Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިދާރީ

އިދާރީ ބަދަލަކުން ފުލުހުންގެ މުއައްސަސާ ރަގަޅުވެދާނެތަ؟

ގާނޫނަކީ ކޮންމެ ކަމެއްގެ ހައްލެއް ނޫން

މުހައްްމަދު ނިޝާން އިބްރާހިމް
މުހައްްމަދު ނިޝާން އިބްރާހިމް, ރާއްޖެ އެމްވީ | 16 އެޕްރީލު 2021 | ހުކުރު 17:13
މައްސަލައެއްގައި ހައްޔަރުކުރެވުނު މީހަކު ފާސްކުރަނީ

މައްސަލައެއްގައި ހައްޔަރުކުރެވުނު މީހަކު ފާސްކުރަނީ

ދިވެހިންގެ މެދުގައި އަބަދުވެސް ދައްކަމުން އަންނަ ވާހަކައަކީ ފުލުހުންގެ މުއައްސަސާއިން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރާކަމުގެ ވާހަކައާއި، އިންސާފުން ބޭރުން ކަންކަން ކުރަމުން އަންނަ ވާހަކައާއި، ހަމަހަމަކަމެއް ނެތްކަމާއި، ފުލުހުން ޕްރޮފެޝަނަލް ނޫންކޮށް ކަންކަން ނިންމާކަމާއި، މުއައްސަސާ ސިޔާސީވެފައިވާ ވާހަކަ އެވެ.

ވަރަށް ފަހުން ފުލުހުންގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެވި ފުލުހުންގެ މުއައްސަސާގެ މައްޗަށް ބޯޑެއް ގެނެވި ފުލުހުންގެ ރޭންކުތަކާއި މުސާރައާއި ވަޒީފާތަކުގެ އޮނިގަނޑާއި، ޑިޕާރޓްމަންޓުތަކާއި އެތަންތަނުގެ އިދާރީ އޮނިގަނޑަށް މުހިންމު ބޮޑެތި ބަދަލުތަކެއް ގާނޫނަކުން ގެނެވިފައިވާކަން ފެންނަން އެބައޮތެވެ.

އެހެންނަމަވެސް ސުވާލަކީ އިދާރީ ގާނޫނެއްގައި ބަދަލުތަކެއް ލިޔުނަސް މުއައްސަސާއަށް ބަދަލު އަތުވެދާނެ ކަމަށް ގަބޫލުކުރެވޭތޯއެވެ؟ މިއުޅެނީ ގާނޫނުގެ މައްސަލައެއްތޯއެވެ؟ ރޭންކުތައް ހުރި ގޮތުން ކަންކަން ނުވެގެންތޯއެވެ؟ ޑިޕާރޓްމަންޓުތަކުގެ ނަންތަކުގެ މައްސަލައެއްތޯއެވެ؟ ފުލުހުންނަށް ދެމުން އަންނަ މުސާރައާއި އިނާޔަތްތަކުގެ މައްސަލައެއްތޯއެވެ؟ އަރާ ބޫޓާއި ފައިވާނުގެ މައްސަލައެއްތޯއެވެ؟

2008 ވަނަ އަހަރުން ފެށިގެން ފުލުހުންގެ މުއައްސަސާ ހިންގަމުން އައީ ވަކި ގާނޫނަކުން ކަން އެނގެން އޮވެއެވެ. އެއިރު އަމަލުކުރަމުން އައި ގާނޫނުގައިވެސް ފުލުހުންގެ މަސައްކަތުގެ ގޮތުން ނުކުރެވޭނެކަމެއް އޮތްތަނެއް ފެނިގެން ގޮސްފައި ނުވެއެވެ. އަދި ވަކި މާއްދާއެއް އޮތުމުން، ނުވަތަ ވަކި މާއްދާއެއް ނެތުމުން އިންސާފު ގާއިމްކުރުމަށް ހުރަހެއް އެޅުނުތަނެއް ނުފެނުނެވެ.

2008 ވަނަ އަހަރުގެ 5 ވަނަ ގާނޫނުގެ ބާރު 2021 ވަނަ އަހަރުގައި ނިމި ފުލުހުންގެ އާ ގާނޫނެއްގެ ގޮތުން 2020 ވަނަ އަހަރުގެ 34 ވަނަ ގާނޫނަށް އަމަލުކުރަން ވަނީ ފަށާފައެވެ. އެހެންނަމަވެސް އިދާރީ ބަދަލުތައް ފިޔަވައި އިތުރު ބަދަލެއް އައިތަނެއް އަޅުގަނޑުމެންނަށް ނުފެނުނެވެ. ޕޮރޮފެޝަނަލް ކަމަށް ކުރިއެރުމެއް ލިބުނުތަނެއް ނުފެނުނެވެ. އިންސާފުގެ ދުވެލި ބާރުވިތަނެއް ނުފެނެއެވެ.

ކަންކަން މިގޮތަށް ވެގެން ދިޔުމުން، ކަންކަން ހައްލު ނުވެގެން މިއުޅެނީ ގާނޫނުގެ މައްސަލައަކުން ނޫންކަން ވަރަށް ސާފުކޮށް އެނގެއެވެ. އަދި މިއީ ރޭންކުތަކާއި މުސާރައިގެ މައްސަލައެއް ނޫންކަމާއި، ޑިޕާރޓްމަންޓާއި ޔުނިޓުތަކުގެ ނަމުގެ މައްސަލައެއްވެސް ނޫންކަން އެނގެއެވެ. އަދި ޔުނިފޯމްގެ މައްސަލައެއް ނޫންކަމާއި، އަރާ ބޫޓުތަކާއި، ގެންގުޅޭ ވެހިކަލުތަކުގެ މައްސަލައެއްވެސް ނޫނެވެ.

މިކަންކަން ވެގެން އުޅޭ ގޮތަށް ވިސްނާލާއިރު، ފުލުހުންގެ ތެރޭގައި ހަރުލާފައިވާ ބައެއް ސިފަތަކަށް ބަދަލުނައިސްގެން މިއުޅެނީ އަދި ޕްރޮފެޝަނަލް ވުމަށް ހުރަސް މިއެޅެނީ، އިންސާފުން ކަންކަން ކުރުމަށް ހުރަސްއެޅޭ ސަބަބަކީ އެތަނުގައި ތިބި ބައެއް މީހުންގެ ސަބަބުން ކަމަށް ގަބޫލުކުރުމުގެ ފުރުސަތު އެބައޮތެވެ. ފުލުހުންގެ ތެރޭގައި ނަނގާ ކިޔަން އަބަދުވެސް ތިބީ ހަމަ އެއްބައެކެވެ. އެމީހުން ބަދަލުވާތަނެއް އެއް އިރެއްގައިވެސް ނުފެނެއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ފުލުހުންގެ މުއައްސަސާ ރަގަޅަށް ހިނގުމުގައި އުނދަގޫތަކެއް މެދުވެރިވާކަމަށް ގަބޫލުކުރެވުމުން ބަޔާންކުރެވުނު މީހުންގެ ތެރެއިން ބައެއް މީހުން ސަސްޕެންޑްކުރުމާއި ވަޒީފާތަކުން ވަކިކުރިތަން ފެނިގެން ދިޔައެވެ. އެހެންނަމަވެސް މިއަދު ފެނިގެން މިދަނީ އެމީހުން އަލުން ވަޒީފާތަކަށް ނެރެ، ވަޒީފާތަކުން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ދިން ދުވަހާއި ހަމައަށް މުސާރައާއި އިނާޔަތް އެކީ އެއްފަހަރާއި ދައުލަތުގެ މާލިއްޔަތުން ދިންތަނެވެ.

ކަންކަން ރަގަޅުކުރުމަށް ގާނޫނަކީ ހައްލެއް ނޫންކަން ފުލުހުންގެ ތެރެ ބަލާލުމުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. ކަންކަން ހައްލުވާނީ އެކަމަށް އަރަފޯދިގެންވާ އިލްމާއި ހިލްމުގެ ގާބިލު މީހުން ތަންތަނުގައި ނަނގާ ކިޔަންވެސް ތިބެގެންނެވެ. ޖަޒުބާތީ ފަނާކުރަނިވި ގަނޑުބަޑުކުރަނިވި ތައައްުސުބުން ފުރިގެންވާ މީހުން ތަންތަނުގައި ތިބިކަމުގައިވިޔަސް އަސަރެއް ނުކުރާނެއެވެ.

މާމުޔަކީ ފޮނިއެއްޗެކެވެ. އެއް އިރެއްގައިވެސް ހުތް އެއްޗެއް ނޫނެވެ. ފެންނަން ހުއްޓަސް އަރުގައި ނުޖެހެންޏާ ފޮނިކަމެއް ހުތް ކަމެއް ނޭނގޭތަން އައުމަކީ ވެދާނެކަމެކެވެ. ކިތަންމެ ރަގަޅު ގާނޫނެއް ހަދާފައި އޮތްކަމުގައި ވިޔަސް އެގާނޫނުގެ ބޭނުން ރަގަޅަށް ހިފަން ނޭނގޭ ބަޔަކު ތަނެއްގައި ތިބެއްޖެނަމަ ފޮނިކަން ހުތަށް ބަދަލުވާފަދައިން ގާނޫނަކީ ކޮށި ކަނު އެއްޗަކަށް ބަދަލުވާތަން އަންނާނެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްރައީސް އޮފީސްރައްޔިތުންގެ މަޖިލިސްރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު