Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކަޅު ނަސްލުގެ ދެމީހުންގެ މަރު

ޖޯޖް ފްލޮއިޑާއި ޑޯންޓޭ ރައިޓާއި ދެމެދު ކުރިން އެނގިފައިނުވާ ޚާއްސަ ގުޅުމެއް!

ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލައަކީ، ފުލުހުން ނުހައްގުން ބާރުގެ ބޭނުން ކުރުމާއި މަދަނީ ހައްގުގެ ދާއިރާއިން އެމެރިކާގެ މުޅި ތާރީޚުގައި ފަވާލެވޭފަދަ ގަޒިއްޔާއެއް

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 14 އެޕްރީލު 2021 | ބުދަ 16:31
ޖޯޖް ފްލޮއިޑާއި ޑޮންޓޭ ރައިޓް

ޖޯޖް ފްލޮއިޑާއި ޑޮންޓޭ ރައިޓް

އެމެރިކާގެ ފުލުހުންގެ އަނިޔާގެ ޝިކާރައަކަށްވި ޖޯޖް ފްލޮއިޑް އަދި ޑޯންޓޭ ރައިޓާއި ދެމެދު، ކުރިން އެނގިފައިނުވާ ގުޅުމެއް ވާކަން ހާމަވެއްޖެއެވެ.

ދުވަހަކު ބައްދަލުވެފައި ނުވި ނަމަވެސް، ރައިޓްގެ ނަމާއި ފްލޮއިޑްގެ ނަން މިހާރު ވަނީ ގުޅިފައެވެ. އެއީ އެދެމީހުން މަރުވި ހާދިސާ އެއްގޮތްވީމައެވެ. ދެމީހުން ވެސް ނިސްބަތްވަނީ އެމެރިކާގެ ކަޅު ނަސްލަށެވެ. ފްލޮއިޑް އަދި ރައިޓްވެސް މަރާލީ އެމެރިކާގެ ފުލުހުންނެވެ. އެކަމަކު މިކަންތައްތަކަށްވުރެ ޚާއްސަ ޒާތީ ގުޅުމެއް ދެމީހުންގެ ދެމެދުގައި ވާކަން، ރައިޓްގެ ބޮޑުދައިތަ ނައިޝާ ރައިޓް ވަނީ މީޑިއާއަށް ހިއްސާކޮށްފައެވެ.

ޖޯޖް ފްލޮއިޑްގެ އާއިލާއާއި، ޑޯންޓޭ ރައިޓްގެ އާއިލާ ގުޅިގެން، ނޫސްވެރިންނަށް ދިން ހާއްސަ ބަސްދީގަތުމެއްގައި ނައިޝާ ބުނީ، ހީވެސް ނުކުރާ ގޮތަކަށް ދެ އާއިލާ ގުޅިފައި ވާކަމަށެވެ. އޭނާ ބުނީ ޖޯޖް ފްލޮއިޑް ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކޯޓްނީ ރޮސްއަކީ ޑޯންޓޭ ރައިޓްގެ ހައި ސްކޫލް މުދައްރިސެއްކަމަށެވެ.

ރޮވިފައިހުރެ ނޫސްވެރިންނާ މުޚާތަބު ކުރަމުން ދިޔައިރު ނައިޝާ ލައިގެން ހުރީވެސް ޖޯޖް ފްލޮއިޑްގެ ފޮޓޯއަކާއިއެކު "އަހަންނަށް ނޭވާއެއް ނުލެވޭ" މިހެން ލިޔެފައި ހުރި ޓީޝާޓެކެވެ. ނައިޝާ އޭނާގެ ކޮއްކޮ ސިފަ ކޮށްދިނީ، ޒުވާން ލޯބިވެތި ކުއްޖެއްގެ ގޮތުގައެވެ. އަދި ރައިޓްގެ ހިނިތުންވުމަކީ އެންމެ ރީތި ހިނިތުންވުންކަމަށާއި އެހިނިތުންވުން މިއަދު އެންމެންވެގެން ނަގާލައިފިކަމަށް ނައިޝާ ބުންޏެވެ.

މިނިއަޕޮލިސްގެ ފުލުސް އޮފިސަރު ޑެރެކް ޝޯވިންގެ ކަކުލުން އަރައި ނޭވާ ހާސްކޮށްލައިގެން މަރާލި ޖޯޖް ފްލޮއިޑްގެ މަރަށް އަހަރު ނުވަނީސް، މިދިޔަ އާދީއްތަ ދުވަހު، އުމުރުން އެންމެ 20 އަހަރުގެ ޑޯންޓޭ ރައިޓްގެ ގަޔަށް ބަޑިޖެހީ ބްރޫކްލިން ސެންޓަރ ޕޮލިސް ޑިޕާޓްމެންޓްގެ ފުލުސް އޮފިސަރެއްކަމަށްވާ ކިމް ޕޮޓާއެވެ. މި ދެމަރާއި ގުޅިގެން ދެފަރާތުގެ އާއިލާއިން ނޫސްވެރިންނާ ބައްދަލުކުރިއިރު، ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލައިގައި ހެކިބަސްދިން، އޭނާގެ ބޭބެވެސް ނޫސްވެރިންނާ ވާހަކަދައްކާފައިވެއެވެ.

ޖޯޖް ފްލޮއިޑްގެ ބޭބޭ، ފިލޮނީސް ފްލޮއިޑް ބުނީ އެމެރިކާގެ ކަޅު ނަސްލުގެ އިތުރު މީހެއްގެ މަރާއެކު މުޅި ދުނިޔެއަށް ސިހުން ގެނުވައިފިކަމަށެވެ. އަދި ދުނިޔޭގެ ކަންތައްތައް މިހާ ބޮއްސުންލައިގެން ހިނގައިދާނެކަމަށް މިހާތަނަށް ހީކުރެވިފައި ނުވާކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ މިކަންތައްތަކަށް ފަސްއަޅައި ފޮރުވައިގެން މިނިއަޕޮލިސްއަށް ދެން ނޯވެވޭނެ ކަމަށާއި، ޖޯޖް ފްލޮއިޑްގެ ހައްގަށް ވަކާލާތުކުރާހެން ޑޯންޓޭ ރައިޓްގެ އާއިލާގެ ހައްގަށްޓަކައި ތެދުވާނެކަމަށެވެ. ފްލޮއިޑާއި ރައިޓްގެ އާއިލާ ތަމްސީލުކުރާ ވަކީލު ބެންޖަމިން ކްރަމްޕްވެސް މި ބައްދަލުވުމުގައި ބައިވެރިވިއެވެ.

އޭނާ ބުނީ، ޖޯޖް ފްލޮއިޑްގެ މަރަށްފަހު މިފަދަ ދެވަނަ ހާދިސާއެއް ހިނގައިފާނެކަމަށް އޭނާއަށް ގަބޫލުކުރަން ދަތިވާކަމަށެވެ. އަދި ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލައިގެ ޝަރީއަތް ކުރިއަށްދާ މި ދަނޑުވަޅުގައި، ކަޅު ނަސްލުގެ އެހެން މީހަކަށް އެފަދަ ހަމަލާއެއް ދޭން ކެރުނީތީ ހައިރާން ވާކަމަށް ވަކީލު ބުންޏެވެ. މީގެ އިތުރުން ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލައަކީ، ފުލުހުން ނުހައްގުން ބާރުގެ ބޭނުން ކުރުމާއި، މަދަނީ ހައްގުގެ ދާއިރާއިން އެމެރިކާގެ މުޅި ތާރީޚުގައި ފަވާލެވޭފަދަ ބޮޑު ގަޒިއްޔާއެއްކަން ފާހަގަކުރަމުން އޭނާ ބުނީ، އެއްވެސް ޒަމާނެއްގައި ފުލުހެއްގެ އަތްދަށުވެ މީހަކު މަރުނުވާނެނަމަ މަރުނުވާންވީ ދުވަސްވަރަކީ މިއީ ކަމަށެވެ.

ޖޯޖް ފްލޮއިޑްގެ މައްސަލައިގައި ޕްރޮސެކިއުޝަންގެ ފަރާތުން ހުށަހަޅާ ހުށަހެޅުންތައް މިހާރު ވަނީ ނިންމާލާފައެވެ. ޖޯޖް ފްލޮއިޑްގެ ބޭބެ ހެކިބަސް ދީފައިވަނީ އެންމެފަހުން ދައުލަތުން ހެކިން ހުށަހެޅި ދުވަހުއެވެ. އެދުވަހު ހެކިބަސްދީ ނިމުމަށްފަހު، ހެކިބަސްދޭން އިށީން ވަގުތުކޮޅާ ބެހޭގޮތުން އޭނާ ބުނީ، ލޯބިވާ މީހަކު މަރުވާތަން ފެންނަ ވީޑިއޯއެއް އެއްހާސް ފަހަރު ބެލިޔަސް އެކަމަށް މީހާ ނުހޭނޭނެ ކަމަށެވެ.

ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލައިގައި މިހާރު ކުރިއަށްދަނީ ދިފާއުގެ ފަރާތުން ހެކީން ހުށަހެޅުމުގެ މަރުހަލާއެވެ. ޑޯންޓޭ ރައިޓްގެ މަރުގެ މައްސަލައިގެ ތަހުގީގު ހޯމަ ދުވަހު ފަށާފައިވާއިރު، މިކަމުގައި ޝާމިލްވާ ފުލުހުންގެ ދެ އޮފިސަރުން މިހާރު ވަނީ މަގާމުން އިސްތިއުފާދީފައެވެ.

ޖޯޖް ފްލޮއިޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ފުލުސް އޮފިސަރަށް ޙަމަލާދިން ޤައިދީއަށް ދައުވާކޮށްފި

ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ފުލުސް އޮފިސަރަށް ޙަމަލާދިން ޤައިދީއަށް ދައުވާކޮށްފި

02 ޑިސެމްބަރު 2023
ޖޯޖް ފްލޮއިޑް މަރާލުމުގައި ބައިވެރިވި ޕޮލިސް އޮފިސަރަކު ޖަލަށްލާން ހުކުމްކޮށްފި

ޖޯޖް ފްލޮއިޑް މަރާލުމުގައި ބައިވެރިވި ޕޮލިސް އޮފިސަރަކު ޖަލަށްލާން ހުކުމްކޮށްފި

11 ޑިސެމްބަރު 2022
ޑެރެކް ޝޯވިންގެ ޝަރީއަތް: ބިޑި އަޅުވާފައި ހުރި މީހެއްގެ ފަރާތުން އަނިޔާއެއް ލިބިދާނެތަ؟

ޑެރެކް ޝޯވިންގެ ޝަރީއަތް: ބިޑި އަޅުވާފައި ހުރި މީހެއްގެ ފަރާތުން އަނިޔާއެއް ލިބިދާނެތަ؟

03 އެޕްރީލު 2021
ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލައިގެ ޝަރީއަތް: ފުލުސް މީހާގެ ކަކޫ ދަށުގައި އޭނާ ދިޔައީ 'މަޑުމަޑުން ނެތެމުން'

ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލައިގެ ޝަރީއަތް: ފުލުސް މީހާގެ ކަކޫ ދަށުގައި އޭނާ ދިޔައީ 'މަޑުމަޑުން ނެތެމުން'

01 އެޕްރީލު 2021
ސަޢޫދީ އާއި ޤަތަރާއި ދެމެދު ޗެނަލެއް ކަނޑައި، ދެޤައުމު ވަކިކޮށްލަނީ!

ސަޢޫދީ އާއި ޤަތަރާއި ދެމެދު ޗެނަލެއް ކަނޑައި، ދެޤައުމު ވަކިކޮށްލަނީ!

07 އެޕްރީލު 2018

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު