Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވެލެންސިއާ އާއި ޔޫވީގެ މެޗު

ޔޫވީ އޮތީ ފޯމުގައި، ސަމާލުވާން ޖެހޭ: އާތީ

22 އެޕްރީލު 2021 | ބުރާސްފަތި 00:23

ވެލެންސިއާ އާއި ޔޫވީ ބައްދަލުކުރާ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެރޭ 22:00 ގައި

އަތޫފް އާތިފް
އަތޫފް އާތިފް | 22 އެޕްރީލު 2021 | ބުރާސްފަތި 00:23
ކުލަބު ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ)

ކުލަބު ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ)

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް މޮޅުވެ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އޮތީ ވަރަށް ފޯމުގައި ކަމަށާއި، އެ ކަމަށް ސަމާލުވާން ޖެހޭ ކަމަށް ކުލަބު ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނެފިއެވެ.

ލީގުގެ އެންމެ ފުލުގައި އޮތް ޔޫވީން އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުވެފައިވާއިރު، އެޓީމުން އަންނަނީ މި ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން 4-1 ގެ ނަތީޖާއަކުން ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު އަތުން ޔޫވީ މޮޅުވެފައިވާއިރު، އެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި 5-1 ގެ ނަތީޖާއަކުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްފައެވެ.

ލީގުގައި ބުރާސްފަތި ދުވަހުގެރޭ ޔޫވީއާ ދެކޮޅަށް ނުކުތުމުގެ ކުރިން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އާތީ ބުނީ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތް ނަމަވެސް ޔޫވީއަކީ ތަފާތު މޮޅު ޓީމެއް ކަމަށާއި، އެގޮތުން ބަލިވި މެޗުތަކުންވެސް އެ ޓީމު ބަލިވެފައިވަނީ ހަނި ފަރަގަކުން ކަމަށެވެ. އަދި މި މެޗަށް ނުކުންނައިރު، އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުވެ، ޔޫވީ މި ވަގުތު އޮތީ ވަރަށް ފޯމުގައި ކަމަށާއި، އެހެންކަމުން ވެލެންސިއާއިން އެ ކަމަށް ތައްޔާރުވާން ޖެހޭ ކަމަށްވެސް ބުންޏެވެ.

ޔޫވީ މެޗަށް ނުކުންނައިރު، ވެލެންސިއާއަށް ވަނީ އަނިޔާގެ ބައެއް މައްސަލަތައް ކުރިމަތިވެފައެވެ. އެގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި އާތީ ވަނީ އެ ޓީމުގެ ހުނަރުވެރި ފޯވާޑް ހުސެއިން ނިޔާޒް މުޙައްމަދު (ބޮކުރީ) ގެ ވާހަކަ ހިއްސާކޮށްފައެވެ. އަނިޔާގެ މައްސަލަތަކާއި، އެކި ސަބަބުތަކާ ހުރެ 2017 ވަނަ އަހަރު ބޮކުރީ ފުރަތަމަ ޑިވިޝަނުން ބްރޭކެއް ނެގިއިރު، އޭނާ އަލުން އަނބުރާ ފުރަތަމަ ޑިވިޝަނުގެ ކުލަބަކާ ގުޅުނީ މި ސީޒަނުގައި ވެލެންސިއާއަށެވެ. އެކަމަކު ދެވަނަ ބުރުގައި އަނިޔާގެ ސަބަބުން ބޮކުރީއަށް ވަނީ ގިނަ މެޗުތަކެއް ގެއްލިފައެވެ. އާތީ ބުނީ މީގެ ކުރިން ބޮކުރީގެ ކަކުލަށް އަނިޔާވި ނަމަވެސް، މި ފަހަރު އަނިޔާވެފައިވަނީ އޭނާގެ ތަނބިކައްޓަށް ކަމަށެވެ. އެހެންކަމުން މީގެ ކުރިން ލިބުނު އަނިޔާ އާއި، މި ފަހުން ލިބުނު އަނިޔާއާ ގުޅުމެއް ނެތް ކަމަށާއި، އެ އަނިޔާއިން ރަނގަޅުވެ ލީގުގެ ތިންވަނަ ބުރުގައި ބޮކުރީ ފެނިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް އާތީ ބުންޏެވެ.

ވެލެންސިއާ މެޗުގެ ކުރިން ޔޫވީގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނީ މި މެޗަށް ނުކުންނައިރު، ޔޫވީއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުވެފައިވުން ކަމަށެވެ. އެކަމަކު މި މެޗަށް ނުކުންނައިރުވެސް ޔޫވީގައި އަނިޔާގެ މައްސަލަތައް އެބައުޅޭ ކަމަށާއި، އަދި ސަސްޕެންޝަނުގެ ސަބަބުން ޑިފެންޑަރު މޫސާ އަޒީމް ހަސަނަށް ނުކުޅެވޭ ކަމަށްވެސް ބުންޏެވެ. އަޒީމް ސަސްޕެންޑްވިއިރު، އޭނާއަކީ ޔޫވީއަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި، އެހެންކަމުން އޭނަ ނެތްތަން ވެލެންސިއާ މެޗުގައި ދައްކާނެ ކަމަށްވެސް ސާންތި ބުންޏެވެ.

ވެލެންސިއާއާ ބެހޭ ގޮތުން ސާންތި ބުނީ މުޅި ވެލެންސިއާ ޓީމު ބިނާވެފައި އޮތީ އަލީ އަޝްފާގު (ދަގަނޑޭ) އަށް ކަމަށާއި، ވެލެންސިއާ މިހާރު އޮތް ހިސާބުގައި އޮތުމުގައި ދަގަނޑޭގެ ދައުރު ބޮޑު ކަމަށެވެ. އަދި ވެލެންސިއާގައި މި ވަގުތު ތިބި ކުޅުންތެރިންގެ ތެރެއިން ދަގަނޑޭ އާއި، އަލީ ފާސިރު (ސެންޓޭ) އަށް ސަމާލުވާން ޖެހޭ ކަމަށާއި، އެ ދެ ކުޅުންތެރިންނަކީ މެޗުގެ ނަތީޖާ އަނބުރާލާނެ ދެ ކުޅުންތެރިން ކަމަށްވެސް ބުންޏެވެ.

ލީގުގައި ވެލެންސިއާއާ ދެކޮޅަށް ޔޫވީ ނުކުންނައިރު، ޔޫވީ އޮތީ ފުލުގައި ކުޅުނު 13 މެޗުން ލިބުނު 9 ޕޮއިންޓާއެކުއެވެ. އަދި ވެލެންސިއާ އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު 12 މެޗުން ލިބުނު 24 ޕޮއިންޓާއެކުއެވެ. ލީގުގެ ދެވަނަ ބުރުގައި ވެލެންސިއާ އާއި ޔޫވީ ބައްދަލުކުރާއިރު، ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗުން ވެލެންސިއާ ވަނީ 4-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އާއި ޔޫވީ ބައްދަލުކުރާ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެރޭ 22:00 ގައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
05 މާރިޗު 2017

ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ

05 މާރިޗު 2017
ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
19 ފެބުރުއަރީ 2017

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ
11 ފެބުރުއަރީ 2017

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް
27 ޖެނުއަރީ 2017

ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް

27 ޖެނުއަރީ 2017
ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް