Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރައީސް ޖޯޖް ވިއާ

ލައިބީރިއާގެ ރައީސްކަމުގެ ހުވާ ޖޯޖް ވިއާ ކުރައްވައިފި

22 ޖެނުއަރީ 2018 | ހޯމަ 14:52

ޑިސެމްބަރު މަހު ބޭއްވުނު ރިޔާސީ އިންތިޚާބު ޖޯޖް ވިއާ ކާމިޔާބު ކުރެއްވީ ވޯޓުގެ 61.5 އިން ސައްތަ ހޯއްދަވައިގެން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 22 ޖެނުއަރީ 2018 | ހޯމަ 14:52
ލައިބީރިއާގެ ރައިސް ޖޯޖް ވިއާ

ލައިބީރިއާގެ ރައިސް ޖޯޖް ވިއާ

ޑިސެމްބަރު މަހު ލައިބީރިއާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ ބައިނަލްއަގްވާމީ ފުޓްބޯޅަ ތަރި ޖޯޖް ވިއާ ރައީސްކަމުގެ ހުވާ ހޯމަ ދުވަހު ކުރައްވައިފިއެވެ.

ލައިބީރިއާގެ ރިޔާސީ އިންތިޚާބު ދެވަނަ ބުރަކަށް ދާންޖެހި ލައިބީރިއާގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ޖޯޖް ވިއާ ކާމިޔާބު ކުރެއްވީ ވޯޓުގެ 61.5 އިން ސައްތަ ހޯއްދަވައިގެންނެވެ. ރިޔާސީ އިންތިޚާބުގައި ޖޯޖް ވިއާ އާ ވާދަކުރެއްވި ޖޯސެފް ބޯކައި އަށް ލިބިވަޑައިގެންނެވީ 38.5 ވޯޓެވެ.

ވެރިރަށް މޮންރޯވިއާ ކައިރީގައި ހުންނަ ސްޓޭޑިއަމެއްގައި ބޭއްވި ޖޯޖް ވިއާގެ ރައީސްކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި އެކި ގައުމުތަކުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެތެރޭގައި ގާނާ، ނައިޖީރިއާ، ދެކުނު އެފްރިކާ، މާލީ، އައިވަރީ ކޯސްޓް ފަދަ އެފްރިކާ ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ލައިބީރިއާގެ ރައީސްކަން ކުރެއްވި އެލެން ޖޯންސަން ސިރްލީފްގެ ހަ އަހަރުގެ ދެ ދައުރު ނިމުމާއެކު، ލައިބީރިއާގެ ރިޔާސަތާއި ޖޯޖް ވިއާ ހަވާލުވުން ވެގެން މިދިޔައީ 1944 ވަނަ އަހަރުގެ ފަހުން އެގައުމުގައި ޑިމޮކްރެޓިކް އުސޫލުން ވެރިކަން ބަދަލުވާ ފުރަތަމަ ފަހަރަށެވެ.

2002 ވަނަ އަހަރު ފުޓްބޯޅައިން ރިޓަޔަރ ކުރެއްވުމަށްފަހު ސިޔާސީ ދާއިރާ އަށް ނިކުންނެވި ޖޯޖް ވިއާ އަކީ ލައިބީރިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ.

ސިޔާސީ ދާއިރާ އަށް ވަދެވަޑައިގެންނެވުމަށްފަހު އޭނާ ފުރަތަމަ ވާދަ ކުރެއްވީ 2005 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައެވެ. އެ އިންތިޚާބުގެ ދެވަނަ ބުރުގައި ލިބުނު ނާކާމިޔާބީ އަށްފަހު، 2011 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރެއްވުމަށް ވިއާ ނިންމެވިއެވެ. އެހެންނަމަވެސް އިންތިޚާބަށް ނުކުންނެވުމަށް އިއްތިޙާދެއް އެކުލަވާނުލެވުމުގެ ސަބަބުން އެއިންތިޚާބަށް އޭނާ ނިކުމެވަޑައިގެންނެވީ ވިންސްޓަން ޓަބްމަންގެ ރަނިންގމޭޓްގެ ގޮތުގައެވެ.

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2017

ހުވާގެ މަތީގައި ހުރެ ދޮގެއް ނަހަދަން: ޖެފް ސެޝަންސް

14 ނޮވެމްބަރު 2017
ހުވާގެ މަތީގައި ހުރެ ދޮގެއް ނަހަދަން: ޖެފް ސެޝަންސް
07 ނޮވެމްބަރު 2017

ރިޔާސީ އިންތިޚާބު ފަސްކުރުމަށް ލައިބީރިއާގެ ސުޕްރީމް ކޯޓުން އަމުރުކޮށްފި

07 ނޮވެމްބަރު 2017
ރިޔާސީ އިންތިޚާބު ފަސްކުރުމަށް ލައިބީރިއާގެ ސުޕްރީމް ކޯޓުން އަމުރުކޮށްފި
25 ޖުލައި 2017

އިންޑިއާގެ އާ ރައީސް ކޯވިންދް މަގާމުގެ ހުވާ ކުރައްވައިފި

25 ޖުލައި 2017
އިންޑިއާގެ އާ ރައީސް ކޯވިންދް މަގާމުގެ ހުވާ ކުރައްވައިފި
10 މެއި 2017

ނުކޮރެއާގެ އާ ރައީސް މޫން ޖެއި އިން ރައީސްކަމުގެ ހުވާކުރައްވައިފި

10 މެއި 2017
ނުކޮރެއާގެ އާ ރައީސް މޫން ޖެއި އިން ރައީސްކަމުގެ ހުވާކުރައްވައިފި
20 އެޕްރީލު 2017

ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތައް ވެނެޒުއޭލާއިން ފަސް ލައްކަ ޑޮލަރު ދިން

20 އެޕްރީލު 2017
ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތައް ވެނެޒުއޭލާއިން ފަސް ލައްކަ ޑޮލަރު ދިން
18 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

18 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި
14 ފެބުރުއަރީ 2017

ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް

14 ފެބުރުއަރީ 2017
ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް