Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަންދު ކޮލެޖަށް ބަދަލު ދިނުމަށް ނިންމުން

މަންދު ކޮލެޖަށް ބަދަލުދިނުމަށް ނިންމި ނިންމުމާ ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިޔުން ސަރުކާރަށް

އެމްއީއެސް އިމާރާތް އަތުލި މައްސަލާގައި ދައުލަތުން ވަނީ މަންދުކޮލެޖަށް 15 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 އެޕްރީލު 2021 | ހޮނިހިރު 04:32
ކުރީގައި އެމްއީއެސް ހިންގި އިމާރާތް

ކުރީގައި އެމްއީއެސް ހިންގި އިމާރާތް

އެމްއީއެސް ކުރިން ހިންގި އިމާރާތް މަންދު ކޮލެޖަށް ދޫކުރި އެއްބަސްވުުން ބާތިލްކޮށް ސަރުކާރުން އެތަން އަތުލި މައްސަލާގައި ގެއްލުމުގެ ބަދަލަށް 15 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރުމާއި ގުޅިގެން އެމްޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކޮށްފިއެވެ.

މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް އެމްއީއެސް ކުރިން ހިންގި އިމާރާތް ސަރުކާރުން ދޫކޮށްފައި ވަނިކޮށް 2015 ގައި ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލްކޮށް އެތަން އަތުލާފައެވެ. އެތަން އަތުލީ އެއްބަސްވުމާ އެއްގޮތަށް އިންޓަނޭޝަނަލް ސްކޫލެއް އެތަނުގައި ހިންގާފައިނުވާ ކަމަށް ބުނެ އެވެ. އެހެންނަމަވެސް ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. މި ހުކުމްތަކަށް ފަހު ގެއްލުމުގެ ބަދަލަށް 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފައެވެ. އަދި އެއް މަސް ތެރޭގައި އެ ފައިސާ ދައްކަން ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

Advertisement - newsAdvertisement

ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން 15 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވުމާއި ގުޅިގެން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ މެމްބަރުންނާއި ބައެއް އެހެން މެމްބަރުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެގޮތުން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވަނީ ރައްޔިތުން އަނގަ އާއި އަތާ ދިމާ ނުވެ ތިއްބައި ބޮޑުންނަށް މިލިއަނުން ފައިސާ ދޫކުރަނީ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ޓްވީޓެއްގައި ވަނީ ސަރުކާރުގެ ބިމަކުން ބަޔަކު ނެރެލުމުން އެ މީހުންނަށް ބަދަލުގެ ގޮތުގައި ލިބުނީ ބިމެއް ގަނެވެލޭވަރުގެ އަގެއް ކަމަށެވެ.

އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އާއިލާގެ މީހުންނަށް ވަޒީރުކަން ދޭން ބޭނުންވާ މީހުންނާއި ފަޅު ރަށްތައް ބަހަން ބޭނުންވާ މީހުންނާއި ބަދަލުގެ ގޮތުގައި ނުހައްގުން ބޮޑެތި އަދަދުތައް ހޯދަން ބޭނުންވާ މީހުން ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ބޭނުން ނުވާނެކަމަށެވެ.

މިކަމާއި ގުޅިގެން ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްތިއުނާފުގެ ހުރިހާ މަރުހަލާއެއް ނުނިމެނީސް ދައުލަތުން ބަދަލު ދީގެން ނުވާނެ ކަމަށެވެ. މައްސަލަ ކޯޓަށް ދިއުމުން ވަކި ގޮތަކަށް ކޯޓުގައި އެއްބަސްވުމުގެ ބާރު ދައުލަތަށް ނޯންނާނެ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދިނުމަށް ދައުލަތުން އެއްބަސްވުމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ކުރިން ވެފައިވާ އެއްބަސްވުންތައް އުވާލުމާއި މިފަދަ އެކި މައްސަލަތަކުގައި އެކި ފަރާތްތަކަށް ދައުލަތުން މިހާތަނަށް ބަދަލުގެ ގޮތުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަނީ ދައްކަންޖެހިފައެވެ. މިސަރުކާރުގެ އެންމެ ކުރީކޮޅު މިގޮތަށް ގިނަ އަދަދަކުން ބަދަލުގެ ގޮތުގައި ދިނުމަށް ދައުލަތުން އެއްބަސްވާން ފެށުމުން ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އޭރުވެސް ސަރުކާރަށް އަމާޒުވެފައެވެ. މިކަމާއި ގުޅިގެން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން އޭރުވެސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

12 ޖުލައި 2017

އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ގޮތް ނިންމާނީ ސުޕްރީމް ކޯޓުކަމަށް ނިންމި ނިންމުން ރިވިއު ކުރުމަށް ހުށަހަޅައިފި

12 ޖުލައި 2017
އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ގޮތް ނިންމާނީ ސުޕްރީމް ކޯޓުކަމަށް ނިންމި ނިންމުން ރިވިއު ކުރުމަށް ހުށަހަޅައިފި
19 ޖޫން 2017

އިހަވަންދޫ ކައުންސިލްގެ ނިންމުމާމެދު އެލްޖީއޭ އިން ގާނޫނީ ލަފާ ހޯދަނީ

19 ޖޫން 2017
އިހަވަންދޫ ކައުންސިލްގެ ނިންމުމާމެދު އެލްޖީއޭ އިން ގާނޫނީ ލަފާ ހޯދަނީ
30 މެއި 2017

ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ނިންމި ނިންމުން ބާތިލްކުރުމަށް ހުށައަޅައިފި

30 މެއި 2017
ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ނިންމި ނިންމުން ބާތިލްކުރުމަށް ހުށައަޅައިފި
16 މެއި 2017

މަންދު ކޮލެޖާއި މެލޭޝިއާގެ ބްރިކްފީލްޑްސް އޭޝިއާ ކޮލެޖާއެކު އެމްއޯޔޫއެއްގައި ސޮއެކޮށްފި

16 މެއި 2017
މަންދު ކޮލެޖާއި މެލޭޝިއާގެ ބްރިކްފީލްޑްސް އޭޝިއާ ކޮލެޖާއެކު އެމްއޯޔޫއެއްގައި ސޮއެކޮށްފި
13 މެއި 2017

މިރޭ އިއުލާންކުރަން ނިންމި، ވަގުތީ ނަތީޖާ މާދަމާއަށް ފަސްކޮށްފި

13 މެއި 2017
މިރޭ އިއުލާންކުރަން ނިންމި، ވަގުތީ ނަތީޖާ މާދަމާއަށް ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު