Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިންނަށް ދޭންޖެހޭ ފައިސާ

މަސްވެރިން ކިރުވި މަހަށް ފައިސާ ދޭނެ ގޮތެއް ނެތް - މިފްކޯ

ސެޕްޓެމްބަރު 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޖުމްލަ 9،155،491 ރުފިޔާ ނުދީ އެބަހުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 އޮކްޓޯބަރު 2024 | އަންގާރަ 13:51
މަސްވެރިންނަށް ފައިސާ ނުދޭތީ ކުޑަހުވަދޫގެ މަސްވެރިންވެސް ކުރި މުޒާހަރާގެ ތެރެއިން

މަސްވެރިންނަށް ފައިސާ ނުދޭތީ ކުޑަހުވަދޫގެ މަސްވެރިންވެސް ކުރި މުޒާހަރާގެ ތެރެއިން

މަސްވެރިން ކިރުވި މަހަށް ފައިސާ ދެވޭނެ ގޮތެއް ނެތްކަމަށް މިފްކޯއިން ބުނެފިއެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކިރާފައިވާ މަހަށް ދޭންޖެހޭ 9 މިލިއަން ރުފިޔާ އެބަހުއްޓެވެ. މިފްކޯއިން ބުނީ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކިރި މަހުގެ ފައިސާ ހޯދުމަށް ކުރިއެކޭވެސް އެއްގޮތަށް ސަރުކާރާއެކު މިދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން ކަމަށެވެ. އަދި އުންމީދަކީ ވީއެންމެ އަވަހަކަށް ފައިސާ ހަލާސްކުރުން ކަމަށާއި، މިކަމުގައި އިތުރު މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރާނެ ކަމަށެވެ.

މިފްކޯއިން ހިއްސާކޮށްފައިވާ އަދަދުތައް ދައްކާގޮތުން ފެލިވަރަށް ކިރި މަހަށް ދޭން ޖެހޭ 3.5 މިލިއަން ރުފިޔާ ހުރީ ނުދައްކައެވެ. އަދި ކޫއްޑުއަށް ކިރި މަހަށް ދޭންޖެހޭ 5.45 މިލިއަން ރުފިޔާގެ ނުދީ ހުރި އިރު، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކިރި މަހަށް ދޭންޖެހޭ އެއްލައްކަ ރުފިޔާ އެބަހުއްޓެވެ.

ސެޕްޓެމްބަރު 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޖުމްލަ 9،155،491 ރުފިޔާ ނުދީ އެބަހުއްޓެވެ.

ސެޕްޓެމްބަރު 26 ކުރިން މަސްވެރިންނަށް 17.3 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ ވެސް މަސްވެރިން މުޒާހަރާކޮށްގެންނެވެ. އެއީ 1 މަސް ދުވަހުގެ ފައިސާއެވެ. އެ ފައިސާ ދޫކުރަން ފެށީ، ފިޝަރީޒް މިނިސްޓްރީގެ ޓީމްތައް ރަށްރަށަށް ނާރުވާ މުޒާހަރާކުރަން ފެށުމުންނެވެ.

މި ސަރުކާރު ވެރިކަމަށް އައީ ކިރާ މަހަށް ވަގުތުން ފައިސާއާއި ޑޮލަރުން ފައިސާ ދޭނެކަމުގެ ވައުދާއެކުއެވެ. ނަމަވެސް މަސްވެރިންނަށް ކިރާ މަހަށް ފައިސާ ނުލިބި މަސްވެރިކަމަށް ނުނުކުމެ އެތައް ފަހަރެއްގެ މަތިންވަނީ މުޒާހަރާކޮށްފައެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް