Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޮޓެންހަމުން މޮރީނިއޯ ވަކިކުރުން

ޓޮޓެންހަމުގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

19 އެޕްރީލު 2021 | ހޯމަ 10:49

މި ސީޒަނުގައި ޓޮޓެންހަމުގެ ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ދަށްވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 19 އެޕްރީލު 2021 | ހޯމަ 10:49
ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗުގެ މަޤާމުން ވަކިކުރި ހޯސޭ މޮރީނިއޯ

ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗުގެ މަޤާމުން ވަކިކުރި ހޯސޭ މޮރީނިއޯ

ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗުގެ މަޤާމުން ހޯސޭ މޮރީނިއޯ ވަކިކޮށްފިއެވެ.

ހޯމަ ދުވަހުގެ ވަގުތެއްގައި ޓޮޓެންހަމުން ވަނީ މޮރީނިއޯ އާއި އޭނާގެ ކޯޗިން ޓީމު ވަކިކުރިކަން އިޢުލާންކޮށްފައެވެ. އަދި މި ސީޒަނުގެ ނިޔަލަށް އެ ޓީމަށް ދެން ކޯޗުކޮށްދޭނީ ރަޔާން މޭސަން ކަމަށް ޓޮޓެންހަމުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މޮރީނިއޯ ވަކިކުރުމަށްފަހު ޓޮޓެންހަމުގެ ޗެއާމަން ޑެނިއެލް ލެވީ ވަނީ އެ ކުލަބަށް ދިމާވި އެންމެ ދަތި ހާލުގައިވެސް މޮރީނިއޯ އާއި އޭނާގެ ކޯޗިން ޓީމު ކޮށްދިން ޚިދުމަތަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ވިދާޅުވީ މޮރީނިއޯއަކީ ޕްރޮފެޝަނަލް ކަމާއެކު މަސައްކަތްކުރާ ކޯޗެއް ކަމަށާއި، އަދި އެ ޓީމުގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރި ނަމަވެސް، ޓޮޓެންހަމުން އޭނާއަށް އަބަދުވެސް މަރުޙަބާ ކިޔާނެ ކަމަށެވެ.

ޓޮޓެންހަމުން މޮރީނިއޯ ވަކިކުރިއިރު، އޭނާ އެ ޓީމުގައި މަސައްކަތްކޮށްފައިވަނީ 17 މަސް ދުވަހަށެވެ. އެގޮތުން ކުލަބަކާ ހަވާލުނުވެ އަހަރެއްހާ ދުވަހު ހުރުމަށްފަހު، މޮރީނިއޯ ޓޮޓެންހަމުގެ ކޯޗުކަމާ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުވީ ބޮޑު މަޝްރޫއަކާއެކުއެވެ. އެގޮތުން މިދިޔަ ސީޒަނުގެ މެދުތެރެއިން ޓޮޓެންހަމާ ހަވާލުވެ، އޭނާ ރަނގަޅު މަސައްކަތްކޮށްދިންއިރު، ލީގުގެ 14 ވަނައިގައި އޮތް ޓޮޓެންހަމް ތާވަލުގެ ހަވަނައަށް ގެންގޮސްދީ، ޔުއެފާ ޔޫރަޕާ ލީގަށް ވަނީ ކޮލިފައިކޮށްދީފައެވެ.

އެކަމަކު މި ސީޒަނުގައި މޮރީނިއޯއާއެކު ޓޮޓެންހަމުގެ ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން މި ސިޒަނުގެ ޔޫރޮޕާ ލީގުން ޓޮޓެންހަމް ކަޓާފައިވާއިރު، އެ ޓީމު އޮތީ ޕްރިމިއާ ލީގުގެ ހަތްވަނައިގައެވެ. އަދި ލީގުގައި ޓޮޓެންހަމް މިހާތަނަށް ވަނީ 10 މެޗުން ބަލިވެފައެވެ. ނަމަވެސް މޮރީނިއޯގެ އިރުޝާދުގެ ދަށުން މި ސީޒަނުގެ އިނގިރޭސި ލީގު ކަޕުގެ ފައިނަލަށް ޓޮޓެންހަމް ވަނީ ދަތުރުކޮށްފައެވެ. އެގޮތުން ލީގު ކަޕުގެ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް އަންނަ އާދިއްތަ ދުވަހު ޓޮޓެންހަމް ނުކުންނާނެއެވެ.

ޓޮޓެންހަމުގެ ކޯޗުގެ މަޤާމުން މޮރީނިއޯ ވަކިކުރިއިރު، މިއީ އޭނާގެ އިރުޝާދުދިން އަށްވަނަ ޓީމެވެ. އެގޮތުން މީގެ ކުރިން މޮރީނިއޯ ވަނީ ރެއާލް މެޑްރިޑާއި، ޗެލްސީ އަދި އިންޓަ މިލާނާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އަދި ފަހުން މޮރީނިއޯ ވަނީ މެންޗެސްޓާ ޔުނައިޓެޑަށްވެސް އިރުޝާދުދީފައެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި

03 އެޕްރީލު 2017
ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި
30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
18 މާރިޗު 2017

މޮރީނިއޯ އަށް އަހަރެން ކަމަކު ނުދޭ: ޑިޕޭ

18 މާރިޗު 2017
މޮރީނިއޯ އަށް އަހަރެން ކަމަކު ނުދޭ: ޑިޕޭ
14 މާރިޗު 2017

ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ

14 މާރިޗު 2017
ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ
04 މާރިޗު 2017

މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ

04 މާރިޗު 2017
މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ
27 ފެބުރުއަރީ 2017

މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި

27 ފެބުރުއަރީ 2017
މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި
24 ފެބުރުއަރީ 2017

ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި

24 ފެބުރުއަރީ 2017
ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި
15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް