Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މުއިއްޒަށް ނޭނގެނީތަ؟ ނޫނީ ގޮތް ހުސްވެ މަރުފަލި ޖަހަނީތަ؟

ނޫސްވެރިކަން މަރާލުމަށް ހީލަތްތެރި ރޭވުމަކުން މަޖިލީހަށް އެވަނީ ބިލެއް ހުށަހަޅާފައެވެ. އެކަމަކު ހަގީގަތަކީ މިއަދަކު ކަންކަން ހާމަވުން ނުހުއްޓުވޭނެ ކަމެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 23 އޯގަސްޓު 2025 | ހޮނިހިރު 15:10
ނޫސްވެރިކަމުގެ މިނިވަންކަން މަރާލުމަށް ރައީސް މުއިއްޒު އަޑީގައި ހުންނަވައިގެން ގެންދަވަނީ މަސައްކަތް ކުރައްވަމުން

ނޫސްވެރިކަމުގެ މިނިވަންކަން މަރާލުމަށް ރައީސް މުއިއްޒު އަޑީގައި ހުންނަވައިގެން ގެންދަވަނީ މަސައްކަތް ކުރައްވަމުން

ނޫސްވެރިކަން މަރާލާނަމޭ ހިތާ މަޖިލީހަށް އެވަނީ ބިލެއް ހުށަހަޅާފައެވެ. ސަރުކާރުން ރާވައިގެން ސީދާ މުއިއްޒުގެ އޯޑަރަށެވެ. ރީތިކޮށްލުމުގެ ބޭނުމުގައި އަމިއްލަ މެންބަރަކު ލައްވައެވެ. ދޮގު ޚަބަރު ފަތުރުން ހުއްޓުވުމުގެ މާތް މަގްސަދުގައި ކަމަށް ބުނެއެވެ. މީހުންގެ އަބުރަށް އެރުން ހުއްޓުވުމަށޯލައެވެ. އެކަމަކު ތިޔަ ހަގީގަތް ނޭނގޭ ހަމައެކަކުވެސް މިއުޑު ބަޅުކުރި ހިސާބަކު ނެތެވެ. ޖަހާން އުޅޭ ސަކަރާތާއި ތިޔަ ގަންނަ ގަނޑު ނޭނގޭ ހަމަ އެކަކުވެސް ނެތެވެ. ބޮލެއް މައްޗަށް ހުރި މީހަކަށްވެސް ތިޔަކަމުގެ ބޭނުމަކީ ސަރުކާރުގެ ވަތުބަތާނަ ނަގައި ތިޔަ ހިންގާ ޖަރީމާތައް ހާމަކުރާތީ އެކަން ހުއްޓުވުމެވެ. ސަރުކާރަށް ކަމެއް ނުކުރެވޭ ވާހަކައާއި ރައްޔިތުން ނުރުހޭ ވާހަކަ ނުދައްކައި ސަރުކާރަށް ހުޝާމިދުކޮށް ސަނާ ނުކިޔާ ނޫސް މީޑިޔާތައް ހުއްޓުވުންކަން އެންމެ ކުޑަކުއްޖާވެސް ދަނެއެވެ.

އެކަމަކު ސަރުކާރަށާއި މުއިއްޒަށް ނުޖެހުނު ހިސާބެއް އެބައޮތެވެ. ނޭނގުނު ކަމެއްވެސް އެބައޮތެވެ. ނޫންނަމަ އެނގުނަސް ގަދަފައި ވިއްދާފައި ނޫސްވެރިން މަރުތަޅު އަޅުވާނަމޭ ހިތާ ކުރާ ކަމަކީ ހެއްޔެވެ.

ނުވިސްނޭ ނަމަ ވިސްނާލާށެވެ. ހިސާބަކަށް އޮޅުން ފިލުވާލަދޭނަމެވެ. ތިޔަ މައިތިރިކުރަން އުޅޭ މީހަކަށްވެ ހުރެމެއެވެ.

މުއިއްޒުއެވެ. މިއީ ތިޔަ ހީކުރި ޒަމާނެއް ނޫނެވެ. މިއީ އޭގެ އެތައް އަހަރެއް ފަހެވެ. ރައީސް އޮފީހުން އެންގީމާ އެންގި ޚަބަރެއް ނޫނީ ނުލިޔެވުނު ޒަމާން މާޒީވިތާ މިހާރު އެތައް ދުވަހެކެވެ. މިހާރު އެގޮތަކަށް އެކަމެއް ނުކުރެވޭނެއެވެ.

މުއިއްޒުއެވެ. މައުލޫމާތު ނުދިނީމާ ހަނުހިމޭނުން ތިބޭނެ ކަމަށް މިހާރު ހީކުރުމަކީވެސް ގޯހެކެވެ. ކޮމެންޓް ނުކުރީމާ ނުކުރި ވާހަކައާއެއްކޮށް ލިބުނު މައުލޫމާތަކާއެކު ޚަބަރު ފަސްނުކޮށް ގެންނާނެ ކަމީ މިހާރު ޔަގީން ކަމެކެވެ.

ތިޔަކުރާހާ ދަތުރުތަކުގައާއި ވަކިވަކިން މީހުން ގެންގޮސްގެން ވަކިއެއްޗެއް ފަތުރަން އުޅުނަސް އެއީވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެންމެ ގާތުގައި ހުންނަ މީހާވެސް އޭގެ ފޮޓޯ ވީޑިއޯއާއި ކަންހިނގިގޮތް ކިޔައިދޭ ވަރުގެ މީހުން ތިބޭކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީވެސް މުއިއްޒެވެ. ސަރުކާރުގެ ހަފޮޅުން އެތެރޭގެ ސިއްރުތައްއް ލީކުވާތީ ކަންބޮޑުވެގެން ތިޔަ އުޅުއްވަނީވެސް މުއިއްޒުތާއެވެ. އެކަމަކު އެކަމެއްވެސް ނުހުއްޓުވެއެއް ނޫންތޯއެވެ.

މުއިއްޒުއެވެ. މިހާރުވެސް އިސްތިހާރާއި ސަރުކާރުން ފައިސާ ތިދެނީ ވަކި ބަޔަކަށެވެ. ސަރުކާރުން ބުނިއްޔާ ބުނިހާ ގޮތަކަށް ލިޔާނެ އަދި ސަރުކާރުން ހިންގާނެ ޕްރޮޕެގެންޑާއެއް ފަތުރާން ލާރިދީގެން ތިޔަ ގެންގުޅެނީ ވަކި ބައެކެވެ. އެކަމަށްޓަކައި އުފެއްދި އިއްޔެ މެންދުރުގެ ޅަ މީޑިޔާ ތަކެކެވެ. އެކަމަކު ތިޔަ މުއްފަތުން ހަތަރު އަނާ ނުލިބުނަސް ހިންގާ މީޑިޔާތަކަށް ތިޔަ އަޅުވެތިކަމެއް މިއަދަކު ނުދެއްކޭނެއެވެ.

މުއިއްޒޫއެވެ. ވަކި ބަޔަކު ބާކީވެސް ކުރެވިދާނެއެވެ. ބާރު އޮތީމާ ޤާނޫންތަކާއި ގަވާއިދުތައް ހަދާފައި ޖޫރިމަނާ ކުރެވިދާނެއެވެ. ބިޑިއަޅުވާ ބަންދުވެސް ކުރުވިދާނެއެވެ. ޓީވީތައް ހުއްޓުވައި ބޮޑުތަޅުވެސް އެޅުވިދާނެއެވެ. އެކަމަކު ތިޔަ ހީކުރާގޮތައް ދެނެއް ނޫސްވެރިންގެ އަޑެއް ކަނޑުވައެއް ނުލެވޭނެއެވެ.

މުއިއްޒޫއެވެ. ސަބަބުވެސް ބުނެލަން ހެއްޔެވެ. މިހާރު ކޮންމެ މީހަކީވެސް ނޫސްވެރިއެކެވެ. ކޮންމެ މީހަކު އަތުގައި ސްމާޓް ފޯނެއް އޮވެއެވެ. އެމީހަކު ބޭނުން އެއްޗެއް ފޮނުވާ ބޭނުން އެއްޗެއް ބަލައި ހަދައެވެ. ފޮޓޯ ވީޑިއޯ ވަގުތުން ވަގުތައް އަޕްލޯޑް ކޮށްލައެވެ. ބޭނުން ޚިޔާލެއް ފާޅުކޮށް ކޮމެންޓް ކުރެއެވެ. ފޭސްބުކް ޕޯސްޓްތަކުގައި ހުންނަ އެއްޗެހި މުއިއްޒަށް ހުއްޓުވިދާނެ ހެއްޔެވެ. ޓިކްޓޮކް ކުޅޭކުދިންގެ ހަރަކާތްތައް ހުއްޓުވިދާނެ ހެއްޔެވެ. އެކްސްގައި އެކުރާ ޕޯސްޓްތައް މައިތިރި ކުރެވިދާނެ ހެއްޔެވެ. ނޫންދޯއެވެ. އެހެންނަމަ ކުރުސީއަކާ އެހެންމީހަކާހެދި ތިޔަ ރިހޭ ބޮލުގެ ރިހުން ގައިމު ސިންގަޕޫރަށް ގޮސްގެން ހުއްޓުވޭނަމަ މިހާރު އޮންނާނީ ހުއްޓުވިފައިތާއެވެ.

ކޮންމެއަކަސް މުއިއްޒޫއެވެ. މިހާރު ބަސްބުނާ ހިނދުން ކަންކަން ހާމަވާނެއެވެ. ބުޅާގޯނިން ބޭރުވާނެއެވެ. ހިނގިއްޔާ ހިނގިކަމެއް ވަގުތުން ވަގުތައް އާއްމުންނަށް ހާމަވެ ވައިގާ ހިފާނެއެވެ. ކުރިއްޔާ ކުރިކަމެއްގެ ވާހަކަ ދައްކާނެ އޭގެ ހަގީގަތް އަމިއްލައަށް ހޯދަންވެސް ހޯދާނެއެވެ. ދުލަކު އަތަކު ނުހިފެހެއްޓޭނެއެވެ. އަޑުއެހުން ހުއްޓުވައި ބެލުން މައިތިރި ކުރުވާކަށް ކަންފަތާއި ލޮލަކު އަތެއް ނޭޅޭނެއެވެ. މިކަންކަން މުއިއްޒަށް ނޭނގެނީހެއްޔެވެ. ނޫންނަމަ އެނގިހުރެވެސް ގޮތްހުސްވެ މަރުފަލި ޖަހަނީ ހެއްޔެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

19 ޖުލައި 2017
މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!

މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!

24 ޖޫން 2017
ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
ގެފުޅު ދޮންނަން ހަދާގޮތް އެނގޭތަ؟

ގެފުޅު ދޮންނަން ހަދާގޮތް އެނގޭތަ؟

27 މެއި 2017
ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

23 މެއި 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު