Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މާލޭގެ ކުނީގެ މައްސަލަ

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

ކުނި އުފުލުމަށް މާޗު މަހު އިތުރު އުޅަނދު ގެންނަނީ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2017 | އަންގާރަ 14:36
ކުނި އުކާލުމަށް އަލަށް ގެނައި ވެހިކަލްތައް އެންވަޔަރަމަންޓް މިނިސްޓަރު އިފްތިތާހްކުރައްވަނީ

ކުނި އުކާލުމަށް އަލަށް ގެނައި ވެހިކަލްތައް އެންވަޔަރަމަންޓް މިނިސްޓަރު އިފްތިތާހްކުރައްވަނީ

މާލެ 10 ޒޯނަކަށް ބަހާލައިގެން ކުނި އުކާލުމުގެ މަސައްކަތް ކުރަމުންދާ އިރު މި ހަފްތާގެ ތެރޭގައި މާލޭގެ ޒޯން ދޭން އަދި ތިނަކުން ކުނި އުކާލުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެމްކޯ އިން ބުނެފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފުއާދު ވިދާޅުވީ، ވެމްކޯ އިން މާލޭގެ ކުނީގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން މާލޭ 10 ޒޯނަކަށް ބަހާލާފައިވާ ކަަމަށެވެ.

Advertisement - newsAdvertisement

މިހާރު ހަމައެކަނި ކުނި އުކުމުގެ މަސައްކަތް ކުރަމުންދަނީ ޒޯން އެކެއްގެ ސަރަހައްދުގައެވެ. ޒޯން އެކެއްގައި ހިމެނެނީ ހެންވޭރުން ކަލާފާނު ސްކޫލާއި އަޑިޕާކު ސަރަހައްދެވެ.

މީގެ އިތުރުން ޒޯން ދޭއް އަދި ތިނެއްގައި ކުނި އުކުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފެށިގެންދާއިރު ކުނި އުކާލުމަށް ބޭނުންކުރާ އާއުޅަނދުތަކެއް ވެމްކޯ އިން މިހާރުވަނީ މާލެ ގެނެސްފަ އެވެ.

މާލޭ ސަރަހައްދުގެ ޒޯން ދޭކަކީ ހެންވޭރު ހުޅަނގަށްވާ ޓީވީ ކޮށި ސަރަހައްދެވެ. އަދި ޒޯން ތިނަކީ ހެންވޭރު އިރުމައްޗަށް، މަޖީދީ މަގާ ވީ ކޮޅެވެ. މި ސަރަހައްދުތަކުގައި ކުނި އުފުލުމައްޓަކާއި 240 ކިލޯ ގްރާމްގެ ތަކެތި އުފުލޭ 20 ޓްރައިސައިކަލާއި 2.5 ޓަނުގެ ތަކެތި އުފުލޭ 10 ކޮމްޕެކްޓް ޓްރަކް ގެނެސްފައި ވެއެވެ.

ފުއާދު ވިދާޅުވީ ޓްރައިސައިކަލް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ހަނި ގޯޅިތަކުގައި ކުނި އުފުލުމަށް ކަމަށާއި ކުރިއަށް އޮތް މަރޗު މަހުގެ ތެރޭގައި ކުނި އުފުލުމަށް އިތުރު އުޅަނދުތައް ގެނައުމަށް ހަަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން 1.5 ޓަނުގެ ކޮމްޕެކްޓް ޓްރަކާއި ޑަންގް ޕިކަޕް ގެނައުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި ޖޫން މަހުގެ ނިއަލަށް މާލޭގެ 10 ޒޯން އެއްކޮށް ކަވަރ ކުރެވޭނެ ކަމަށާއި ހުރިހާ ސަރަހައްދުތަކެއްގައި ޒަމާނީ ވެހިކަލްތަކުގައި ކުނި އުފުލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގައި ކުނި އުފުލުގެ މަސައްކަތް ވެމްކޯ އިން ކުރަމުންދާ އިރު ގެތަކުން ވަކިން ކުނި އުފުލާ ނަމަ 150ރ. ގެ ފީއެއް ނަގައެވެ. އަދި ވަކި ވަކި ބިލްޑިންތަކުން އެއްކޮށް ކުނި ނަގާ ނަމަ ކޮންމެ ގޭބީސީއަކުން 100 ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ.

މާލޭގައި ކުނީގެ މައްސަލަ ބޮޑުވެ، ހައްލުތަކެއް ނުހޯދި އެތައް ދުވަހެއް ވެފައިވާ އިރު މީގެ ކުރިން އިންޑިޔާގެ ކުންފުންޏެއް ކަމުގައިވާ ޓަޓުވާއާ ހަވާލުކޮށްގެން ވެސް ކުނީގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތެއް ފެށި އެވެ. އެހެން ނަމަވެސް އެތަށް ދުވަހެއްވީ އިރުވެސް އެ މަސައްކަތް ނުފެށިފައިވުމުން މިހާރު އެމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ސަރުކާރުގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ވެމްކޯއާއެެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު