Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަންދު ކޮލެޖު

މަންދު ކޮލެޖާއި މެލޭޝިއާގެ ބްރިކްފީލްޑްސް އޭޝިއާ ކޮލެޖާއެކު އެމްއޯޔޫއެއްގައި ސޮއެކޮށްފި

މި އެމްއޯޔޫގެ ދަށުން އިނގިރޭސި ވިލާތުގެ 25 ޔުނިވާސިޓީއެއްގެ ޑިގްރީ ޕްރޮގްރާމްތަކުގައި މަންދު ކޮލެޖުގެ ދަރިވަރުންނަށް ބައިވެރިވެވޭނެ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 16 މެއި 2017 | އަންގާރަ 14:47
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މަންދު ކޮލެޖާއި މެލޭޝިއާގެ ބްރިކްފީލްޑްސް އޭޝިއާ ކޮލެޖް އާއި ދެމެދު (ބީއޭސީ) އެމްއޯޔޫއެއްގައި މިއަދު ސޮއެކޮށްފިއެވެ.

މި އެމްއޯޔޫގެ ދަށުން މަންދު ކޮލެޖުގެ ބިޒްނަސް ފަސްޓް ޑިގްރީ ޕްރޮގްރާމްގެ ފުރަތަމަ އަހަރު ނިންމާލުމަށްފަހު މެލޭޝިއާގެ ބީއޭސީއަށް ގޮސް ޑިގްރީގެ ބާކީ ހުރި އަހަރު ފުރިހަމަ ކުރެވޭނެ އެވެ. އަދި މި ކޯސް ފުރިހަމަ ކޮށްގެން ލިބޭނީ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީއެއްގެ ޑިގްރީއެއް ކަމަށް ވެސް މަންދު ކޮލެޖުން ބުންޏެވެ. ހަމައެހެންމެ މަންދު ކޮލެޖުގެ ފައުންޑޭޝަން ނިންމާލުމަށްފަހު ބީއޭސީއަށް ގޮސް ސީދާ އިނގިރޭސި ވިލާތުގެ ޑިގްރީ ޕްރޮގްރާމްއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

މަންދު ކޮލެޖުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮލެޖުގެ މޮނިޓަރިން ޑިޕާޓްމަންޓުގެ ޑައިރެކްޓާ އިބްރާހިމް ރަޝީދު ވިދާޅުވީ މަންދު ކޮލެޖުގެ ދަރިވަރުންނަށް، ބީއޭސީގައި ހިންގާ އިނގިރޭސި ވިލާތުގެ 25 ޔުނިވާސިޓީއެއްގެ ޑިގްރީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ރަޝީދު ވިދާޅުވީ މަންދު ކޮލެޖަކި އަބަދުވެސް ދިވެހިންނަށް އާ ކަންތައްތަކެއް ފަހިކޮށްދޭ ކޮލެޖެއް ކަމަށާއި އެހެން ކަމުން ރަނގަޅު ފުރުސަތުތަކުގެ ބޭނުން ދިވެހިން ކުރުމަށް އެދޭ ކަމަށެވެ. މަންދު ކޮލެޖުގެ ދަރިވަރުންނަށް ކިޔަވަން ފުރުސަތު ލިބޭ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ ޕްރޮގްރާމްތަކުގެ ތެރޭގައި، ޔުނިވާސިޓީ އޮފް ލަންޑަންއާއި ޔުނިވާސިޓީ އޮފް ލިވަޕޫލް ފަދަ ޔުނިވާސިޓީތަކުގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބީއޭސީގެ މެނޭޖިން ޑައިރެކްޓާ ފިލިޕް ލިއޮނާޑް ވިދާޅުވީ ބީއޭސީގެ ބޭނުމަކީ އިނގިރޭސި ވިލާތުގެ ތައުލީމު ދިވެހިންނަށް ހެޔޮއަގެއްގައި ފޯރުކޮށްދިނުމަށް ކަމަށެވެ.

މަންދު ކޮލެޖަކީ 1998 ގައި ވުޖޫދަށް އައި މިހާރު 700އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ކޮލެޖެކެވެ.

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2017

މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ އަންގާރަ ދުވަހު: ރައީސް އޮފީސް

14 ޑިސެމްބަރު 2017
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ އަންގާރަ ދުވަހު: ރައީސް އޮފީސް
13 ޑިސެމްބަރު 2017

މެލޭޝިއާގެ ބޮޑުވަޒީރު އަންނަ ހަފްތާގައި ރާއްޖެ ވަޑައިގަންނަވަނީ

13 ޑިސެމްބަރު 2017
މެލޭޝިއާގެ ބޮޑުވަޒީރު އަންނަ ހަފްތާގައި ރާއްޖެ ވަޑައިގަންނަވަނީ
11 ޑިސެމްބަރު 2017

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރާއި މަހުލޫފު ބައްދަލު ކުރެއްވުމުން ރައީސް މައުމޫނު މަރުހަބާ ދަންނަވައިފި

11 ޑިސެމްބަރު 2017
މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރާއި މަހުލޫފު ބައްދަލު ކުރެއްވުމުން ރައީސް މައުމޫނު މަރުހަބާ ދަންނަވައިފި
21 ނޮވެމްބަރު 2017

އެޑިއުކޭޝަނުގެ އިހުމާލުން މަންދު ކޮލެޖުގެ ފަރުނީޗަރުތަކެއް ގެއްލުމުން ބަދަލުގެ ގޮތުގައި 400،000 އަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހިއްޖެ

21 ނޮވެމްބަރު 2017
އެޑިއުކޭޝަނުގެ އިހުމާލުން މަންދު ކޮލެޖުގެ ފަރުނީޗަރުތަކެއް ގެއްލުމުން ބަދަލުގެ ގޮތުގައި 400،000 އަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހިއްޖެ
02 ނޮވެމްބަރު 2017

މުޅި އޭޝިއާގައި ވެސް އެންމެ ބޮޑަށް ދަރާފައިވާ ގައުމަކީ ރާއްޖެ: ގަފޫރު

02 ނޮވެމްބަރު 2017
މުޅި އޭޝިއާގައި ވެސް އެންމެ ބޮޑަށް ދަރާފައިވާ ގައުމަކީ ރާއްޖެ: ގަފޫރު
18 ސެޕްޓެމްބަރު 2017

ވަކީލުން ސަސްޕެންޑް ކުރި މައްސަލައިގައި ލޯ އޭޝިއާއިން ރާއްޖެއަށް ވަފުދެއް ފޮނުވަނީ

18 ސެޕްޓެމްބަރު 2017
ވަކީލުން ސަސްޕެންޑް ކުރި މައްސަލައިގައި ލޯ އޭޝިއާއިން ރާއްޖެއަށް ވަފުދެއް ފޮނުވަނީ
06 ސެޕްޓެމްބަރު 2017

މެލޭޝިއާގެ އާ ނޮން ރެޒިޑެންޓް ސަފީރު ރައީސަށް ފަތްކޮޅު އަރުއްވައިފި

06 ސެޕްޓެމްބަރު 2017
މެލޭޝިއާގެ އާ ނޮން ރެޒިޑެންޓް ސަފީރު ރައީސަށް ފަތްކޮޅު އަރުއްވައިފި
08 އޯގަސްޓު 2017

އަމިއްލައަށް ނަން ހުށަހެޅުމުން ދޭ އޭޝިއާ އެޗްއާރްޑީ އެވޯޑް މިއަހަރު ރައީސް ޔާމީނަށް

08 އޯގަސްޓު 2017
އަމިއްލައަށް ނަން ހުށަހެޅުމުން ދޭ އޭޝިއާ އެޗްއާރްޑީ އެވޯޑް މިއަހަރު ރައީސް ޔާމީނަށް
07 ޖުލައި 2017

ވެލާނާ އެއާޕޯޓަކީ އޭޝިއާގައި ހެދޭ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށްވާނެ: އިކޮނޮމިކް މިނިސްޓަރ

07 ޖުލައި 2017
ވެލާނާ އެއާޕޯޓަކީ އޭޝިއާގައި ހެދޭ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށްވާނެ: އިކޮނޮމިކް މިނިސްޓަރ
05 މެއި 2017

ދެކުނު އޭޝިއާ ސެޓެލައިޓަކީ ސާކްގެ ރައްޔިތުންގެ ބޭނުންތަކަށް ދޭ އަހައްމިއްޔަތުގެ މިސާލެއް: މޯދީ

05 މެއި 2017
ދެކުނު އޭޝިއާ ސެޓެލައިޓަކީ ސާކްގެ ރައްޔިތުންގެ ބޭނުންތަކަށް ދޭ އަހައްމިއްޔަތުގެ މިސާލެއް: މޯދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު