Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޤަތަރުގެ މައްސަލަ

ސަޢޫދީ އާއި ޤަތަރާއި ދެމެދު ޗެނަލެއް ކަނޑައި، ދެޤައުމު ވަކިކޮށްލަނީ!

7 އެޕްރީލު 2018 | ހޮނިހިރު 14:20

އާދަޔާޚިލާފު މިނިންމުމަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 7 އެޕްރީލު 2018 | ހޮނިހިރު 14:20
ޤަތަރާއި ސަޢޫދީ ވަކިކޮށްލާ ޗެނަލް އޮންނާނެ ގޮތުގެ ޚިޔާލީ ކުރެހުމެއް

ޤަތަރާއި ސަޢޫދީ ވަކިކޮށްލާ ޗެނަލް އޮންނާނެ ގޮތުގެ ޚިޔާލީ ކުރެހުމެއް

އެއްގަމު މަގުން ގުޅިފައިވާ ސަޢޫދީ ޢަރަބިއްޔާ އާއި ޤަތަރާ ދެމެދު ޗެނަލެއް ކޮނެ، ދެޤައުމު ވަކިކޮށްލުމަށް ސަޢޫދީ އިން ނިންމާފައިވާ ކަމަށް އެޤައުމުގެ ނޫހަކުން ބުނެފިއެވެ.

ސަޢޫދީގެ ނޫހެއް ކަމަށްވާ ސަބްޤުން ބުނީ ގުޅިފައިވާ މިދެޤައުމުގެ ސަރަހައްދީ އިމުގައި ޗެނަލެއް ކޮނެ، ދެޤައުމު ވަކިކޮށްލުމަށް ހަދާފައިވާ ޕްލޭން އަދި ފައިނަލްނުވާ ކަމަށެވެ.

މިކަން ކުރުމަށްޓަކައި ސަޢޫދީ އާއި ޤަތަރު އެއްގަމު މަގުން ގުޅޭ 60 ކިލޯމީޓަރުގެ ސަރަހައްދު ކޮންނަން ޖެހޭނެއެވެ. އެ ނޫނުން ބުނީ ދެޤައުމު ވަކިކުރަން ކޮންނަ ޗެނަލްގެ ފުޅާމިނުގައި 200 މީޓަރު އަދި ފުން މިނުގައި 15 - 20 މީޓަރު ހުންނާނެ ކަމަށެވެ. މިޗެނަލް ކޮންނާނީ ޤަތަރު - ސަޢޫދީ ސަރަހައްދީ އިމުގެ ސަޢޫދީ ފަޅިން 1 ކިލޯމީޓަރު އެތެރޭގައެވެ. އެހެންކަމުން ޤަތަރު ވަކިކޮށްލި ނަމަވެސް ޗެނަލް އާއި ޤަތަރުގެ ސަރަހައްދީ އިމާއި ދެމެދު އޮންނަ 1 ކިލޯމީޓަރުގެ ބިމުގައި ސަޢޫދީގެ ބިން އޮންނާނެއެވެ. އަދި ޗެނަލްގެ ބޭނުން ޤަތަރަކަށް ނުކުރެވޭނެއެވެ. ސަޢޫދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެބިމުގައި ޤާއިމްކުރަނީ ސަޢޫދީ އަސްކަރީ ބޭސްއެކެެވެ.

މި ޕްރިޮޖެކްޓުގެ އަގު ބިލިއަނެއްހާ ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި 1 އަހަރުތެރޭ އެމަސައްކަތް ނިންމޭނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ އާދަޔާ ޚިލާފު މިމަސައްކަތް ކުރަން ސަޢޫދީ އިން މަސައްކަތްކުރާއިރު، އެޤައުމުން ވަނީ ޤަތަރާ އެކު އޮންނަ ހުރިހާ ގުޅުމެއް ކަނޑާލާފައެވެ. ސަޢޫދީގެ އިތުރުން ގަލްފުގެ އެހެން ޤައުމުތަކަށްވާ ޔޫއޭއީ އާއި ބަޙްރައިން އަދި މިސްރުން ވެސް ވަނީ ޤަތަރާ އެކު އޮންނަ ގުޅުން މިދިޔަ އަހަރުގެ މެދުތެރޭގައި ކަނޑާލައި، އެޤައުމުތަކުގެ ރައްޔިތުން ޤަތަރަށް ދިޔުން މަނާކޮށް، ޤަތަރުގެ ރައްޔިތުން އެޤައުމުތަކަށް ދިޔުން މަނާކޮށްފައެވެ.

ޤަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށާއި އަދި އީރާނާ އެކު ގާތް ގުޅުމެއް ބާއްވާ ކަމަށް އެޤައުމުތަކުން ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް ޤަތަރުން އެތުހުމަތުތައް ދޮގުކުރެއެވެ. އަދި ޤަތަރުގެ އަމީރު ޝައިޚް ތަމީން ބިން ޙަމަދު އަލްޘާނީ ވިދާޅުވީ ޤަތަރުގެ އިސްތިޤްލާލު އަވަށްޓެރި ޤައުމުތަކަށް ވިއްކާނުލާނެ ކަމަށެވެ. ދުނިޔޭގެ އެންމެ މުއްސަނދި އެއް ޤައުމު ކަމަށްވާ ޤަތަރުން ގެންދަނީ އެޤައުމާ ދެކޮޅަށް އަވަށްޓެރި ޤައުމުތަކުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ލިބޭ އިޤްތިޞާދީ ގެއްލުންތައް ފޫބެއްދުމަށް ތަފާތު އެކި ޕްލޭންތައް އެކަށައަޅަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި

22 ފެބުރުއަރީ 2017
ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް