވާ މަންޒަރު

ލ. ގަމުން ކުނި ސާފުކޮށްފައިވާ މަންޒަރު

އެންމެ 24 ދުވަސްތެރޭ ލ. ގަމުން 950 ޓަނުގެ ކުނި ސާފުކޮށްފިއެވެ.

އަތޮޅުތެރޭގައި އެންމެ ކުނި ގިނައިން ޖަމާކޮށްފައިވާ 20 ރަށުގެ ކުނީގެ މައްސަލައަށް ކުރިއަށް އޮތް 7 މަސް ދުވަހުގެ ތެރޭގައި ހައްލު ލިބޭނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މިމަސައްކަތް މިހާރު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފައެވެ. ކުނީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން ވެމްކޯގެ ޓުވިޓަރ މެދުވެރިކޮށް ދަނީ ހާމަކުރަމުންނެވެ. 

Advertisement - newsAdvertisement

ލ ގަމުގައި ޖަމާވެފައިވާ ކުނި ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މުކުރިމަގު އަވަށާއި ތުނޑި އަވަށުމަސައްކަތް ވަނީ މުޅިން ނިންމާލާފައެވެ. އެގޮތުން މި ދެ އަވަށުން 24 ދުވަހުގެ ތެރޭގައި 950 ޓަނުގެ ކުނި ވަނީ ސާފުކޮށްފައެވެ. ވެމްކޯއިން މިހާރުދަނީ މި އަވަށުގައިވެސް ކުނި ނެގި ސަރަހައްދުގެ ވެލިގަނޑު އެއްވަރުކުރުމާއި، ސާފުކުރި ކުނީގެ ތެރެއިން ރަށުގައި ނައްތާލެވޭ ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ވެމްކޯއިން މިހާރު ވަނީ މަތިމަރަދޫ އަވަށުގެ ކުނި ސާފުކުރުމުގެ މަސައްކަތް ފަށާފައެވެ.

ވެމްކޯއިން އެންމެ މަހެއްގެ ތެރޭގައި 13،350 ޓަނުގެ ކުނި ސާފުކޮށް ގިނަ ރަށްރަށުގެ މަލަމަތި ވަނީ ބަދަލުކޮށްލާފައެވެ.

މިހާތަނަށް އައިރު ވެމްކޯއިން ވަނީ 8 ރަށަކުން ކުނި ނެގުމުގެ މަސައްކަތް މުޅިން ނިންމާލާފައެވެ. މިހާތަނަށް މަސައްކަތް ފުރިހަމަކޮށްފައިވާ ރަށްރަށަކީ، ކ. ގުރައިދޫ، ކ. ތުލުސްދޫ، ކ. ކާށިދޫ، ކ. ގުޅި، އއ. މާޅޮސް، އދ. ހަންޏާމީދޫ، އދ.މަހިބަދޫ އަދި ލ. ފޮނަދޫއެވެ. މި ރަށްރަށުގައި ކުނި ނެގުމާއި، ކުނި ނެގި ސަރަހައްދު ސާފުކުރުން އަދި ކުނި ޓްރާންސްފަރކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އެގޮތުން ކ. ގުރައިދޫން 1850 ޓަނުގެ ކުންޏާއި، ކ. ތުލުސްދޫއިން 2800 ޓަނުގެ ކުންޏާއި، ކ. ކާށިދޫން 1700 ޓަނުގެ ކުންޏާއި، ކ. ގުޅިން 650 ޓަނުގެ ކުންޏާއި، އއ. މާޅޮހުން 400 ޓަނުގެ ކުންޏާއި، އދ. ހަންޏާމީދޫން 250 ޓަނުގެ ކުންޏާއި، އދ.މަހިބަދޫން 800 ޓަނުގެ ކުނި އަދި ލ. ފޮނަދޫން 800 ޓަނުގެ ކުނި ވަނީ ޓްރާންސްފަރކޮށްފައެވެ.

މީގެ އިތުރުން ވެމްކޯއިން މިހާރުވެސް ދަނީ އިތުރު 6 ރަށެއްގައި ކުނި ސާފުކުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ގދ. ތިނަދޫ އިން ސާފުކުރުމަށް ލަފާކޮށްފައިވާ 1500 ޓަނުގެ ކުނީގެ ތެރެއިން 1050 ޓަނުގެ ކުނި ޓްރާންސްފަރ ކޮށްފައިވާއިރު، އދ. މާމިގިލިން ސާފުކުރުމަށް ލަފާކޮށްފައިވާ 12،000 ޓަނުގެ ކުނީގެ ތެރެއިން 1850 ޓަނުގެ ކުނި ވަނީ ޓްރާންސްފަރ ކޮށްފައެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީން ސާފުކުރުމަށް ލަފާކޮށްފައިވާ 25،932 ޓަނުގެ ކުނީގެ ތެރެއިން 800 ޓަނުގެ ކުނި ޓްރާންސްފަރ ކޮށްފައިވާއިރު، ކުޅުދުއްފުށި ސިޓީން ސާފުކުރުމަށް ލަފާކޮށްފައިވާ 92،000 ޓަނުގެ ކުނީގެ ތެރެއިން 400 ޓަނުގެ ކުނި މިހާރު ވަނީ ޓްރާންސްފަރ ކޮށްފައެވެ. މީގެ އިތުރުން އދ. ފެންފުށިންވެސް 1100 ޓަނުގެ ކުނި ވެމްކޯއިން ވަނީ ސާފުކޮށްފައެވެ.

ވެމްކޯއިން 7 މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި އެންމެ ކުނި ގިނަ 20 ރަށުގެ ކުނީގެ މައްސަލަ ހައްލުކުރުމަށް އަމާޒު ހިފާފައިވާއިރު، ކުރިއަށް ރާވާފައިވާ މަސައްކަތްތަކުގެ ތަފްސީލުވެސް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ގއ. ވިލިގިލިން ސާފުކުރުމަށް ލަފާކޮށްފައިވާ 704 ޓަނުގެ ކުނި ސާފުކުރުމުގެ މަސައްކަތް 7 ޖޫންގައި ފަށަން ތާވަލުކޮށްފައިވާއިރު، ތ. ކަނޑޫދޫން ސާފުކުރުމަށް ލަފާކޮށްފައިވާ 359 ޓަނުގެ ކުނި ސާފުކުރުމުގެ މަސައްކަތް 17 ޖުލައިގައި ފެށުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ތ. މަޑިފުށިން ސާފުކުރުމަށް ލަފާކޮށްފައިވާ 310 ޓަނުގެ ކުނި ސާފުކުރުމުގެ މަސައްކަތް 30 ޖުލައިގައި ފަށަން ތާވަލުކޮށްފައިވާއިރު، ދ. ކުޑަހުވަދޫއން ސާފުކުރުމަށް ލަފާކޮށްފައިވާ 800 ޓަނުގެ ކުނި ސާފުކުރުމުގެ މަސައްކަތް 24 އޮގްސްޓްގައި، ހދ. ވައިކަރަދޫން ސާފުކުރުމަށް ލަފާކޮށްފައިވާ 15،000 ޓަނުގެ ކުނި ސާފުކުރުމުގެ މަސައްކަތް 18 ސެޕްޓެމްބަރުގައި އަދި ހއ. ކެލާއިން ލަފާކޮށްފައިވާ 200 ޓަނުގެ ކުނި ސާފުކުރުމުގެ މަސައްކަތް 23 ސެޕްޓެމްބަރުގައި ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ކުނީގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މިއީ ބުރަ ބޮޑު މައްސަލައެއްނަމަވެސް ކުރިއަށް އޮތް 7 މަސްދުވަހުގެ ތެރޭގައި 20 ރަށަކަށް ޖަމާވެފައިވާ ކުނިތައް އެއްކޮށް ރަށުން ބޭރުކޮށް ސާފުކުރުމުގެ މަޝްރޫއުމި ހާރު ވެމްކޯއާއި ހަވާލުކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަން ކުރުމުގައި އެންމެ ގިނައިން މިވަގުތު ކުނި ޖަމާކޮށްފައި ހުރި ރަށްރަށުގެ ތެރެއިން ކުނީގެ މައްސަލަ ބޮޑުވެފައިވާ ރަށްރަށަށް އިސްކަން ދެއްވުމަށްވަނީ ނިންމަވާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

04 މެއި 2017

ރަމަޟާން މަހާ ދިމާކޮށް ސައުދީން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި

04 މެއި 2017
ރަމަޟާން މަހާ ދިމާކޮށް ސައުދީން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި
12 މާރިޗު 2017

އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

12 މާރިޗު 2017
އެއް ދުވަސްތެރޭގައި  ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި
08 މާރިޗު 2017

ރާއްޖެޓީވީ ހިނގަމުންދަނީ އަންހެން ކަނބަލުންގެ ހިތްވަރުން: އެމްޑީ ސަލީމް

08 މާރިޗު 2017
ރާއްޖެޓީވީ ހިނގަމުންދަނީ އަންހެން ކަނބަލުންގެ ހިތްވަރުން: އެމްޑީ ސަލީމް
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
14 ފެބުރުއަރީ 2017

ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

14 ފެބުރުއަރީ 2017
ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް