Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުނިޔޭގެ ފޮތާއި ކޮޕީރައިޓްގެ ދުވަސް

"ފޮތްތެރިކަމަށް ލޯބިކުރާ ބައެއްގެ ގޮތުގައި ކުދިން ތަރުބިއްޔަތުކުރުން މުހިއްމު"

23 އެޕްރީލު 2021 | ހުކުރު 16:17

ދުނިޔޭގެ ފޮތާއި ކޮޕީރައިޓްގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "ވާހަކައެއް ޙިއްޞާކޮށްލަމާ" ނުވަތަ "ޝެއާރ އަ ސްޓޯރީ" މި ޝިޢާރު

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 23 އެޕްރީލު 2021 | ހުކުރު 16:17
މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން

މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން

ކުދިންގެ ތަޢުލީމީ ބިންގާ ހަރުދަނާކުރުމަށްޓަކައި އެކުދިންނަކީ ފޮތް ކިޔާހިތްވާ، ފޮތްތެރިކަމަށް ލޯބިކުރާ ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރެއްވުމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ގޮވާލައްވައިފިއެވެ.

ދުނިޔޭގެ ފޮތާއި ކޮޕީރައިޓްގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ޔުމްނާ ފޮނުއްވެވި މެސެޖްގައި، މިއަހަރުގެ މިދުވަސް ރަމަޟާންމަހުގައި ބައްދަލުކުރުމުގެ ސަބަބުން ކީރިތި ޤުރުއާން ގިނަގިނައިން ކިޔަވައި އެ ފޮތުގައިވާ އާޔަތްތަކުގެ މާނައާއިމެދު ވިސްނާ ފިކުރުކުރުމަކީ ނުހަނު ބޭނުންތެރިކަމެއްކަން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، ކޮވިޑް-19އާ މުޅި ދުނިޔެ ހަނގުރާމަ ކުރާ މި ބިރުވެރި ދުވަސްވަރު ފޮތް ކިޔުމާއި، ކިޔައިދިނުމާއި ފޮތްތެރިކަމުގެ މުހިންމުކަން އިހުނަށްވުރެ ބޮޑަށް އިޙުސާސް ކުރެވޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ޔުމްނާ ވަނީ މިއާލަމީ ވަބާއިން ރައްކާތެރިވުމުގެ ގޮތުން މީހުން އެއްވެއުޅޭ އާންމު ތަންތަނަށް ނިކުމެ ނޫޅުމުގެ ސަބަބުން ފޮތް ކިޔުމަށް ވަގުތު ލިބި ފޮތް ކިޔުމަށާއި ފޮތުން މަޢުލޫމާތު އުނގެނުމަށް ލިބިފައިވާ މިފުރުޞަތުގެ ބޭނުން ރަނގަޅަށް ހޯދުމަށް ގޮވާލައްވާފައެވެ. ފޮތްކިޔުމަކީ އައު ކަންކަމަށް އިންސާނާ ވިސްނާ ފިކުރުކުރަން ދަސްކޮށްދޭ މަސްދަރެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކުދިންގެ ތަޢުލީމީ ބިންގާ ހަރުދަނާކުރުމަށްޓަކައި އެކުދިންނަކީ ފޮތް ކިޔާހިތްވާ، ފޮތްތެރިކަމަށް ލޯބިކުރާ ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުން މުހިއްމުކަމަށެވެ. މިފަދަ ދުވަސްވަރެއްގައި ފޮތް ކިޔުން އިތުރުކޮށް މިކަމުން އަރައިގަތުމަށް ހިތްވަރު ހޯދާ ގޭގައި ތިއްބަވާއިރު އަމިއްލައަށް ފޮތް ކިޔުމުގެ އިތުރުން އާއިލާގެ އެހެން މެންބަރުންނަށްވެސް ފޮތް ކިޔުމަށް ބާރުއެޅުއްވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ. އޭޕްރީލް މަހުގެ 23 ވަނަ ދުވަހަކީ، ކޮންމެ އަހަރަކުވެސް ފާހަގަކުރަމުންދާ ދުނިޔޭގެ ފޮތާއި ކޮޕީރައިޓްގެ ދުވަހެވެ.

Advertisement - newsAdvertisement

މިދުވަހުގެ މުނާސަބާގައި މިނިސްޓަރ ޔުމްނާވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހްއަށާއި ދިވެހި ފޮތް ލިއުއްވާ ލިޔުންތެރިންނާއި، ކުތުބުދާރުންނާއި، ޝާއިރުންނާއި، މުސައްނިފުންނާއި، ރާއްޖޭގެ އެކި ރަށްރަށުގައި ކުތުބުޚާނާތައް ހިންގަވާ ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވައި، ފޮތްތެރިކަމަށް ލޯބިކުރައްވާ އެންމެހާ ފަރާތްތަކަށް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

މި އަހަރުގެ ދުނިޔޭގެ ފޮތާއި ކޮޕީރައިޓްގެ ދުވަހުގެ ޝިޢާރަކީ "ވާހަކައެއް ޙިއްޞާކޮށްލަމާ" ނުވަތަ "ޝެއާރ އަ ސްޓޯރީ"، މި ޝިޢާރެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް