Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް ވެކްސިން ޖެހުން

އެމެރިކާގައި 200 މިލިއަނަށްވުރެ ގިނަ ޑޯޒްގެ ވެކްސިން ޖަހައިފި

185 މިލިއަން ޑޯޒް ވެކްސިނަކީ އެމެރިކާގެ ރައީސްކަމާއި ދާދިފަހުން ހަވާލުވެވަޑައިގެންނެވި ޖޯ ބައިޑަންގެ ސަރުކާރުން ޖަހާފައިވާ ވެކްސިން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 އެޕްރީލު 2021 | އާދީއްތަ 02:58
އެމެރިކާ - 200 މިލިއަން ޑޯޒް ވެކްސިން ޖެހުމަށް ކަނޑައެޅި ޓާގެޓަށް ވާސިލްވަނީ

އެމެރިކާ - 200 މިލިއަން ޑޯޒް ވެކްސިން ޖެހުމަށް ކަނޑައެޅި ޓާގެޓަށް ވާސިލްވަނީ

ކޮވިޑްގެ ހާލަތު އެންމެ ގޯސް އެއް ގައުމުކަމުގައިވާ އެމެރިކާގައި މިހާތަނަށް 202 މިލިއަން ޑޯޒްގެ ވެކްސިން ޖަހާފައިވާ ކަމަށް، އެގައުމުގައި ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެފިއެވެ.

އެމެރިކާގެ ސީޑީސީން ނެރިފައިވާ ޑާޓާތައް ދައްކާ ގޮތުން އެމެރިކާގައި 202 މިލިއަން ޑޯޒް ވެކްސިން ޖަހާފައިވާ އިރު، މީގެ ތެރެއިން 185 މިލިއަން ޑޯޒް ވެކްސިނަކީ އެމެރިކާގެ ރައީސްކަމާއި ދާދިފަހުން ހަވާލުވެވަޑައިގެންނެވި ޖޯ ބައިޑަންގެ ސަރުކާރުން ޖަހާފައިވާ ވެކްސިނެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 200 މިލިއަން ޑޯޒް ވެކްސިން ޖެހުމަކީ ބައިޑަންގެ އެއް ވައުދެވެ.

ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 100 މިލިއަން ޑޯޒްގެ ވެކްސިން ދިނުމަށް ހިފާފައިވާ އަމާޒު ހާސިލްވެ ފަހުން އެ އަދަދު 200 މިލިއަނަށް މަތިކޮށްފައިވާ އިރު، ބައިޑެންގެ ސަރުކާރުން 200 މިލިއަން ޑޯޒް ޖެހުމުގެ ލަނޑުދަނޑިއަށް ވާސިލްވާނީ އެގައުމުގައި ޖުމްލަ 218 މިލިއަން ޑޯޒްގެ ވެކްސިން ޖަހައިގެންނެވެ.

ސީޑީސީގެ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާ ގޮތުން، 202.2 މިލިއަން ޑޯޒްގެ ވެކްސިން މިހާތަނަށް ޖަހާފައިވާ އިރު، އެގައުމަށް 258.5 މިލިއަން ޑޯޒްގެ ވެކްސިން ވަނީ ލިބިފައެވެ. ހަފްތާ ބަންދާ ހަމައަށް އައި އިރު ހޮނިހިރު ދުވަހު އެކަނި ވެސް 4 މިލިއަން ޑޯޒްގެ ވެކްސިން އެގައުމުގައި ޖަހާފައިވެއެވެ. އަދި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 3.3 މިލިއަން ޑޯޒްގެ ވެކްސިން އެގައުމުގައި އަންނަނީ ދެމުންނެވެ.

މިހާތަނަށް އެމެރިކާގައި 38.5 އިންސައްތަ މީހުން ނުވަތަ 128 މިލިއަން މީހުން ވަނީ 1 ޑޯޒް ޖަހާފައެވެ. އަދި އެމެރިކާގެ އާބާދީގެ 24 އިންސައްތަ މީހުން ނުވަތަ 81 މިލިއަން މީހުން ވަނީ ދެވަނަ ޑޯޒާއެކު ވެކްސިން ފުރިހަމަކޮށްފައެވެ.

އެމެރިކާވެކްސިން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
06 ޑިސެމްބަރު 2025

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

06 ޑިސެމްބަރު 2025
ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު