Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިއާގެ ރިޔާސީ އިންތިޚާބު

ސީރިއާގެ ރިޔާސީ އިންތިޚާބު އަންނަ މެއި މަހުގެ 26 ވަނަ ދުވަހު

19 އެޕްރީލު 2021 | ހޯމަ 05:33

ގައުމުން ބޭރުގައި ދިރިއުޅެމުންދާ ސީރިއާގެ ރައްޔިތުންނަށް އެގައުމެއްގައި ހުންނަ އެމްބަސީތަކުގައި، މޭ މަހުގެ 20 ވަނަ ދުވަހު ވޯޓު ލެވޭނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 19 އެޕްރީލު 2021 | ހޯމަ 05:33
ސީރިއާގެ ރައީސް ބައްޝާރުލަ އަސަދު

ސީރިއާގެ ރައީސް ބައްޝާރުލަ އަސަދު

ސީރިއާގެ ރިޔާސީ އިންތިޚާބު އަންނަ މޭމަހު 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މި އިންތިޚާބުގައި އެގައުމުގައި މިހާރު ވެސް ބާރުތައް އޮންނަ ބައްޝާރުލް އަސަދު އަތުން ބާރުތައް ބީވެގެން ނުދާނެ ކަމަށްވަނީ ބެލެވެން ފަށާފައެވެ. މިއީ ހަނގުރާމައިގެ ފަހުން އެގައުމުގައި ބާއްވާ ދެވަނަ އިންތިޚާބެވެ. ސީރިއާގެ ގާނޫނު ހަދާ މަޖިލީހުން، މެއި މަހުގެ 26 ވަނަ ދުވަހު ރިޔާސީ އިންތިޚާބު އޮންނާނެކަން އިއުލާން ކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ.

ގާނޫނު ހަދާ މަޖިލީހުގެ ރައީސް ހައްމޫދާ ސައްބާގް އާންމު ކޮށްފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ، އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް، އިންތިޚާބުގައި ވާދަކުރުމަށްޓަކައި، މި ހަފްތާގެ ހޯމަ ދުވަހުން ފެށިގެން އެޕްލިކޭޝަން ހުށަހެޅޭނެކަމަށާއި، ގައުމުން ބޭރުގައި ދިރިއުޅެމުންދާ ސީރިއާގެ ރައްޔިތުންނަށް އެގައުމެއްގައި ހުންނަ އެމްބަސީތަކުގައި، މޭ މަހުގެ 20 ވަނަ ދުވަހު މި އިންތިޚާބުގައި ވޯޓު ލެވޭނެ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

ބައްޕާފުޅު، ހާފިޒުލް އަސަދު 2000 ވަނަ އަހަރު އަވަހާރަ ވުމާގުޅިގެން ސީރިއާގެ ވެރިކަމާ ހަވާލު ވެވަޑައިގެންނެވި، ބައްޝާރުލް އަސަދު، މި އިންތިޚާބުގައި ވާދަކުރައްވާނެކަން އަދި އިއުލާން ކުރައްވާފައެއް ނުވެއެވެ. ސީރިއާގައި އެންމެ ފަހުން ރިޔާސީ އިންތިޚާބު ބާއްވާފައިވަނީ 2014 ވަނަ އަހަރުއެވެ. އެއީ، އޭރުގެ ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް ކުރެވެން ފެށި މުޒާހަރާތައް މައިތިރިކުރުމަށް ބާރުގެ ބޭނުން ކުރެވުނުތާ 3 އަހަރު ވީތަނާ ބޭއްވުނު ރިޔާސީ އިންތިޚާބެކެވެ. އެ އިންތިޚާބު ވެސް %90 އަށްވުރެ މަތިން ކާމިޔާބު ކޮށްފައިވަނީ ބައްޝާރުލް އަސަދެވެ.

އެއަށްފަހު، ސީރިޔާގައި ހިނގަމުންދާ އަހުލީ ހަގުރާމައިގެ ތެރެއަށް ރަޝިއާއިން ވަދެ، ބައްޝާރުގެ އަސްކަރިއްޔާއަށް ފޯރުކޮށްދިން އެހީތެރިކަމާއެކު، އޭރު އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވި ގިނަ ސަރަހައްދުތައް ބައްޝާރުގެ ސިފައިން އަލުން ވަނީ ހިފާފައެވެ. ސީރިއާގެ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި މިހާރުވަނީ އެގައުމުގެ ހުޅަނގު އުތުރުގެ މަދު ސަރަހައްދު ތަކެކެވެ.

ސީރިއާގެ ގާނޫނު އަސާސީގައިވާ ގޮތުން، އެގައުމުގައި ރައީސްކަމުގައި އެއްބޭފުޅަކަށް ދެމިހުރެވޭނީ ގިނަވެގެން 7 އަހަރުގެ ދެ ދައުރުގައެވެ. އެހެންނަމެވެސް، މީގެތެރޭގައި 2014 ވަނަ އަހަރުގެ އިންތިޚާބީ ދައުރު ހިމަނާފައެއް ނުވެއެވެ.

އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ހުންނަންޖެހޭ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، އިންތިޚާބުގެ ކުރިން ފާއިތުވެދިޔަ 10 އަހަރު މެދުނުކެނޑި ސީރިއާގައި ދިރިއުޅެފައިވުމެވެ. އެހެންކަމުން 51 އަހަރުވަންދެން ސީރިއާގައި ހިނގަމުންދާ އަސަދުގެ އާއިލާގެ ވެރިކަން ނިމުމަކަށް ގެނައުމަށް، އެ ގައުމުން ބޭރުގައި ތިއްބަވައިގެން މަސައްކަތް ކުރަމުންދާ އިދިކޮޅު ގިނަ ފަރާތްތަކަށް މިއިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިގެން ދާނެއެވެ. މީގެއިތުރުން، އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓެއްނަމަ، އިންތިޚާބަށް އެޕްލިކޭޝަން ހުށަހެޅުއްވޭނީ، ސީރިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަދުވެގެން 35 މެންބަރުންގެ ތާއީދާއެކުއެވެ.

ސީރިއާގެ ގާނޫނު ހަދާ މަޖިލީހަކީ ބައްޝާރުލް އަސަދުގެ ބާތު ޕާޓީގެ ސުޕަރ މެޖޯރިޓީ އޮންނަ މަޖިލީހެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
03 މާރިޗު 2017

ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި

03 މާރިޗު 2017
ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް