Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސުކޫކު ވިއްކައިގެން ދަރަނި އަދާކުރުން

ސުކޫކު ވިއްކައިގެން 190 މިލިއަން ޑޮލަރުގެ ދަރަނި ދައްކައިފި

އައިސީޑީ މެދުވެރިވެގެން ސަރުކާރުން 200 މިލިއަން ޑޮލަރުގެ ސުކޫކެއް ލިސްޓު ކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 އެޕްރީލު 2021 | ބުރާސްފަތި 03:07
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ސަރުކާރުން ވިއްކި ސުކޫކުން ލިބުނު ފައިސާ އިން އަންނަ އަހަރު ދަންކަންޖެހޭ 250 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑުގެ ބޮޑު ބަޔެއް ދައްކާފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ ތެރޭގައި ސަރުކާރުން ބުނެފައިވަނީ ކްރެޑިޓް ސޫއިޒް އާއި އެމިރޭޓްސް އެންބީޑީ ކެޕިޓަލްގެ އިތުރުން އެސްއެސްބީސީ އަދި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) މެދުވެރިވެގެން ސަރުކާރުން 200 މިލިއަން ޑޮލަރުގެ ސުކޫކެއް ލިސްޓު ކޮށްފައިވާ ކަމަށެވެ. އެ ސުކޫކުން ލިބޭ ފައިސާ ބޭނުންކުރާނީ ކުރީގެ ސަރުކާރުގައި ވިއްކާފައިވާ 250 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑު އަންނަ އަހަރު މެޗުއާވާތީ އެ ބޮންޑަށް ފައިސާ ދައްކަން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އޯވަރޑްރޯ ކުރުމުގެ މުއްދަތު އިތުރުކުރުމުގެ މައްސަލަ ދިރާސާކުރި ވަގުތީ ކޮމިޓީގެ ބައްދަލުވުމުގައި މިސުކޫކާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރ ވަނީ މައުލޫމާތުދެއްވާފައެވެ.

މިނިސްޓަރ ވިދާޅުވީ އަންނަ 2022 ވަނަ އަހަރު މެޗުއަވާ 250 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑަކީ އެކީ އެއްފަހަރާ ދައްކަންޖެހޭ ބޮންޑެއް ކަމަށެވެ. އެބޮންޑުގެ ސަބަބުން ލިކިޔުޑިޓީ މެނޭޖްމަންޓަށް ބޮޑު އަސަރެއް ކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާލަތުގައި އިންވެސްޓަރުންނަށްވެސް 2022 ވަނަ އަހަރު ރާއްޖެއަށް އެދެއްކޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ސުކޫކު އިޝޫ ޕްރޮގްރާމްގެ ތެރެއިން ރަނގަޅު ރޭޓެއް ހޯދުމަށްޓަކައި މަސައްކަތްކުރީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެހެންކަމުން މީގެ ހަފްތާއެއް ކުރިން ރާއްޖޭގެ ދަރަނީގެ ހާލަތު ހުރިވަރަށްވުރެ މިހާރުގެ ހާލަތު ރަނގަޅު ކަމަށެވެ. އަދި މިބޮންޑުގެ ތެރެއިން އަންނަ އަހަރު ދެން ދައްކަން ޖެހޭނީ 58 މިލިއަން ޑޮލަރު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ދެން މާކެޓަށް ދާނަމަ ރާއްޖޭގެ ރޭޓިންގްސް ރަނގަޅުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން 2017 ވަނަ އަހަރު ހަތް ޕަސަންޓުގެ އިންޓަރެސްޓު ރޭޓެއްގައި 200 މިލިއަން ޑޮލަރުގެ ސަވަރިން ނުވަތަ ޔޫރޯ ބޮންޑެއް ދޫކުރީ ފަސް އަހަރުން އަނބުރާ ދައްކަންޖެހޭ ގޮތަށެވެ.

މީގެއިތުރުން މި އަހަރަށް ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރުގެ ފަރާތަކަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކަން ސަރުކާރުން ވަނީ ނިންމާފައެވެ. އިސްލާމިކް ކޯޕަރޭޝަން ފޮރ ދި ޕްރައިވެޓް ސެކްޓަރ (އައިސީޑީ) އާއި އެކު ވިއްކުމަށް މަސައްކަތް ކުރާ މި ސުކޫކުގެ މައިގަނޑު އަސާސަކީ އެސެޓް ބޭސްޑް ސުކޫކެވެ. އެގޮތުން އެއީ ދަރަނި ނަގާ ފަރާތުން ކަނޑައަޅާ 100 އިންސައްތަ ދައުލަތުން ހިއްސާވާ ސްޕެޝަލް ޕާރޕޯސް ވެހިކަލް (އެސްޕީވީ) އެއް ގޮތުން 100 އިންސައްތަ ހިއްސާވާ ދައުލަތުގެ ކުންފުންޏަކަށް ދައުލަތުގެ އެސެޓެއްގެ ބެނެފިޝަލް އޯނަރޝިޕް ބަދަލުކޮށް، ސުކޫކުގެ އިންވެސްޓަރުންގެ ފަރާތުން އެސްޓީވީ ގެ ބެނެފިޝަލް އޯނަރޝިޕްގައިވާ އެސެޓް ދައުލަތަށް އިޖާރާ އެއްބަސްވުމެއްގެ ދަށުން ދަރަންޏަށް ނަގާ ފަރާތަށް ލީސް ކުރުން ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ކުރިން މައުލޫމާތުދީފައެވެ.

މިނިސްޓްރީން ބުނީ، ސުކޫކުގެ މުއްދަތު ހަމަވުމުން އެސެޓްގެ ބެނެފިޝަލް އޯނަރޝިޕް ދައުލަތުގެ 100 އިންސައްތަ ހިއްސާވާ އެސް.ޕީ.ވީ އިން އަނބުރާ މިނިސްޓްރީ އޮފް ފިނޭންސަށް ނެގޭނެ ކަމަށެވެ. އެހެންކަމުން މި ސުކޫކު ވިއްކުމަށް އެސެޓެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ބެނެފިޝަލް އޯނަރޝިޕް ފިނޭންސް މިނިސްޓްރީއަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
04 ފެބުރުއަރީ 2017

ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު