Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިތުބާރު ނެތްކަމުގެ މައްސަލަ

އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ގޮތް ނިންމާނީ ސުޕްރީމް ކޯޓުކަމަށް ނިންމި ނިންމުން ރިވިއު ކުރުމަށް ހުށަހަޅައިފި

ސުޕްރީމް ކޯޓުން ނިންމި ނިންމުން ރިވިއު ކުރުމަށް ހުށަހަޅާފައިވަނީ ޕްރިމިއަރ ޗެމްބާސް އިން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 12 ޖުލައި 2017 | ބުދަ 16:20
ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓު

އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ގޮތް ނިންމާނީ ސުޕްރީމް ކޯޓު ކަމަށް ނިންމި ނިންމުން ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ސުޕްރީމް ކޯޓުގެ ހުކުމް ރިވިއު ކުރުމަށް ހުށަހަޅާފައިވަނީ އަލްއުސްތާޛް މައުމޫން ހަމީދުގެ ލޯ ފަރމް، ޕްރިމިއަރ ޗެމްބާސް އިންނެެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުގެ ގަޟިއްޔާއަކުން ނިންމާފައިވާ ނިންމުމެއްގައި ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ނިޒާމް ފުނޑުފުނޑުވެ ދައުލަތުގެ އެއްބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާތަކާއި އަދި ލިބިދީފައިވާ ބާރުތަކާއި އިޚްތިޔާރުތައް ނެތިކުރެވިގެންދާ އަދި ގާނޫނުއަސާސީގެ ރޫހާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގިގޮތުގެ ސައްހަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަހެނޭޅޭނެ ކަމަށް ޕްރިމިއަރ ޗެމްބާސްއިން ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މިކަމަކީ، ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ށ) އިން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ އިހްތިޔާރުތަކާއި ބާރުތައް ގެއްލިގެންދާނެ ކަމެއް ކަމަށް ވެސް މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.

ސުޕްރީމް ކޯޓުން ނިންމަވާފައިވާ ނިންމެވުމަކީ ގާނޫނު އަސާސީގެ ޞަރީހަ ނައްސާއި ކަނޑައެޅިގެން ހިލާފު ނިންމުމެއް ކަމަށް ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ނިންމުމުގެ ސަބަބުން ދިވެހި ދައުލަތުގެ އެންމެހާއި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި މިހުރިހާ ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިން ކަން ޕްރިމިއަރ ޗެމްބާސްއިން ރިވިއު ކުރުމަށް އެދި ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

މިގޮތަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު ސުޕްރީމް ކޯޓުން ނިންމި ނިންމުމުގެ ސަބަބުން ރައްޔިތުންނަށް ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ލިބިދީފައިވާ ބާރު ނެތިގެންދާ ކަމަށް ވަނީ ބަޔާންކޮށްފައެެވެ.

ދައުލަތުގެ އެއްބާރަށް ލިބިފައިވާ އިމްތިޔާޒްތަކާއި ބާރުތައް ގެއްލިގެންދާފަ ގޮތަކަށްކުރެވޭ ކޮންމެ އަމަލެއް ނުވަތަ ނިންމާ ކޮންމެ ނިންމުމެއްގެ ސަބަބުން ގާނޫނު އަސާސީގެ ބާރު ކެނޑި، ދައުލަތުގެ އާންމު މަސްލަހަތަށް އަސަރުކުރާ ކަމަށް މި ހުށަހެޅުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުމުގެ ސަބަބުން ގާނޫނުގެ ވެރިކަން ހިންގުމުގެ ނިޒާމަށް އިއާދަ ނުކުރެވޭފަދަ ގެއްލުންތަކެއް ލިބުން އެކަށީގެންވާ ކަމަށް މައުމޫން ހަމީދުގެ ލޯ ފާމުން ހުށަހެޅި މައްސަލައިގައި ފާހަަގަކޮށްފައިވެއެވެ.

ޕްރިމިއަރ ޗެމްބާސް އިން ހުށަހެޅި މި މައްސަލައިގައި ބުނީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރަކުން ނިންމެވި ދެ ނިންމުމަކާއި ގުޅިގެން އުފެދޭ ގާނޫނީ ޚިލާފެއްގައި ބަންޑާރަ ނައިބު ޝަރީއަތަށް މައްސަލަ ހުށަހެޅުއްވުން ފަދަ ކަންކަމުގައި ހަމައެކަނި އެއްް ފަރާތެއްގެ ނިންމުމުގެ ދިފާއުގައި ވަކާލާތުކުރުމަކީ ރާއްޖޭގެ ގާނޫނު އަސާސީގެ 133 ވަނަ މާއްދާއިގައި ބަޔާންކޮށްފައިވާ "މުޅި ދައުލަތް ތަމްސީލު ނުކުރެއްވޭ" ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުއްވުމާ ޚިލާފަށް ބަންޑާރަ ނައިބު ކުރައްވާފައިވާ ކަމެއް ކަަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ފަހު ބަސް ނުވަތަ ނިންމުން ނިންމާ ފަރާތަކީ ސުޕްރީމް ކޯޓުކަމަށް އެ ކޯޓުން ކަނޑައަޅާފައިވަނީ މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހުއެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައަޅާފައިވަނީ ބަންޑާރަ ނައިބުގެ އޮފީހުން އެ ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަައި ނިންމި ނިންމުމުގައެވެ.

އެދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އެކަށީގެންވާ ސަބަބެއްނެތި ސިޔާސީ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓު ނުނެގޭނެ ކަމަށާއި އެކަށީގެންވާ ސަބަބަކާ އެކު އިތުބާރު ނެތްކަމުގެ ވޯޓެއް ނެގި ނަމަވެސް އެކަމުގެ ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަަމަށެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު