Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިހާބުގެ ނަތީޖާ

މިރޭ އިއުލާންކުރަން ނިންމި، ވަގުތީ ނަތީޖާ މާދަމާއަށް ފަސްކޮށްފި

އިއުލާން ކުރަން ފަށާނީ މާދަމާ ހެނދުނު 9:30 ގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 13 މެއި 2017 | ހޮނިހިރު 20:57
ވޯޓު ފޮށިތަކެއް: ވަގުތީ ނަތީޖާ މާދަމާ

ވޯޓު ފޮށިތަކެއް: ވަގުތީ ނަތީޖާ މާދަމާ

މިމަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2017 ގެ ވަގުތީ ނަތީޖާ އިއުލާންކޮށް ހޮނިހިރު ދުވަހުގެރޭ ނިންމާލުމަށް ރޭވުމަށް ފަހު, ވަގުތީ ނަތީޖާ އިއުލާންކުރުން މާދަމާއަށް ފަސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ރާއްޖެ އެމްވީއަށް ވަނީ އެކަން ކަށަވަރުކޮށް ދެއްވާފައެވެ. އަދި އެކޮމިޝަނުން ވަނީ އެކަން ޓްވީޓްވެސް ކޮށްފައެވެ.

Advertisement - newsAdvertisement

އިލެކްޝަންސް ކޮމިޝަނުން ވަގުތީ ނަތީޖާ އިއުލާންކުރަން ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހު ހެނދުނުއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް ކުރިން ވިދާޅުވެފައިވަނީ ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ ހޮނިހިރު ދުވަހުގެރޭ އިއުލާންކޮށް ނިންމާލެވޭނެކަމަށެވެ. އެގޮތުންމިހާތަނަށް އިއުލާންކުރެވިފައިނުވާ 21 ދާއިރާގެ ވަގުތީ ނަތީޖާ ހޮނިހިރު ދުވަހުގެރޭ އިއުލާންކުރާނެކަމަށް އަކުރަމް ވިދާޅުވިއެވެ. ނަމަވެސް މިހާރު ހަމަޖައްސާފައިވަނީ އާދީއްތަ ދުވަހު (މާދަމާ) ހެނދުނު 9:30 ފެށިގެން ނަތީޖާ އިއުލާން ނުކުރެވި ހުރި ހުރިހާ ދާއިރާއެއްގެ ނަތީޖާ އިއުލާންކޮށް ނިންމާލުމަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މިފަހަރުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރުން ލަސްވާކަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުމަށް ރައްދު ދެއްވާ އަކްރަމް ވިދާޅުވީ އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރެވިފައިވަނީވެސް 9 ދުވަސް ފަހުން ކަމަށެވެ. އެހެންކަމުން އިންތިޚާބު ބޭއްވިތާ ހަފްތާއެއްގެ ތެރޭގައި ހުރިހާ ދާއިރާއެއްގެ ވަގުތީ ނަތީޖާތައް އިއުލާންކޮށް ނިންމާލުމަކީ ލިބުނު ކުރިއެރުމެއްކަމަށް އަކުރަމް ވިދާޅުވިއެވެ.

އަކުރަމް ވިދާޅުވީ ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާތައް އިއުލާންކޮށް ނިންމި ނަމަވެސް އިންތިޚާބާއި ގުޅިގެން ހުށައަޅާފައިވާ ޝަކުވާތައް ބެލުމަށްފަހު އަލުން އެއްވެސް ދާއިރާއެއްގެ ނަތީޖާ އިތުރަށް ޗެކްކުރަން ޖެހިއްޖެނަމަ އެކަމެއް ކުރާނެކަމަށެވެ.

މިއިންތިހާބުގައި 1497 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. ވޯޓްލުމުގެ ހައްގު 255،987 މީހުންނަށް ލިބިފައިވީ ނަމަވެސް އިންތިހާބުގައި ވޯޓްލާން ނިކުމެފައިވަނީ ނިސްބަތުން މަދު އަދަދެކެވެ. އަދި މިއިންތިހާބުގައި ވޯޓްލުމަށް 422 ވޯޓް ފޮށި ބެހެއްޓިއިރު މިއިންތިހާބަށް ހާއްސަކޮށްގެން 431،939 ވޯޓް ކަރުދާސްކޮޅު ވަނީ ޗާޕްކޮށްފަ އެވެ.

މިފަހަރުގެ އިންތިހާބުގައި ޖުމްލަ 653 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. މީގެ ތެރޭގައި ހިމެނެނީ 179 ރަށު ކައުންސިލަށް 563 ކައުންސިލަރުންނާއި 18 އަތޮޅު ކައުންސިލަށް 67 ކައުންސިލަރުންނާއި މާލެ އާއި އައްޑޫ އަދި ފުވައްމުލަކު ސިޓީ ކައުންސިލަށް 23 ކައުންސިލަރުންނެވެ.

މިހާތަނަށް އައިއިރު ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު އިދިކޮޅު އެމްޑީޕީން ވަނީ ސަރުކާރުގެ މައްޗަށް ކުރި ހޯދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
އެނާރޖީ އެފިޝަންސީ އާޓް ކޮމްޕެޓިޝަން 2016ގެ ނަތީޖާ ފާޅުކޮށްފި

އެނާރޖީ އެފިޝަންސީ އާޓް ކޮމްޕެޓިޝަން 2016ގެ ނަތީޖާ ފާޅުކޮށްފި

27 ފެބުރުއަރީ 2017
އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު

އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު