Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑްގެ ހާލަތު

ހޯމަ ދުވަހު ޕޮޒިޓިވްވީ މީހުންގެ އަދަދު 150ން މަތީގައި

ފާއިތުވި 24 ގަޑި އިރު 100 މީހަކު ބަލިން ރަނގަޅުވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 އެޕްރީލު 2021 | ހޯމަ 18:04
މޮބައިލް ޓީމަކުން މާލެ ތެރޭގައި ރޭންޑަމް ސާމްޕަލް ނަގަނީ

މޮބައިލް ޓީމަކުން މާލެ ތެރޭގައި ރޭންޑަމް ސާމްޕަލް ނަގަނީ

އިތުރު 157 މީހަކު ކޮވިޑް-19ށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާ ގޮތުން، އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00ން ހޯމަ ދުވަހުގެ އިރުއޮއްސި 6:00ށް ޕޮޒިޓިވްވި 157 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 71 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 72 މީހެއްގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 12 މީހުންނެވެ. މީގެ އިތުރުން ސިނާއީ މަސައްކަތް ކުރާ ރަށަކުން 2 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ފާއިތުވި 24 ގަޑި އިރު ތެރޭގައި 3122 ސާމްޕަލް ނަގައި ޓެސްޓް ކޮށްފައިވެއެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު ޕޮޒިޓިވްވި 157 މީހުންނާއެކު ރާއްޖޭގައި މިހާތަނަށް 26،505 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެކްޓިވް ކޭހުގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ފާއިތުވި 24 ގަޑި އިރު އެކްޓިވް ކޭސް ވަނީ 57 މީހުން އިތުރުވެފައެވެ. މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ 2735 މީހެކެވެ. މީގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 68 މީހަކަށެވެ. ފާއިތުވި 24 ގަޑި އިރު އިތުރު 8 މީހަކަށް އަންނަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. ފާއިތުވި 24 ގަޑި އިރު ތެރޭގައި 100 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، ޖުމްލަ 23،691 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މި މަހުގެ ތެރޭގައި ދެވަނަ ފަހަރަށް 200ން މަތިން ކޭސް ރިޕޯޓްކޮށްފައިވެއެވެ. އެއީ މި މަހުގެ ފުރަތަމަ ދުވަހު ރިޕޯޓްކުރެވުނު ކޭސްތަކާއި މި މަހުގެ 18 ވަނަ ދުވަހު ރިޕޯޓް ކުރެވުނު ކޭސްތަކެވެ. ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން ކޭސްތައް ފެންނަ މިންވަރު އިތުރުވާނެ ކަމަށް ބެލިވިފައިވާ އިރު، ރަށްރަށުން އަދިވެސް ރޭންޑަމް ސާމްޕަލް ޕޮޒިޓިވްވަމުން އަންނަ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް މަދުވެފައި އޮތުމަށް ފަހު ތިން ވަނަ ރަޅަކާ ކުރިމަތިވީ މި އަހަރުގެ ޖެނުއަރީގައެވެ. އޭގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ފަހު މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން އަނެއްކާވެސް ފިޔަވަޅުތަކަށް ލުއި ދިނެވެ. ލުއިތައް ދިނީ ކޭސްތަކުގެ އަދަދު މަޑުމަޑުން ދަށްވާން ފެށުމުންނެވެ. ޕޮޒިޓިވިޓީ ރޭޓަށް ބަލާ އިރު، މާލެ ސަރަހައްދުގައި ޕޮޒިޓިވިޓީ ރޭޓް ހުރީ 5 އިންސައްތައިން ދަށުގައެވެ. އަދި އަތޮޅު ތެރޭގައި ޕޮޒިޓިވްވިޓީ ރޭޓް ހުރީ 3 އިންސައްތައިން ދަށުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު