Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިޔަރު މަސްވެރިކަން ކުރުން

މިޔަރު މަސްވެރިކަންކުރުމުގެ ހުއްދަ ދޫކުރުމުގެ ވާހަކަ ފިޝަރީޒް މިނިސްޓްރީން ސާފުކޮށްދީފި

ދިރާސާތަކުގެ ނަތީޖާ ދައްކާގޮތުން މިޔަރުގެ އާބާދީ އެންމެ އެކަށީގެންވާ ގޮތެއްގައި އިތުރުވެފައެއް ނުވޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 20 އެޕްރީލު 2021 | އަންގާރަ 12:03
ކަނޑުގައިވާ އެންމެ ބޮޑު މިޔަރުގެ ބާވަތް- ފެހުރިހި

ކަނޑުގައިވާ އެންމެ ބޮޑު މިޔަރުގެ ބާވަތް- ފެހުރިހި

މިޔަރުގެ މަސްވެރިކަންކުރުން މަސްވެރިކަމާބެހޭ ގާނޫނުގައި މަނާކޮށްފައި އޮތް އޮތުމަށް ބަދަލު ގެނައުމާއި ގުޅޭގޮތުން ފިޝަރީސް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ޒަހާ ވަހީދު ދެއްކެވި ވަހަކަފުޅު އެ މިނިސްޓްރީން ސާފުކޮށްދީފިއެވެ.

މިޔަރުގެ މަސްވެރިކަން ކުރުމާއި ގުޅޭގޮތުން މަޖިލީހުގެ އިގްތިޞާދީ ކޮމެޓީގައި، މިނިސްޓަރު ދެއްކެވި ވާހަކަފުޅާއި ގުޅިގެން ގިނަބައެއްގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާކަން ފާހަގަކޮށް މިނިސްޓްރީން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވާގޮތުން ލޯ ބޮޑުކަންނެލީގެ ލޭނު މަސްވެރިކަން އަލުން ފެށުމާއި ގުޅޭ ގޮތުން ޒަހާ ދެއްކެވި ވާހަކަފުޅުގައި، އެފަދަ މަސްވެރިކަމެއްގެ ތެރެއިން މިޔަރު ބޭނުމުގެ ފުރުސަތު އޮތްކަން ފާހަގަ ކުރެއްވި ކަމަށާއި އެކަން މެނޭޖް ކުރެވޭނެ ގޮތްތަކެއް ހޯދުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ބުނެފައި ވެއެވެ. އަދި އެއްވެސް ހާލަތެއްގައި، އޭގެ މަގްސަދަކީ މިޔަރުގެ މަސްވެރިކަން މަނާކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނައުން ނޫންކަމަށް ބަޔާނުގައިވެއެވެ.

މިނިސްޓްރީން ބުނީ، މިޔަރުގެ މަސްވެރިކަން މަނާ ކުރިފަހުން ފާއިތުވި 10 އަހަރު ދުވަހުގެތެރޭ، މިޔަރުގެ އާބާދީ އިތުރުވުމުގެ ސަބަބުން ފަރުމަހުގެ މަސްވެރިކަމަށާއި ރީނދޫއުރަހަ ކަންނެލީގެ މަސްވެރިކަމަށް އަސަރުކުރާކަމުގެ ޝަކުވާތަކެއް ލިބިފައި ވާކަމަށެވެ. އަދި އެކަމާ ގުޅިގެން، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރުން ކުރިއަށް ގިނަ ދިރާސާތަކެއް ކުރެވުނު ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. އެހެން ނަމަވެސް އެ ދިރާސާތަކުގެ ނަތީޖާ ދައްކާގޮތުން، މިޔަރުގެ އާބާދީ އެންމެ އެކަށީގެންވާ ގޮތެއްގައި އިތުރުވެފައި ނުވާކަން މިނިސްޓްރީން ފާހަގަކުރެއެވެ.

މިނިސްޓްރީން ބުނީ، މިޔަރުގެ އުނދަގޫ އިތުރުވަނީ، އާދަވެގެން މިޔަރަށް ކާންދިނުމާއި، ކުނިވެ ހަލާކުވާ ޒާތުގެ ތަކެތި މޫދަށް އެޅުމުގެ ސަބަބުންކަމަށްވުމީ އެކަށީގެންވާ ކަމެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން މިޔަރު އާންމުކޮށް ޝިކާރަކުރުމުގައި ގެންގުޅޭ އުކުޅުތަކަށް ނޭދެވޭ ބަދަލު އަންނަ ކަމަށެވެ. އެހެން ކަމުން މިޔަރަށް ކާންދިނުންފަދަ ކަންކަމުން ދުރުހެލިވުމަށް، އާންމުންނާއި، ޑައިވަރުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ގޮވާލާފައި ވެއެވެ.

މިނިސްޓްރީން ބުނީ، މިޔަރު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމުގެ ވިސްނުން އެ މިނިސްޓްރީން އެއްވެސް ވަރަކަށް ނުގެންގުޅޭ ކަމަށެވެ. އެހެން ނަމަވެސް މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހާ، އާންމު ދިރިއުޅުމަށް އަސަރު ނުކުރާނެ ފަދަ ގޮތަކަށް، ގުދުރަތީ ދިރުންތައް ރައްކާތެރިކުރުމަށް އެޅޭނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ތައްޔާރަށް އޮތްކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު