Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ނިންމި ނިންމުން ބާތިލްކުރުމަށް ހުށައަޅައިފި

ހުށައަޅާފައިވަނީ ކޯޓުތަކުގެ ޤާނޫނަށް ގެނައި އެއްވަނަ އިސްލާހުވެސް ބާތިލްކަމަށް ކަނޑައަޅައިދިނުމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 30 މެއި 2017 | އަންގާރަ 23:35
ސުޕްރީމް ކޯޓް - އެ ކޯޓުގެ ބެންޗުގައި މިހާރު ތިއްބަވަނީ ފަސް ފަނޑިޔާރުން

ސުޕްރީމް ކޯޓް - އެ ކޯޓުގެ ބެންޗުގައި މިހާރު ތިއްބަވަނީ ފަސް ފަނޑިޔާރުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނައުމަށް ކޯޓުތަކުގެ ޤާނޫނަށް ގެނައި އެއްވަނަ އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

2014 ވަނަ އަހަރު ކޯޓުތަކުގެ ޤާނޫނަށް ގެނައި، އެއް ވަނަ އިސްލާހުގެ ދަށުން ސުޕްރީމް ކޯޓުގެ ބެންޗަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ބެންޗުގައި 7 ބޭފުޅުން ތިއްބެވިއިރު، ޤާނޫނަށް ގެނައި އިސްލާހާއެކު އެ އަދަދު ވަނީ 5 އަށް މަދުކޮށްފަ އެވެ. އެ އިސްލާހާއެކު، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިންނާއި، ފަނޑިޔާރު މުއުތަސިމް އަދުނާނުގެ މަޤާމުން ދުރުކުރި އެވެ.

Advertisement - newsAdvertisement

ކޯޓުތަކުގެ ޤާނޫނަށް ގެނެސްފައިވާ އެއްވަނަ އިސްލާހާއި، ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިންނާއި، ފަނޑިޔާރު މުއުތަސިމް އަދުނާން މަޤާމުން ވަކިކުރުމަށް ނިންމި ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ނިންމުން ބާތިލްކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައިވަނީ، މަޝްހޫރު ގާނޫނީ ވަކީލު، މައުމޫން ހަމީދާއި ޝާހީން ހަމީދާއި ހަސަން މައާޒް ޝަރީފެވެ. އެ ބޭފުޅުން ހުށަހަޅުއްވާފައިވަނީ ޤާނޫނަށް ގެނައި އިސްލާހާއި، ދެ ފަނޑިޔާރުން ވަކިކުރުމަށް ނިންމި ނިންމުން ޤާނޫނު އަސާސީއާއި ހިލާފު ކަމަށް ކަނޑައަޅައިދިނުމަށެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފައިވާކަމެއް ކަށަވަރެއްނުވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން، ކުރީގެ އުއްތަމަ ފަނޑިޔަރު އަހުމަދު ފާއިޒް ހުސެއިންނާއި، ފަނޑިޔާރު މުއުތަސިމް އަދުނާން ވަކިކުރުމަށް ނިންމީކޮން ކަމަކަށް ބެލުމަށްފަހުގައިކަމެއް އަދިވެސް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ހާމަކޮށްފަ އެއް ނުވެއެވެ. އެ ދެ ފަނޑިޔާރުންގެ ތެރެއިން މުއުތަސިމް އަދުނާނަކީ، އާންމުކޮށްވެސް ސުޕްރީމް ކޯޓުން ނިންމަވާ ނިންމުންތަކުގައި ރައުޔު ތަފާތުވާ ފަނޑިޔާރެކެވެ. އަދި މައްސަލަތައް ނިންމުމުގައި އިންސާފުވެރި ރައުޔުތަކެއް ނެރުއްވާ ފަނޑިޔާރެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގެންފައިވާ، އިހުތިރާމް ލިބިގެންވާ ފަނޑިޔާރެކެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނދިޔާރު އަހުމަދު ފާއިޒް ހުސެއިންނަކީވެސް ބެންޗުން ނިންމާ މައްސަލަތަކުގައި ރައުޔު ތަފާތުވާ ފަނޑިޔާރެކެވެ. ފަހަކަށް އައިސް އަހުމަދު ފާއިޒް ހުސެއިން ގެންދަވަނީ މިހާރުގެ ސުޕްރީމް ކޯޓުގެ ބެންޗުން ނިންމަވާ ބައެއް ނިންމެވުންތަކަށް ނުސީދާގޮތެއްގައި ބަހުގެ ހަމަލާތައްދެއްވަމުންނެވެ.

މިހާތަނަށް އައިއިރު ވެސް ފާއިޒު އާއި މުއުތަސިމް މަގާމުން ދުރުކުރަން ޖޭއެސްސީން ނިންމި ސަބަބެއް، އެ ކޮމިޝަނުން ވެސް އަދި ރައްޔިތުންގެ މަޖިލީހުން ވެސް ހާމައެއް ނުކުރެ އެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރުން އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުﷲ އަރީފެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު