Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮވިޑް ކޮންޓްރޯލް ކުރުމުގެ މަސައްކަތް

ރަށްރަށުގައި ކޮވިޑް ފެތުރޭ ހާލަތުގައި، ކައުންސިލްތަކުން އަމަލުކުރަންވީ ގޮތުގެ އުސޫލު އާންމުކޮށްފި

މީހުން އެއްވެގެން ހިންގާ އެކިއެކި ޙަރަކާތްތަކުގައި އެޗް.ޕީ.އޭ އިން އެވަގުތެއްގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް އަމަލު ކުރޭތޯ މޮނިޓަރ ކުރަންޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2022 | ބުރާސްފަތި 01:49
ކައުންސިލްތަކުން ކޮވިޑާއި ގުޅިގެން ކަންކަން ކުރަން ޖެހޭނީ އެރަށެއްގައި ހުންނަ ހޮސްޕިޓަލެއް ނުވަތަ ސިއްހީ މަރުކަޒަކާއި ގުޅިގެން

ކައުންސިލްތަކުން ކޮވިޑާއި ގުޅިގެން ކަންކަން ކުރަން ޖެހޭނީ އެރަށެއްގައި ހުންނަ ހޮސްޕިޓަލެއް ނުވަތަ ސިއްހީ މަރުކަޒަކާއި ގުޅިގެން

ރަށްރަށުގައި ކޮވިޑް ފެތުރޭ ހާލަތުގައި، ކައުންސިލްތަކުން އަމަލުކުރަންވީ ގޮތުގެ އުސޫލު އާންމުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ, "މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ކޮވިޑް-19ގެ ބަލިފެތުރުން ކޮންޓްރޯލް ކުރުމުގައި އަމަލު ކުރާނެގޮތުގެ އުސޫލު"ގައި ބުނެފައިވަނީ, ހޮސްޕިޓަލް ނުވަތަ ޞިއްޙީ މަރުކަޒާއި ގުޅިގެން ރަށުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަކުގެ މައްޗަށް ޕްލޭން އެކުލަވާލާ ޕްލޭނާ އެއްގޮތަށް ކައުންސިލްތަކުން މަސައްކަތްތައް ރާވާ ހިންގަން ޖެހޭނެކަމަށެވެ. އަދި ރަށުގައި ހުންނަ ކަމާގުޅޭ އެހެނިހެން އިދާރާތަކާއި ގުޅިގެން ބަލި ކޮންޓްރޯލުކުރުމުގެ މަސައްކަތްތައް ރާވައި ހިންގުމާއި، އެކި ބޭނުންތަކަށް ރަށުން ބޭރުގައި އުޅެފައި ރަށަށް އެނބުރި އަންނަ މީހުންނާއި ރަށުން ފުރާ މީހުން، ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރުމަށް އެންގުމާއި އެކަންކަން މޮނިޓަރ ކުރުމުގެ ނިޒާމެއް ގާއިމް ކުރުން ހިމެނެއެވެ.

Advertisement - newsAdvertisement

ކޮވިޑް-19ގެ ހާލަތަށް ރިޢާޔަތްކޮށް އެޗް.ޕީ.އޭ.އިން އާންމުކުރާ އެންގުންތަކާއި ގައިޑްލައިންތައް ރަށުގައި ތަންފީޒުކުރުމާއި ޞިއްޙީ ޚިދުމަތްދޭ މަރުކަޒާއި ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު އާންމުން ހޭލުންތެރިކުރުމާއި އަހުލުވެރިކުރުން ވެސް ކައުންސިލްތަކުގެ ޒިންމާގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ދަތުރުކުރުމާއި ގުޅިގެން އެޗް.ޕީ.އޭއިން އެއިރަކު ކަނޑައަޅާފައިވާ ގޮތުގެ މަތިން، ހޯމް ކަރަންޓީން ވާންޖެހޭ ފަރާތްތައް ހޯމް ކަރަންޓީނަށް ލުމާއި، ކަރަންޓީނުގައި ތިބޭއިރު ދޭންޖެހޭ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހޯމް ކަރަންޓީނުގައި ތިބޭ މީހުންގެ މައުލޫމާތު ހޮސްޕިޓަލަށް ނުވަތަ ޞިއްޙީ މަރުކަޒަށް ކައުންސިލުން ދޭންޖެހެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ގޭގައި އެކަހެރިވުމާއި، ރަންޓީނުވުމުގައި ހޮސްޕިޓަލް ނުވަތަ ޞިއްޙީ މަރުކަޒަށް އެހީތެރިކަންދިނުން އަދި މިގޮތަށް މީހުން އެކަހެރިވެފައި ނޫނީ ކަރަންޓީނުވެފައިވާ ގެތައް މޮނިޓަރކުރުމާއި ޚާއްޞަ ސަމާލުކަން ދޭންޖެހޭ ފަރާތްތައް ދެނެގަތުން ހިމެނެއެވެ.

އަދި ކޮވިޑް-19 އާއި ގުޅިގެން ގޭގައި އެކަހެރިކޮށްފައިވާ ނުވަތަ ކަރަންޓީނުގައި ތިބޭ މީހުންނަށް ބޭނުންވާ ޒަރޫރީ ކަންތައްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުންމާއި، ކޮވިޑް-19 އާ ގުޅިގެން އާންމުކުރެވޭ ގައިޑްލައިންތަކަށް އާންމުން ހޭލުންތެރިކުރުމާއި އަހުލުވެރިކުރުމަށް ކައުންސިލުން މަސައްކަތް ކުރަންޖެހޭކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ. އަދި ހޮސްޕިޓަލް ނުވަތަ ޞިއްޙީ މަރުކަޒާއި ގުޅިގެން ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށް ރަށު ލެވެލްގެ ޓާސްކްފޯސް އެކުލަވާލުމާއި ޓާސްކްފޯސްގެ މެމްބަރުންނާއި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ދިނުމާއި މަސައްކަތަށް އަހުލުވެރިކުރުމުގެ ކަންތައްތައް ކައުންސިލުން ރާވާ ހިންގަން ޖެހޭނެކަމަށް މި އުސޫލުގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭރުގެ ޓަގު ބޯޓެއް ކުއްލި ހާލަތުގައި އުލިގަމުގައި ބަނދަރުކޮށްފި

ބޭރުގެ ޓަގު ބޯޓެއް ކުއްލި ހާލަތުގައި އުލިގަމުގައި ބަނދަރުކޮށްފި

03 ޖޫން 2017
ލޯންޗް އެކްސިޑެންޓް:11 މީހުންގެ ތެރެއިން ދެ މީހުން ސީރިއަސް ހާލަތުގައި

ލޯންޗް އެކްސިޑެންޓް:11 މީހުންގެ ތެރެއިން ދެ މީހުން ސީރިއަސް ހާލަތުގައި

31 މެއި 2017
މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި

މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި

18 އެޕްރީލު 2017
ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް

ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް

04 އެޕްރީލު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު