Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސައުދީ ކަދުރު

ރަމަޟާން މަހާ ދިމާކޮށް ސައުދީން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް 50 ޓަނުގެ ކަދުރު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 4 މެއި 2017 | ބުރާސްފަތި 12:28
ސައުދީން މިދިޔަ އަހަރު ހަވާލުކުރި ކަދުރު ބެހުމަށް ތައްޔާރުކޮށްފައި

ސައުދީން މިދިޔަ އަހަރު ހަވާލުކުރި ކަދުރު ބެހުމަށް ތައްޔާރުކޮށްފައި

ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރާ ކަދުރު މިއަހަރު ވެސް ހަދިޔާ ކޮށްފި އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް ސައުދީ ސަރުކާރުން މިއަހަރު ވެސް ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ 50 ޓަނުގެ ކަދުރެވެ.

Advertisement - newsAdvertisement

ރާއްޖެއަށް ހަދިޔާކުރި ކަދުރުތަކާ ބެހޭ ލިޔުން ބުރާސްފަތި ދުވަހުގެ ސަރުކާރާ ވަނީ ހަވާލުކޮށްފަ އެވެ. ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގައި ބޭއްވި ރަސްމިއްޔާތެއްގައި، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ފަރާތްޕުޅުން ކަދުރާ ބެހޭ ލިޔުން ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ސައުދީ ސަފީރުގެ ނައިބު މެތުރިކް އަލް ދޮސާއީ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ކަދުރުގެ ލިޔުމާ ހަވާލުވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އެވެ.

މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ދިވެހި ރައްޔިތުންނަށް ބެހުމަށް ސައުދީއިން ކަދުރު ހަދިޔާކުރިއިރު، މިދިޔަ އަހަރުގެ ރަމަޟާން މަހަށް ސައުދީން ހަދިޔާކުރި ކަދުރުގެ މައްސަލަ ވަރަށް ބޮޑުވި އެވެ. ކަދުރުގެ މައްސަލަ ބޮޑުވީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީގެ ސަދަގާތު ފައުންޑޭޝަންގެ ނަމުގައި ސައުދީން ހަދިޔާކުރި ކަދުރު ބެހުމުންނެވެ.

އެ މައްސަލަ އޭސީސީން ވެސް ތަހުގީގު ކުރި އެވެ. ނަމަވެސް، ެ ކޮމިޝަނުން ނިންމާފައިވަނީ، ސަދަގާތު ފައުންޑޭޝަނާ ކަދުރު ބެހުން ހަވާލުކުރުމުގައި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގާފައިނުވާ ކަމަށެވެ.

އޭސީސީން ބުނީ ފަގީރުންނާއި ނިކަމެތިންނަށް ދަރުމައަށް ކަދުރު ބެހުމުގެ ޝައުގުވެރިކަން ފާޅުކޮށް އެކަމަށް މުލީއާގޭގައި އެދިފައިވާ ފަރާތްތަކަށް މުލީއާގެއިން ކަދުރު ހަވާލުކޮށްފައިވާ ކަމަށާއި އެކަން އެގޮތަށް ކޮށްފައިވަނީ އަވަހަށް ރައްޔިތުންނަށް ކަދުރު ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް ކަމަށެވެ.

އެހެންކަމުން، އެކަން އެގޮތަށް ކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭ ގޮތަށް ކަމެއް ކޮށްފައިވާކަން އެނގެން ނެތުމުން، އެމައްސަލައަކީ ކޮރަޕްޝަން އެކުލެވިގެންނުވާ މައްސަލައެއް ކަމަށް ކަނަޑައަޅައި އެ މައްސަލައިގެ ތަހުގީގު ނިންމާފައިވާ ކަމަށް އޭސީސީން ބުނެފައިވެ އެވެ.

މީގެ އިތުރުން، އޭސީސީން ބުނެފައިވަނީ ބޭރުގެ އެކިއެކި ގައުމުތަކުންނާއި އެހެނިހެން ގޮތްގޮތުން ވެސް ރައްޔިތުންނަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް ސަރުކާރަށް ލިބޭ ތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ މެދުގައި މަސްލަހަތު ގެއްލޭ ގޮތަށް އަމަލު ކުރަމުންދާކަމުގެ ޝަކުވާ އެކޮމިޝަނަށް ލިބެމުންދާ ކަމަށެވެ.

އެހެންކަމުން ކުރިޔަށް އޮތްތަނުގައި އެހީގެ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރަށް ލިބޭ ތަކެތި ރައްޔިތުންނަށް ބެހުމަށްޓަކައި ވަކިވަކި އޮފީސްތަކާ ނުވަތަ ޖަމިއްޔާތަކާ ހަވާލުކުރާ ނަމަ، އެތަކެތި އެފަރާތްތަކާ ހަވާލުކުރާނެ ހަރުދަނާ އުސޫލެއް ކަނޑައަޅައިގެން އެއުސޫލުގެ ދަށުން އެކަން ކުރުމަށް ފިނޭންސް މިނިސްޓްރީ އަށް އަންގާފައިވާނެ ކަމަށް އޭސީސީން ބުނެފައިވެ އެވެ.

މެޑަމް ފާތުމަތުގެ ސަދަގާތު ފައުންޑޭޝަނުން، އެ ފައުންޑޭޝަންގެ ނަމުގައި ކަދުރު ބެހި މައްސަލަ ފެންމަތިވެ، އެކި ފަރާތްތަކުން ފާޑުކިޔަން ފެށުމާއެކު ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ވަނީ ބަޔާނެއް ނެރެ އެ ކަދުރަކީ އެގައުމުން ހަދިޔާކުރި ކަދުރު ކަމަށް ބުނެފަ އެވެ.

އެމްބަސީގެ ބަޔާނުގައި ބުނެފައިވަނީ މުޖުތަމައުގައި ތިބި ފަގީރުންނަށާއި ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް އަދި އެހީތެރިކަމަށް ބޭނުން ވެފައިވާ މީހުންނަށް މެޑަމް ފާތުމަތު އެހީތެރިކަން ފޯރުކޮށް ދެއްވަމުން ގެންދަވަނީ އެއްވެސް އަމިއްލަ އެދުމެއް ނެތި ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެފައި ވަނީ ފަސްޓް ލޭޑީ ކަދުރު ބެއްސެވިއަސް އަދި އިޖުތިމާއީ އެހެން ހިދުމަތެއް ކުރެއްވިޔަސް، އެ ކަމެއް ކުރައްވަނީ ދީލަތި ފަރާތްތަކުގެ އެހީއާ އެކުގައި ކަމަށެވެ.

މެޑަމް ފާތުމަތުގެ ފައުންޑޭޝަނާ ކަދުރު ހަވާލުކޮށްގެން ބެހުމުގައި ކޮރަޕްޝަން އެކުލެވިގެންނުވާ ކަމަށް އޭސީސީން ނިންމިއިރު، އެ ފައުންޑޭޝަނުން ކަދުރު ބަހާފައިވަނީ "ސަދަގާތު ފައުންޑޭޝަންގެ ހެޔޮ އެދުންތަކަކާ އެކު" ޖަހައިގެން، އެ ފައުންޑޭޝަންގެ ނަމުގަ އެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު