Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވެކްސިން ދިނުމުގައި ތަފާތުކުރުން

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ވެކްސިން ދިނުމުގައި ތަފާތުކުރުންތައް ބޮޑުވެ އާއްމުންގެ ޝަކުވާ ގިނަވެއްޖެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 18 އެޕްރީލު 2021 | އާދީއްތަ 11:44
ވެކްސިން ޖެހުމަށް ރޯދަމަހުގެ ކުރިން އާޓް ގެލަރީ ކައިރީގައި ހަދާފައިވާ ކިއުއެއް

ވެކްސިން ޖެހުމަށް ރޯދަމަހުގެ ކުރިން އާޓް ގެލަރީ ކައިރީގައި ހަދާފައިވާ ކިއުއެއް

ވެކްސިން ދިނުމުގައި ބައެއް ސެންޓަރުތަކުން ތަފާތުކުރުން ގެންގުޅޭކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުންކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ވެކްސިންގެ ދެވަނަ ޑޯޒް މާލެ ސަރަހައްދުގައި ޖެހުމަށް ރަމަޟާން މަހު ފުރަތަމަ ކަނޑައެޅީ 2 ގަޑިއިރެވެ. އާންމުންގެ ޝަކުވާތައް ގިނަވުމުން ގަޑިއިތުރު ކުރިއެވެ. އެހެންނަމަވެސް ކިއުގައި ތިބޭ އާއްމު ރައްޔިތުންގެ އަދަދަށް ބަދަލު އައިތަން ނުފެނެއެވެ. ވާނީވެސް އެހެންތާއެވެ. ކިއު ހަދައިގެން އާއްމު ރައްޔިތުން ކިއުގައި ތިބޭއިރު، ބައެއް ވެކްސިން ސެންޓަރުންތަކުގައި ފުލުހުންނާއި ސިފައިން އެމީހުންގެ އާއިލާ މީހުންނާއި ރަށްޓެހިން ގޮވައިގެންގޮސް ކިއު ފަޅާފައި ވެކްސިން ޖަހައިގެން ނުކުމެގެން ދަނީއެވެ. ހަމައެކަނި ފުލުހުންނާއި ސިފައިގެ އާއިލާ މީހުން އެކަންޏެއް ނޫނެވެ. ހެލްތް މިނިސްޓްރީ އާއި އެޗްއީއޯސީގެ އިސްވެރިންގެ އާއިލާ މީހުންނާ ރައްޓެހިންގެ ކަންކަން އޮތީވެސް ހަމަ މި އުސޫލުންނެވެ.

އުމުރުން 60 އަހަރުންމަތީގެ މީހުންނަށް ކިއުގައި ނުޖެހި ވެކްސިން ޖެހޭނެ އުސޫލެއް އޮތްނަމަަވެސް ވަކި މިވެނި ވަޒީފާއެއް އަދާކުރާތީވެ ނުވަތަ ތިމާގެ ނުފޫޒު އެކަމެއްގެ އޮންނާތީވެ، އެތައް ގަޑިއިރެއްވަންދެން ކިއުގައި ޖެހިގެން ވެކްސިން ޖަހަން ހުންނަ މީހާގެ ހައްގު ނިގުޅައި ގަންނަންވީ ހެއްޔެވެ. މިކަންކަން އިންތިޒާމުކުރަން ތިބި މީހުންނަށް މިއަދާ ހިސާބަށް މިހެން މިކަން ހިނގަމުން އަންނަކަން ނޭނގެނީ އޭ ބުނެ މިކަމުން ރެކެވޭކަށްނެތެވެ. 9:00 ޖަހާއިރު ކިއު ނަމްބަރު ނަގައިގެން ހުންނަ މީހާގެ ކިއު ނަމްބަރު މިޖެހެނީ ވަކި ބައެއްގެ އާއިލާއާއި ރަށްޓެހިންނަށް ވެކްސިން ދިނުމަށްފަހުގައެވެ. މިހެން މިކަން ހިނގާއިރު، ފުލުހުންނާއި ސިފައިން އަދި ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ އިސް ބޭބޭފުޅުންގެ އާއިލާއާއި ރައްޓެހިންނަށް ވެކްސިން ދީ ނިމުމުން އާންމު ރައްޔިތުންނަށް ވެކްސިން ދޭން ހުޅުވާލާނެކަމަށް ބުނެ ވަކިން އިއުލާނެއް ކުރެއްވުން ކިހިނެތްވާނެތޯއެވެ. އޭރުން އާއްމު ރައްޔިތުމީހާ ކޮންމެ ރެއަކު ކިއުގައި ޖެހިގެން އެ އުފުލާ ތަކުލީފަށް ގައިމު ލުޔެއް ލިބޭނެއެވެ.

އެޗްއީއޯސީއަށް މިކަން މިހެން ހިނގަމުން އަންނަކަން ނޭގެނީ ބާއެވެ. ނޫނީ އެނގޭއިރުވެސް އެކަން އެގޮތަށް ހިންގުމަށް ފުރުސަތު ދެނީ ބާއެވެ. އާދީއްތަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހިނގާކަން ނޭގޭކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ވެކްސިން ދެވަނަ ޑޯޒް ޖެހުމަށް ފުރުސަތު ހުޅުވާލީ އެޕްރީލް މަހުގެ 3 ވަނަ ދުވަހުން ފެށިގެން އާއްމުންގެ ޝަކުވާތައް ބަނޑުންވަމުން އަންނައިރު އެބޭފުޅުންނަށް މިކަން މިހެން ހިނގާކަން ނޭގި އޮތް ކަމަށް ވިދާޅުވުމަކީ ވަރަށް ޒިންމާދާރުކަަން ކުޑަކަމެކެވެ. އަދި ވެކްސިން ޖެހުން ކުރިއަށްގެންދަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށްކަން ގަބޫލުކުރެވޭނެ ހަމަ އެއްގޮތެއްވެސްނެތެވެ.

ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާ ފަހުން ދެވަނަ ޑޯޒް ފުރިިހަމަ ކުރަން ޖެހޭއިރު، ފުރަތަމަ ޑޯޒް ޖަހާތާ 12 ހަފްތާކުރިން 2ވަނަ ޑޯޒް ފުރިހަމަ ކުރަންޖެހެއެވެ. މިހެން މިކަން އޮތްއިރު ފުރަތަމަ ޑޯޒް ފުރިހަމަކުރި އާއްމު ރައްޔިތުން ދެވަނަ ޑޯޒް ޖެހުމަށް ކިއުތައް ދަމާލާފައިވާއިރު، މިކަން ވެފައި މިއޮތީ ބޮޑު ވޭނަކަށެވެ. ރަމަޟާންމަހުގެ ކުރިންވެސް މިކަމުގެ ޝަކުވާތައް އާއްމުން ކުރިއިރު މިކަމަށް ހައްލެއް ނުލިބި، ލިބޭ ކުޑަވަގުތުކޮޅުގައި އާއްމު ރައްޔިތުން ކިއުގައި ޖެހުމުންވެސް އެ ރައްޔިތުމީހާއަށް ވެކްސިން ނުޖެހި މާޔޫސްކަމާއެކު އެނބުރި ގެއަށްދާން ޖެހެނީ އެއްކަލަ ވަކި ވަޒީފާއެއްގައި އުޅޭ، ނުވަތަ މަތީ ފަންތީގެ ބޭފުޅެއްގެ އާއިލާ ނުވަތަ ރައްޓެހިންނަށް އުސޫލުގެ ބޭރުން ވެކްސިން ދިނުމަށް ވަގުތު ހޭދަވެ، ކަނޑައެޅިފައި އޮންނަ ވަގުތު ހަމަވުމުންނެވެ.

ހުރިހާ ދިވެހި ރައްޔިތުންނާ ގުޅިފައި އޮންނަ މިފަދަ ކަންކަމުގައި އުސޫލްތަކަށް އަމަލުކުރަންތިބޭ ފަރާތްތަކުން މިއަށްވުރެ ޒިންމާދާރުވާންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާޒިމާގެ ގާނޫނީ ލަފާ: ވަކި މީހަކު ބޭނުންވާ ގޮތަށް!

އާޒިމާގެ ގާނޫނީ ލަފާ: ވަކި މީހަކު ބޭނުންވާ ގޮތަށް!

04 ނޮވެމްބަރު 2018
އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުން ރަނގަޅު ނިންމުމެއްތަ؟

އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުން ރަނގަޅު ނިންމުމެއްތަ؟

10 މެއި 2018
ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

04 މާރިޗު 2018
ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ހުއްދަ ދިނުމުގައި ސުވާލު އުފެދޭ ކަންތަކެއް!

ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ހުއްދަ ދިނުމުގައި ސުވާލު އުފެދޭ ކަންތަކެއް!

26 އޮކްޓޯބަރު 2017
"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"

"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"

20 އޯގަސްޓު 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު